ކައުންސިލަރުންގެ ކޮންފަރެންސްގެ ބޭނުމަކީ ލާމަރުކަޒީ ނިޒާމު ހަލާކުކޮށްލިޔަ ނުދިނުން: ފައްޔާޒު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް -- ފޮޓޯ: އަދަދު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް -- ފޮޓޯ: އަދަދު

އުތުރުގެ ތިން އަތޮޅުގައި ތިއްބެވި އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނާއި ޑަބްލިޔޫޑީސީގެ މެންބަރުން މިއަދު ކުޅުދުއްފުށްޓަށް ޖަމާވަނީ ސަރުކާރުން ލާމަރުކަޒީ ނިޒާމު ހަލާކު ކޮށްލަން މަސައްކަތް ކުރާތީ ކަމަށާއި، އެ ކޮންފަރެންސްގައި އިގުރާރުވާ ކަންކަން ރަނގަޅު ކުރަން ސަރުކާރަށް ގޮވާލާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ފަހު، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ހަރަކާތްތެރިވާން ފެށި ފަހުން، މިފަދަ ބޮޑު ހަރަކާތެއް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ.

ކުޅުދުއްފުށީގައި ބާއްވާ ކައުންސިލަރުންގެ ކޮންފަރެންސްގައި ހއ، ހދ އަދި ށ. އަތޮޅުގައި ތިއްބެވި އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނާއި ޑަބްލިޔޫޑީސީގެ މެންބަރުންނާއެކު ޖުމުލަ 80 މީހުން ބައިވެރިވެ އެވެ.

Advertisement

މި ކޮންފަރެންސްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމްޑީޕީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންނާއި މާލޭ މެޔަރު އާދަމް އާޒިމް، އައްޑޫ މޭޔަރު އަލީ ނިޒާރު، ފުވައްމުލަކު މޭޔަރު އިސްމާއީލް ރަފީގު، ތިނަދޫ މޭޔަރު ސައުދު އަލީ އަދި ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފު ވެސް އެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވަ އެވެ.

އެ ފަސް ބޭފުޅުން ވެސް ނިސްބަތް ވަނީ އެމްޑީޕީއަށެވެ.

ފައްޔާޒު "އަދަދު" ނޫހަށް ވިދާޅުވީ މި ކޮންފަރެންސްގެ ބޭނުމަކީ މިހާރު އޮތް ޕީއެންސީގެ ސަރުކާރުން ލާމަރުކަޒީ ނިޒާމު ހަލާކުކޮށްލިޔަ ނުދިނުން ކަމަށެވެ.

"އެއްވެސް އިރެއްގައި ޕީޕީއެމް، ޕީއެންސީގެ ފިކުރެއް ނޫން ލާމަރުކަޒު ކުރުމަކީ. މިހާރު ވެސް ސަރުކާރުން އަމަލުކުރަމުންދާ ގޮތުން އެކަން ސާބިތުވޭ،" ފައްޔާޒު ވިދާޅުވި އެވެ.

ކައުންސިލްތައް ބެލެހެއްޓުމަށް ވަކިން މިނިސްޓްރީއެއް އުފެއްދީ، މަރުކަޒު ކުރުމުގެ ވިސްނުމުގައި ކަމަށާއި ގާނޫނުތަކަށް ބަދަލު ގެންނަމުން ދަނީ ވެސް ލާމަރުކަޒީ ވިސްނުމާ ފުށުއަރާ ގޮތަށް ކަމަށް، ނިމިގެން ދިޔަ އެމްޑީޕީގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރުކަން ކުރެއްވި ފައްޔާޒު ވިދާޅުވި އެވެ.

މިއަދުގެ ކޮންފަރެންސްގައި ދެ މައުލޫއަކަށް މަޝްވަރާ ކުރާނެ ކަމަށާއި އެއީ ގޮންޖެހުންތަކާއި ސަރުކާރުން މިހާރު އަމަލުކުރާ ގޮތްތައް ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އޭގެ އިތުރުން ކައުންސިލްތަކުގެ މާލީ ކަންކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރާނެ އެވެ.

"މި ކަންކަމަށް ފަހު އިގުރާރުވާ ކަންކަން އަޅުގަނޑުމެން ހާމަކުރާނަން. ރަނގަޅު ކުރަންޖެހޭ ކަންކަން ސަރުކާރަށް ގޮވާލާނަން،" ފައްޔާޒު ވިދާޅުވި އެވެ.

މިފަދަ ކޮންފަރެންސްތައް ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް ބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

ހިދުމަތުގެ އެންމެ މަތީ ޝަރަފު މުހައްމަދު ރަޝީދާއި އައްބާސަށް

ދައުލަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، މުހައްމަދު ރަޝީދު އިބްރާހީމާއި އައްބާސް އިބްރާހީމަށް ވަނީ އަރުވާފައި. މުހައްމަދު ރަޝީދަށް މި ޝަރަފު އެރުވީ ދީނީ ރޮނގުން ކުރެއްވި ހިދުމަތްތަކަށް ކަމަށްވާއިރު، އައްބާސް އިބްރާހީމަށް މި ޝަރަފު އެރުވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން.

އާންމުންގެ ތަނަވަސްކަން ހުއްޓުވަނީ ރާއްޖެ ނިކަމެތިކުރުން: ނަޝީދު

ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތަކީ އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވައި ރާއްޖެ ނިކަމެތިކުރުމަށް ޖަހާ މަޅިއެއް ކަމަށް ނަޝީދު ވިދާޅުވި.

ޖޭޕީ، އަދާލަތު، އެމްޑީއޭ އަދި އެމްއެންޕީން މެންބަރުން ވަކިވަނީ

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި ޖޭޕީ، އެމްޑީއޭ، އަދާލަތު އަދި އެމްއެންޕީން ގިނަ އަދަދެއްގެ މެންބަރުން ވަނީ ވަކިވެފައި. މީގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު ބޮޑުތަނުން އިތުރުވި. އެންމެ ގިނަ މެންބަރުން ވަކިވީ ޖޭޕީން ކަމަށްވާއިރު، އެންމެ ގިނަ މެންބަރުން އަލަށް ގުޅުނީ ޕީއެންސީއާ

އިސްތިއުނާފު ލަސްވާ މައްސަލައިގައި ޖޭއެސްސީ ހާޒިރުކުރަނީ

ޖަލު ހުކުމް ތަންފީޒުކޮށް ނިމޭއިރުވެސް އިސްތިއުނާފު މަރުހަލާ ނުނިމޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ޖޭއެސްސީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފަ. އިސްތިއުނާފު މައްސަލަތައް ނިންމަންޖެހޭ ވަކި މުއްދަތެއް ގާނޫނުގައި ނެތުމުގެ ސަބަބުން ކުށްވެރިންގެ އަސާސީ ހައްގުތައް ގެއްލެމުންދާކަން މެންބަރުން ފާހަގަކުރެއްވި.

"ބިން ދީ ދީނާއި މިނިވަންކަން ގެއްލުވާ ވެރިޔަކު އަދި މި ނޫނީ ނާދޭ"

ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ ދީނީ ވަހުދަތާއި މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ބިންތަކުގެ މިލްކުވެރިކަން އެހެން ދީންތަކުގެ މީހުންނަށް ލިބިދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، ގައުމު ދިފާއުކުރުމަށް ނުކުތުމަށް ޖަމީލު ގޮވާލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮނަރަބަލް ކިޔަން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބުކުރާއިރު "އޮނަރަބަލް" ކިޔުމަށް ޖޭއެސްސީން ރަސްމީކޮށް އަންގައި ސާކިއުލާއެއް ވަނީ ނެރެފައި. މި ބަދަލާއެކު ފަނޑިޔާރުންގެ ނަމުގެ ކުރިއަށް "އަލްއުސްތާޒް" ބޭނުންކުރުން ހުއްޓާލަން ޖެހޭއިރު، މިއީ މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަށް ގެނައި ރަސްމީ ބަދަލެއް.

Newsletter

Get the latest news delivered straight to your inbox