އެމްއެންޑީއެފްގެ ޒިންމާތައް އެހެން ގައުމަކާ ހަވާލުކުރަން ވާހަކަ ދެކެވިފައި ނުވާނެ: ގައްސާން

ރައީސް މުއިއްޒާއި ޑިފެންސް މިނިސްޓަރު ގައްސާން. މިނިސްޓަރު ވިދާޅުވީ އަޅުގަނޑުމެންގެ ޒިންމާ އެހެން ގައުމަކަށް ހަވާލުކުރާ ފަދަ ވާހަކައެއް ދެކެވިފަ އެއް ނުވާނެ ކަމަށް----ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒާއި ޑިފެންސް މިނިސްޓަރު ގައްސާން. މިނިސްޓަރު ވިދާޅުވީ އަޅުގަނޑުމެންގެ ޒިންމާ އެހެން ގައުމަކަށް ހަވާލުކުރާ ފަދަ ވާހަކައެއް ދެކެވިފަ އެއް ނުވާނެ ކަމަށް----ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ޒިންމާތައް އެއްވެސް ހާލެއްގައި އެހެން ގައުމަކާ ހަވާލުކުރާ ފަދަ ވާހަކައެއް އިންޑިއާގެ ދަތުރުގައި ދައްކާފައި ނުވާނެ ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ގައްސާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގަ އާއި އަދި އެހެން ދަތުރުތަކުގައި ވެސް ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެެވެ.

"ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ޒައްރެއްގެ މިންވަރަށް ވެސް ބުރޫއަރާ ފަދަ ކަމެއް މި ދަތުރުފުޅުގައި ވެސް އެހެން ދަތުރުފުޅެއްގައި ވެސް ރައީސް ޑރ މުހައްމަދު މުއިއްޒު ކުރައްވާފައެއް ނެތް," ގައްސާން ވިދާޅުވި އެވެ.

އެއްވެސް އެއްބަސްވުމެއްގެ ދަށުން ދިވެހީންގެ ފުރިހަމަ ސިޔާދަތީ ބާރު ގެއްލޭފަދަ ނޫނީ ނުރައްކާވާ ފަދަ ކަމެއް ރައީސް މުއިއްޒުގެ ސަަރުކާރުން ކުރައްވާފައެއް ނެތް ކަމަށާ އަދި ނިންމާފައިވަނީ ދިވެހި ރައްޔިތުންނަށް ފައިދާކުރަނިވި ގިނަ މަސައްކަތްތަކެއްކަން ވެސް ގައްސާންގެ ވާހަކައިގައި ފާހަގަކުރި އެވެ.

އިންޑިއާއަށް ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ނިންމެވި ކަންތައްތަކާއި ވީ އެއްބަސްވުންތަކުގައި އޮތީ ރާއްޖެއިން އެދޭ ހާލަތްތަކުގައި އެދޭ ގޮތަކަށް ދިވެހި އަސްކަރިއްޔާގެ ގާބިލިއްޔަތުކަން އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

އެމްއެންޑީއެފް އިން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ދިވެހިން ބޭނުންވާ ގޮތަށް ހިމާޔާތް ކުރައްވާނެ ކަމަށްވެސް ގައްސާން ވިދާޅުވި އެވެ.

އިންޑިއާ ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރު ނިންމާލުމަށްފަހު މިއަދު މާލެ އައުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި ދަތުރުގައި ގިނަ އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށް އެއްބަސްވެފަ އެވެ. އަދި ސަރުކާރުގެ ވެރިން މި ދަތުރު ސިފަކުރައްވަނީ ކާމިޔާބު ދަތުރެއްގެ ގޮތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox