އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ، ޓާޓާ ސަންސްގެ ޗެއާމަން ރަޓަން ޓާޓާ، އުމުރުން 86 އަހަރުގައި ނިޔާވެއްޖެ އެވެ.
ބުދަ ދުވަހު އޭނާ ނިޔާވީ މުމްބާއީގެ ބްރީޗް ކެންޑީ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.
ރަޓަން ޓާޓާ ނިޔާވިކަން އިއުލާންކޮށް ނެރުނު ބަޔާނުގައި ޓާޓާ ސަންސްގެ މިހާރުގެ ޗެއާމަން ރަޓަން ޓާޓާ ސިފަކުރެއްވީ "އާދަޔާ ހިލާފު ލީޑަރެއްގެ ގޮތުގަ" އެވެ.
ގްރޫޕުގެ ޗެއާމަނަކަށް އޭނާ ހުންނެވި ދުވަސްވަރު ދުނިޔޭގެ ބޮޑެތި ކުންފުނިތަކެއް ގެނެފައިވެ އެވެ. އޭގެ ތެރޭގައި ދަގަނޑު އުފައްދާ ކުންފުނި ކޯރަސް އާއި މަޝްހޫރު ކާރު ބްރޭންޑްތައް ކަމަށްވާ ޖަގްވާ އާއި ލޭންޑް ރޯވާ އަދި ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ސައި ކުންފުނި ޓެޓްލީ ހިމެނެ އެވެ.
ރަޓަން ގެންނެވި ބަދަލުތަކާއެކު އާއިލީ އެ ކުންފުނި ދުނިޔޭގެ ފެންވަރުގައި ވަރުގަދަ ކުންފުންޏަކަށްވި އެވެ.

ޓާޓާ ތައުލީމު ހާސިލުކުރީ އެމެރިކާއިނެނެވެ. އޭނާ ތައުލީމު ހާސިލުކުރީ އާކިޓެކްޗާ އަދި ސްޓްރަކްޗަރަލް އިންޖިނިއަރިން ދާއިރާއިންނެވެ.
އިންޑިއާގެ އެންމެ ބޮޑު އެއް ކުންފުނި، ޓާޓާ ގްރޫޕަށް އަހަރަކު 100 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބެ އެވެ. އެ ކުންފުނީގެ ވިޔަފާރިތައް ރާއްޖޭގައި އެބަ އޮތެވެ.












