ގައުމީ ޔުނިވާސިޓީގައި އިންޑިއާގެ ސަގާފަތް އުނގަންނައި ދެނީ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ: އެ ޔުނިވާސިޓީގައި އިންޑިއާގެ ސަގާފަތް އުނގަންނައި ދޭން މަސައްކަތް ކުރަން ވަނީ އެއްބަސްވެފައި -- ފޮޓޯ: އަދަދު ފައިލް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ: އެ ޔުނިވާސިޓީގައި އިންޑިއާގެ ސަގާފަތް އުނގަންނައި ދޭން މަސައްކަތް ކުރަން ވަނީ އެއްބަސްވެފައި -- ފޮޓޯ: އަދަދު ފައިލް

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައި އިންޑިއާގެ ސަގާފަތް އުނގަންނައި ދޭން އިންޑިއާއާ އެކު މަސައްކަތް ކުރަން ސަރުކާރުން އެއްބަސްވެއްޖެ އެވެ.

ގައުމީ ޔުނިވާސިޓީގައި އިންޑިއާގެ ސަގާފަތް އުނގަންނައި ދިނުމުގެ މަސައްކަތް ކުރަން އެއްބަސްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރާއްޖެ އާއި އިންޑިއާއާ ދެމެދު އިއްޔެ ސޮއިކުރި އެމްއޯޔޫއެއް ގަ އެވެ.

އެ އެމްއޯޔޫގައި ވާ ގޮތުން ސަރުކާރުން އެއްބަސްވީ ޔުނިވާސިޓީގައި އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރް) ގެ ޗެއާއެއް ގާއިމު ކުރުމުގެ މަސައްކަތް ކުރުމަށެވެ.

Advertisement

އައިސީސީއާރްއަކީ 1950 ގައި އިންޑިއާގެ ސަގާފަތް އެހެން ގައުމުތަކުގައި އުނގަންނައި ދޭން އުފެއްދި ތަނެކެވެ. އިންޑިއާގެ ސަގާފަތް އެހެން ގައުމުތަކުގައި އުނގަންނައިދޭން އެ ކައުންސިލުން އެހީތެރިކަން ފޯރުކޮށްދެ އެވެ.

އައިސީސީއާރްގެ ޗެއާތައް ގާއިމުކޮށްފައި ވަނީ ދުނިޔޭގެ 32 ގައުމެއްގެ ޔުނިވާސިޓީތަކުގަ އެވެ. އެ ގައުމުތަކާއެކު 47 އެމްއޯޔޫއެއްގައި އެ ތަނުން ވަނީ ސޮއިކޮށްފަ އެވެ.

އޮސްޓްރިއާ، އަޔަލޭންޑް، ކެނެޑާ، ތައިލެންޑް، އަޒަރުބައިޖާން، ރަޝިއާ، ޔޫކޭ، ނޭޕާލް، ސްރީލަންކާ، އެމެރިކާ، ކްރޮއޭޝިއާ، އުޒްބަކިސްތާން، ގަތަރު، ތުރުކީ، ޔޫއޭއީ، ޓެންޒޭނިއާ، ކެމްބޯޑިއާ، ގަޔާނާ، އިންޑޮނީޝިއާ، ދެކުނު ކޮރެއާ، ވެސްޓް އިންޑީސް، ސްވިޒަލޭންޑް، ޕޮލެންޑް، ބަންގްލަދޭޝް، ޖަރުމަން، ތަޖިކިސްތާން، އިޓަލީ، ބަލްގޭރިއާ، ޕާޕުއާ ނިއު ގިނީ، މޮރިޝަސް، އައިސްލޭންޑް އަދި ޒެމްބިއާ އޭގެ ތެރޭގައި ހިމެނެ އެވެ.

އައިސީސީއާރްގެ އެހީތެރިކަމާއެކު ގައުމުތަކުގައި އިންޑިއަން ސްޓަޑީސް، ސާންސްކްރިތު، ހިންދީ، ތަމިލް ސްޓަޑީސް، ބުދިސްޓް އެންޑް ސާންސްކްރިތު ސްޓަޑީސް ގެ އިތުރުން އެހެން މާއްދާތައް ވެސް އަންނަނީ ކިޔަވައި ދެމުންނެވެ.

ގައުމިއްޔަތަށް އިސްކަން ދޭ މި ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން އިންޑިއާގެ ސަގާފަތް ރާއްޖޭގައި އުނގަންނައި ދޭން އޭރުގެ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ކުރެއްވި އެވެ.

މި ސަރުކާރުން ގައުމިއްޔަތަށް އިސްކަން ދޭނެ ކަމަށް ވައުދުވެގެން ވެރިކަމަށް އައިސްފައިވާއިރު، ގައުމިއްޔަތު މިނިސްޓްރީއެއް އުފެއްދުމުގެ އިތުރުން ގައުމިއްޔަތަށް ހާއްސަކޮށްގެން މާ ބޮޑު ކަމެއް މިހާތަނަށް ކުރެވިފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox