ޗެލްސީގައި ފުރަތަމަ ތިން މަސް؛ މަރެސްކާ ހިތްހަމަޖެހޭ

Oct 8, 2024, 5:14 AM
ޗެލްސީގައި ފުރަތަމަ ތިން މަސް؛ މަރެސްކާ ހިތްހަމަޖެހޭ

ލަންޑަން (އޮކްޓޫބަރު 8) - ޗެލްސީގެ ކޯޗުގެ މަގާމުގައި ފުރަތަމަ ތިން މަސް ދުވަހު ހޭދަވިއިރު، ކުރެވުނު މަސައްކަތާ މެދު ހިތްހަމަޖެހޭ ކަމަށް އެންޒޯ މަރެސްކާ ބުނެފި އެވެ.

މިދިޔަ ސީޒަނުގައި ލެސްޓާ ސިޓީ އަށް އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިދިން ކޯޗު މަރެސްކާ ގެންނަން ޗެލްސީން 10 މިލިއަން ޑޮލަރު ހަރަދުކުރި އެވެ. އެއީ، ލެސްޓާއާ އެކު، މަރެސްކާ ހަދާފައި އޮތް އެއްބަސްވުން އުވާލުމަށެވެ.

ލީގުގައި އެންމެ ފަހުން ނޮޓިންހަމް ފޮރެސްޓާ 1-1 އިން އެއްވަރުވި މެޗަށް ފަހު، މަރެސްކާ ބުނީ، ފުރަތަމަ ތިން މަސް ދުވަހު ޗެލްސީގައި ކުރެވުނު މަސައްކަތާ މެދު އޭނާ ހިތްހަމަަޖެހޭ ކަމަށެވެ.

"އެންމެ ގިނަ ވެގެން 21 ޕޮއިންޓް ލިބެން އޮތީ މި ހަތް މެޗުން. އަހަރެމެން 14 ޕޮއިންޓް ހޯދައިގެން، އެއް ވަނައިގައި އޮތް ޓީމާ ހަތަރު ޕޮއިންޓުގެ ފަރަގެއް މި އޮތީ. ލީގުގެ ހަތަރެއްގައި މި އޮތީ ވެސް. މިއީ، ގޯސް ހިސާބެކޭ ޔަގީނުން ވެސް އަހަންނެއް ނުބުނާނަން. އަހަރެން މި ވަގުތަށް ބަލާއިރު މި ކަމާ ހިތްހަމަޖެހޭ،" މަރެސްކާ ބުންޏެވެ.

ކުޑަ ކަންބޮޑުވުމެއް އޮތް ކަމެއްގެ ގޮތުގައި މަރެސްކާ ފާހަގަކުރީ މޮޅުވި މެޗުތަކުގެ ނިސްބަތަށް ބަލާއިރު، އަމިއްލަ ދަނޑުގައި ކުޅުނު މެޗުތަކުން ނަތީޖާ ނެރުމުގައި ދިމާވި ދަތިތަކުގެ މައްސަލަ އެވެ. އެ ގޮތުން، ފޮރެސްޓް މެޗަކީ ވެސް އެ ފަދަ މެޗެއްގެ ގޮތުގައި މަރެސްކާ ފާހަގަކުރި އެވެ.

"އަހަރެމެން އެބަޖެހޭ އަތުގައި އޮންނަ ކޮންޓްރޯލްގެ ބޭނުން ސްކޯ އިން ވެސް ދައްކަން. އަހަރެމެންގެ ކުޅުން ރަނގަޅު، ފުރުސަތު ތަނަވަސްކުރޭ، ދެން، މި ޖެހެނީ ނަތީޖާ ނެރެން ބޭނުންވާ ކަންކަން ބަރާބަރަށް ކުރަން، އެކަންކަން ވެސް ރަނގަޅު ކުރެވޭނެ،" މަރެސްކާ ބުންޏެވެ.

"އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު ހަތަރު މެޗުން ތިން މެޗުގައި މޮޅުވުން އެއީ މި ކަމުގައި ވެސް ޕޮޒިޓިވް އެއް،"

ޗެލްސީން ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި މި މަހު 20 ވަނަ ދުވަހު ކުޅޭނީ ރަށުންބޭރުގައި ލިވަޕޫލާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

ރާއްޖޭގެ އީޝާ އާއި މާއިދު ގައުމީ ރެކޯޑު އާކޮށްފި

ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ 10 މީޓަރު އެއާ ރައިފަލް އިވެންޓުން ރާއްޖޭގެ އައިޝަތު އީޝާ ޝަހީދު އާއި އަޙްމަދު މާއިދު މުޙައްމަދު އާ ގައުމީ ރެކޯޑުތަކެއް ގާއިމުކޮށްފި. އީޝާ ރެކޯޑު އާކުރީ 624.1 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މާއިދު ވަނީ 614.5 ޕޮއިންޓް ހޯދައިގެން ފިރިހެނުންގެ ގައުމީ ރެކޯޑު އާކޮށްފައި.

ކުރިމަތިވީ ރެފްރީން ޔުނައިޓެޑް ބަލިވިޔަނުދޭނެ ހާލަތެއް: އާބެލޯއާ

މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރުވުމުން، ރެފްރީން ޔުނައިޓެޑް ބަލިވިޔަ ނުދޭން މަސައްކަތްކުރި ކަމަށް ބުނެ ފުލަމްގެ ކޯޗު އާބެލޯއާ ވަރަށް ބޮޑަށް ފާޑުކިޔައިފި. އޭނާ ހިތްހަމަނުޖެހުން ފާޅުކުރީ ޔުނައިޓެޑުން ލަނޑު ޖެހުމުގެ ކުރިން ހެރީ މެގުއާ އަށް ކުރި ފައުލެއް ރެފްރީ ދިނުމާ ގުޅިގެން.

ގައުމީ މުބާރާތުގެ ޓީމު އިވެންޓުގެ ދެ ތަށި ވެސް ރިވައިވަލް އަށް

50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ އިވެންޓެއް ކާމިޔާބުކޮށް، ރިވައިވަލް ސްޕޯޓްސް ކްލަބުން ތާރީޚީ ކާމިޔާބީއެއް ހޯދައިފި. އެ ކްލަބުން ވަނީ ޓީމު އިވެންޓުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ތަށި ހޯދުމުގެ އިތުރުން، އޯޕަން އިވެންޓްތަކުގެ ހުރިހާ ވަނަތަކެއްވެސް ކާމިޔާބުކޮށްފައި

މާސޭ ބަލިކޮށް ޕީއެސްޖީ އަށް ލީގުގައި ދެ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ މާސޭ އަތުން 2-1 އިން މޮޅުވެ، ޕީއެސްޖީން މި ސީޒަނުގެ ލީގުގައި ދެވަނަ މޮޅު ހޯދައިފި. ފެރާން ޓޮރޭސް އާއި މާކީނިއޯސްގެ ލަނޑުތަކުން ޕީއެސްޖީ މޮޅުވިއިރު، މި ނަތީޖާއާއެކު އެ ޓީމު މިހާރު އޮތީ ތާވަލުގެ ހަވަނައިގައި

ރަތް ކާޑު ދައްކަންޖެހޭ ކަމަށް ބުނެ މޮރީނިއޯ ފޮޓޯ ދައްކައިފި

އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކަންޖެހޭކަން ސާބިތުކޮށްދިނުމަށް، ރެއާލް މެޑްރިޑްގެ ކޯޗު މޮރީނިއޯ ފައުލްތަކުގެ ފޮޓޯ ޕްރިންޓްކޮށްގެން ނޫސްވެރިންނަށް ދައްކާލައިފި. ރެފްރީގެ ނިންމުންތަކަށް ފާޑުކިޔަމުން މޮރީނިއޯ ބުނީ މިއީ ރެފްރީންގެ ގޯސް ނިންމުމެއް ކަމަށް.

ކީޕަރު އަޝްވާން އާއި އަރީން ގައުމީ ޓީމުގެ ފައިނަލް ސްކޮޑަށް

ފީފާ ބްރޭކުގައި ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ކީޕަރު އަޝްވާން އާއި އަރީން ހިމަނައިގެން ގައުމީ ފުޓްބޯޅަ ޓީމު ޗައިނާ އަށް ވަނީ ގޮސްފައި. މުހިންމު ބައެއް ކުޅުންތެރިންނަށް އެކި ސަބަބުތަކާ ހުރެ ނުދެވުނު ނަމަވެސް، ކޯޗު އުރްބާނީ ބޭނުންވަނީ މި ފުރުސަތުގައި އާ ކުޅުންތެރިންގެ ފެންވަރު ބަލާލުމަށް

Newsletter

Get the latest news delivered straight to your inbox