ޔޫގާންޑާ ސީރީސް މުބާރާތުގެ ފަސް އިވެންޓަކުން ރިވައިވަލް ކުއާޓާ އަށް

Oct 5, 2024, 3:34 AM
ޔޫގާންޑާ ސީރީސް މުބާރާތުގެ ފަސް އިވެންޓަކުން ރިވައިވަލް ކުއާޓާ އަށް

މިހާރު ކުރިއަށްދާ ޔޫގާންޑާ އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގެ ފަސް އިވެންޓެއްގެ ކުއާޓާ ފައިނަލުން ރާއްޖޭގެ ރިވައިވަލް ސްޕޯޓްސްގެ ކުޅުންތެރިން ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

އެ ގޮތުން، ކުއާޓާ ފައިނަލުން ޖާގަ ހޯދާފައިވަނީ، އަންހެން ސިންގަލްސް އިން ފާތިމަތު ނަބާހާ (ނަބާ)، އައިމިނަތު ނަބީހާ (ނަބީ)، އަންހެން ޑަބަލްސް އިން ނަބީ އާއި ނަބާގެ ޕެއާ، ފިރިހެން ޑަބަލްސް އިން ޒަޔާން ޒަކީ އާއި ނިބާލް އަހުމަދުގެ ޕެއާ އަދި މިކްސް ޑަބަލްސް އިން ޒަޔާން އާއި ނަބާގެ ޕެއާ އެވެ.

ފިރިހެން ސިންގަލްސް ކޮލިފިކޭޝަންގައި، ރާއްޖޭގެ ހަސަން ޒަޔާން ފުރަތަމަ މެޗުން، ޔޫގާންޑާގެ ޑޭވިޑް ވައިސްވާ އަތުން 21-04، 21-05 އިން މޮޅުވި ނަމަވެސް، ދެ ވަނަ މެޗުގައި ޔޫގާންޑާގެ ޑެނިސް މުކާސާ އަތުން ތިން ސެޓު ކުޅެގެން ބަލިވީ އެވެ. އެއީ، 21-13، 16-21 އަދި 20-22 އިިންނެވެ. ފިރިހެން ސިންގަލްސް މެއިން ޑްރޯގައި އިޓަލީގެ އަލެސަންދްރޯ ގޮޒީނީ އަތުން ޒަޔާން ޒަކީ ބަލިވީ، 21-09، 21-09 އިންނެވެ. އަދި ނިބާލް ބަލިވީ، އިންޑިއާގެ ނަރެން ޝަންކަރު އައްޔަރު އަތުން 21-19، 21-09 އިންނެވެ.

އަންހެން ސިންގަލްސްގައި ނަބީ ވަނީ ޔޫގާންޑާގެ ހަނީފާ ހަމޫޒާ އަތުން 21-13، 21-06 އިން އަދި ޔޫގާންޑާގެ ވެރޯނާ ސަދާތު އަތުން 21-13، 21-12 އިން މޮޅުވެފަ އެވެ. ކުއާޓާގައި ނަބީ ނުކުންނާނީ އިންޑިއާގެ ފަރްޒާ ނަޒްރީންއާ ދެކޮޅަށެވެ. ނަބާ ވަނީ އަންހެން ސިންގަލްސްގައި ޔޫގާންޑާގެ މެބްލް ނަމަކޯޔޭ އަތުން 21-10، 21-11 އިން މޮޅުވެފަ އެވެ. އަދި ޔޫގާންޑާގެ ތުރިޝާ ރޮޑާ އަތުން 21-11، 21-09 އިން މޮޅުވި ނަބާ ކުއާޓާގައި ކުޅޭނީ، އަޒަރުބައިޖާންގެ އީރާ މަފްތުހާއާ ދެކޮޅަށެވެ.

އަންހެން ޑަބަލްސްގެ ކުއާޓާގައި ނަބީ އާއި ނަބާގެ ޕެއާ ކުޅެން ޖެހޭނީ، ޔޫގާންޑާގެ ކްލެއާ ނަމިރެމްބޭ އާއި ކިމްބެލީ ޖޮއާންގެ ޕެއާއާ ދެކޮޅަށެވެ.

ފިރިހެން ޑަބަލްސްގެ ކުއާޓާ އިން ނިބާލް އާއި ޒަޔާންގެ ޕެއާ ޖާގަ ހޯދީ، ޔޫގާންޑާގެ ދެ ޕެއާ ބަލިކޮށްގެންނެވެ. އެ ގޮތުން، ފުރަތަމަ މެޗުގައި ޔޫގާންޑާގެ ބަތަމް ކަވީޝާ އާއި ޝިލްޓަން ޓަޔެބްވާގެ ޕެއާ އަތުން ޒަޔާން އާއި ނިބާލްގެ ޕެއާ މޮޅުވީ، 21-09، 21-10 އިންނެވެ. ދެ ވަނަ މެޗުގައި ޔޫގާންޑާގެ ޖޯޝުއާ އެކޯޗޫ އާއި ޖޯޑަން ނުވަގަބާ އަތުން މޮޅުވީ، 21-11، 21-05 އިންނެވެ. ކުއާޓާގައި ޒަޔާން އާއި ނިބާލްގެ ޕެއާ ކުޅޭނީ، ނިތިން އާއި ވެންކަޓާގެ ޕެއާއާ ދެކޮޅަށެވެ.

މިކްސް ޑަބަލްސްގައި ޒަޔާން އާއި ނަބާގެ ޕެއާ އިން ވަނީ ޔޫގާންޑާގެ ޑޭވިޑް ވައިސްވާ އާއި ސާރާ ނަމުގާބޯގެ ޕެއާ އަތުން 21-04 އާއި 21-01 އިން މޮޅުވެފަ އެވެ. ކުއާޓާގައި ޒަޔާން އާއި ނަބާގެ ޕެއާ ބައްދަލުުކުރާނީ، މެލޭޝިއާގެ އެންޑީ ޔޫ އާއި ލޯ ޒީ ވެއި ގެ ޕެއާއާ އެވެ.

މިކްސް ޑަބަލްސްގައި ނިބާލް އާއި ނަބީގެ ޕެއާ ބަލިވީ އިންޑިއާގެ މޯހިތު ޖަގްލާން އާއި ލަކްޝިތާ ޖަގްލާންގެ ޕެއާ އަތުން، ތިން ސެޓަށް ކުޅެގެންނެެވެ. މެޗުގެ ސެޓުތައް ދިޔައީ، 19-21، 21-15 އަދި 21-14 އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox