ހަލާކުވީ ގުޅުން ރަނުން މަރާމާތުކޮށްލުމުން މާ އަގުބޮޑު!

ހަލާކުވީ ގުޅުން ރަނުން މަރާމާތުކޮށްލުމުން މާ އަގުބޮޑު!

ކިންސުގީ (kintsugi) އަކީ ޖަޕާނުގައި ބޭނުންކުރާ ޒަމާންވީ ފަންނެކެވެ. މަށިން ހަދާފައިވާ ކަންވާރު ފަދަ ތަކެތި ހަލާކުވުމުން އެތަކެތި އެއްލާލުމުގެ ބަދަލުގައި ޖަޕާނުގެ ސަގާފަތުގައި ކަންކުރާ ގޮތަކީ ކިންސުގީ ފަންނުގެ ތެރެއިން އެތަކެތި މަރާމާތުކުރުމެވެ. އެއީ މުޅިން ހަލާކުވެފައިވާ އެތީގެ ވަކިވަކި ބައިތައް އަލުން ގުޅުވާއިރު ރަން ބޭނުންކުރުމުގެ ފަންނެވެ.

ކިންސުގީގެ އަސްލަކީ ކޮންމެ އެއްޗެއްގެ ވެސް ތާރީހު ބަލައިގަތުމާއި، ދުނިޔޭގައި އެ އެއްޗެއް ކޮށްފައިވާ ދިގު ދަތުރުގެ ލިސާންތައް ގަބޫލުކުރުމެވެ. ހަލާކުވެފައިވާ ކަންވާރު މަރާމާތުކުރުމަށް ރަނުން ފުރާލާފައިވާ ކޮންމެ ރެނދެއް ވެސް ބުނެދެނީ ވާހަކައެކެވެ. އޭގައި ހުރި ރަނުގެ ބެއްދުންތަކުން ހަނދާންކޮށްދެނީ ލިބުނު ގެއްލުންތައް އޭގެ ފުރިހަމަ ގޮތުގައި މަރާމާތުކޮށްލުމުން ރީތިކަމާއި ބާރުވެރިކަން އުފެދިދާނެކަމެވެ. ދުނިޔޭގެ އާދައަކީ ފުރިހަމަކަމަށް ލޯބި ކުރުމެވެ. އެހެން ނަމަވެސް ކިންސުގީން ހިތްވަރުދެނީ ދިރިއުޅުމުގައި ލިބުނު އަނިޔާތަކާއި، ހުރި އުނިކަމުގެ ވެސް އަގު ދެނެގަތުމަށެވެ. މަށީގެ ކަންވާރެއް ކަމުގައިވިޔަސް، އަދި އިންސާނީ ގުޅުންތަކުގައި ވިޔަސް ވެހެވެ.

ބުނެވޭ ގޮތުގައި ޖަޕާނުގައި މި ފަންނު ފެށުނީ މީލާދީން 1449 އިން 1473 އަށް ރަސްކަން ކުރި އަޝިކަގަ ޔޮޝިމަސާގެ ވެރިކަމުގެ ދުވަސްވަރު އެވެ. އޭރު ޗައިނާއިން އެ ރަދުންނަށް ވެދުމަށް ފޮނުވި މަށީގެ ކަންވާރެއް ތަޅައިގެން ދިޔައީ އެވެ. އާދައިގެ ކަންވާރަކަށް ވީނަމަވެސް އެ އެއްޗެއް ވެފައިވީ ރަސްގެފާނުގެ އަރިހުގައި ޖަޒުބާތީ އަގެއް އޮތް އެއްޗެއް ކަމުގަ އެވެ. އެހެންވެ، އެ ކަންވާރު މަރާމާތުކުރެވޭތޯ ޗައިނާއަށް ފޮނުވީ އެވެ. ދުވަސްގަނޑަކަށްފަހު އެ ކަންވާރު މަރާމާތުކުރުމަށްފަހު އަނބުރާ ފޮނުވިއިރު، މަރާމާތުކުރުމަށް ކޮށްފައި ހުރި މަސައްކަތްތައް ވީ އެ ކަންވާރުގެ އައިބުކަން ލޮލަށް ދައްކައި، އެ ކަންވާރުގެ އަގު ދަށްކޮށްލި ކަމަކަށެވެ. އެހެންވެ، އެ މަސައްކަތާމެދު ރަސްގެފާނު ހިތްޕުޅާ ނުވުމުން އަލުން އެ މަސައްކަތް ކުރުމަށް އަމުރުކުރެއްވި އެވެ. ޖަޕާނުގެ ފަންނުވެރިން އެ މަސައްކަތާ ހަވާލުވެ، އެ ތަށީގައި ގުޅުވާފައި ހުރި ބައިތައް ބެއްދުމަށް ރަން ބޭނުންކުރި އެވެ. މިއީ ކިންސޫގީ ފަންނުގެ ފެށުމެވެ.

'ކިންސޫގީ' މި ބަސް އުފެދިފައި އެވަނީ ޖަޕާނުގެ ދެ ބަހަކުންނެވެ. އެއީ 'ކިން' (KINT) އާއި ސުގީ (SUGI) އެވެ. ކިންގެ މާނައަކީ ރަނެވެ. ސޫގީއަކީ ބެއްދުންތައް ނުވަތަ ގުޅުވުންތަކެވެ. އެހެންވީމާ މި ބަހުގެ ޖުމުލަ މާނައަކަށް ވަނީ ރަނުގެ ބެއްދުންތަކެވެ. ފަލްސަފާގައި ކިންސޫގީ އެއްގޮތްވަނީ ޖަޕާނުގެ ވާބީ-ސާބީ ފަލްސަފާއާ އެވެ. ވާބީ-ސާބީ ފަލްސަފާ ހިތްވަރު ދެނީ ދިރިއުޅުމުގައި ހުރި އުނިކަންކަމާއި، ފުރިހަމަނޫންކަން އޭގެ ގޮތުގައި ބަލައިގަތުމަށެވެ. އެއްޗެއްގައި ހުންނަ އުނިކަމަކީ އެ އެއްޗެއްގެ އަގު ދަށްވެ، ބޭކާރު އެއްޗަކަށް ވެގެންދާންޖެހޭނޭ ސަބަބެއް ނޫންކަމާއި، އެ އުނިކަން އޭގެ ގޮތުގައި ބަލައިގަތުމަކީ ދިރިއުޅުން ފަސޭހަވެގެންދާނޭ މަގެއްކަމަށް ވާބީ-ސާބީ ފަލްސަފާ ބުނެދެ އެވެ.

ކިންސުގީގައި، ރަނުން ފާޅުކޮށް ދައްކުވައިދެނީ ހަމައެކަނި މަރާމާތާއި ބެއްދުންތަކެއް ނޫނެވެ. ރެނދުތައް ގުޅުވުމަށް ބޭނުންކޮށްފައިހުރި ރަނުން ހަގީގަތުގައި ބުނެދެނީ ފުރިހަމަ ނޫން ކަންކަމާއި، އައިބުތަކުން ފާޅުވާ ރީތިކަމެވެ. ހަލާކުވެފައި އޮތް މަށީގެ ކަންވާރުގެ އަގުއަރުވައި، ކުރިއަށްވުރެވެސް ބޮޑު ފުރިހަމަކަމަކާއި ރީތިކަމެއް ގެނެސްދިނީ އޭގެ ބެއްދުންތަކުގެ ފުރިހަމަ ކަމުންނެވެ.

ހަލާކުފައިވާ މުށި ތަށްޓެއް ބައްދަނީ. -- ފޮޓޯ: ފޯބް
ހަލާކުފައިވާ މުށި ތަށްޓެއް ބައްދަނީ. -- ފޮޓޯ: ފޯބް

ހަލާކުފައިވާ މުށި ތަށްޓެއް ބައްދަނީ. -- ފޮޓޯ: ފޯބް

މި ފަލްސަފާ އިންސާނީ ދިރިއުޅުމާ އަޅުވައިބަލާއިރު ބުނެދެނީ ހީނަރުވުމަށްފަހު އަލުން އާރޯވާ ގުޅުމުގެ ބާރުގަދަ ކަމާއި އަގުބޮޑުކަމެވެ. އެހެންނަމަވެސް އެ އަގުބޮޑުކަމާއި، ރީތިކަމާއި ބާރުވެރިކަން އަންނާނީ އެ ގުޅުން އިއާދަކުރުމަށް ބޭނުންކުރާ އުސްލޫބަކުންނެވެ. ހަގީގަތް އޮޅުން ފިލުވައި ދިނުމާއި، ކުށް ގަބޫލުކުރުމާއި، އިހުތިރާމުގެ މައްޗަށް ބިނާކޮށް ގުޅުން އިއާދަކުރެވިއްޖެނަމަ އެ ކުރެވުނީ ކިންސޫގީ މަރާމާތެކެވެ. އެ ގުޅުންތަކުގައިވާ "ރަން" އެއީ ދަސްވާ ފިލާވަޅުތަކާއި، އިތުރަށް ބަދަހިވާ އިތުބާރާއި، އެކުގައި ހޯދާ ތަޖުރިބާތަކެވެ.

އޮޅުންތަކާއި، ދެބަސްވުމާއި ހިތްދަތިކަމަކީ އިންސާނީ ތަޖުރިބާގެ ބައެކެވެ. މި ގޮންޖެހުންތަކަކީ ނާކާމިޔާބީތަކެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، ކިންސުގީން އުނގަންނައިދެނީ އެއީ ކުރިއެރުމާއި ފުންކޮށް ދެނެގަތުމުގެ ފުރުސަތުތަކެއްގެ ގޮތުގައި ދެކުމަށެވެ. ހަލާކުވީ ގުޅުންތައް ރަނުން މަރާމާތުކޮށްގެން އައު ފެށުމަކުން ފަށާއިރު ގުޅުންތަކުގައި ހުރި ހިލާފުތަކާއި، ހުރަސްކޮށްގެން ނުވާނެ ރޮނގުތައް އެ ގުޅުމުގެ ބައިވެރިންނަށް ސާފުވާނެ އެވެ. އަދި ކުރިން ވެދިޔަގޮތުގެ ތާރީހާއި، މަރާމާތުކުރުމަށް އުފުލި ތަކުލީފުގެ މަންޒަރުވެސް ލޮލަށް ފާޅުވާނެ އެވެ. ނަތީޖާއަކީ ކުރިން ދެވުނު މިންވަރަށްވުރެ އިތުރަށް ސަމާލުކަން ދެވި އެ އަގުބޮޑު މުދަލާމެދު ރައްކާތެރިވުމަށް އަބަދުމެ ހަނދާންވުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox