ފެނާންޑޭސްގެ ރަތް ކާޑް އެޕީލް ކާމިޔާބު، ސަސްޕެންޝަން އުވިއްޖެ

Oct 2, 2024, 12:00 PM
ފެނާންޑޭސްގެ ރަތް ކާޑް އެޕީލް ކާމިޔާބު، ސަސްޕެންޝަން އުވިއްޖެ

މެންޗެސްޓާ (އޮކްޓޫބަރު 2) - އިނގިރޭސި ޕްރިމިއާ ލީގުގައި މި ހަފްތާގައި މެންޗެސްޓާ ޔުނައިޓްގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް އަށް ދެއްކި ރަތް ކާޑާ ދެކޮޅަށް އެ ކްލަބުން ކުރި އެޕީލް ކާމިޔާބުވެއްޖެ އެވެ.

މި ނިންމުމާ އެކު، ފެނާންޑޭސް، 30، އަށް ދިން ތިން މެޗުގެ ސަސްޕެންޝަން ވެސް ވަނީ އުވިފަ އެވެ.

ޓޮޓެންހަމް އަތުން 3-0 އިން ޔުނައިޓެޑް ބަލިވި މެޗުގެ 42 ވަނަ މިނިޓްގައި އެ ޓީމުގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް އަށް ސީދާ ރަތް ކާޑެއް ދެއްކި އެވެ. ފެނާންޑޭސް އަށް ރަތް ކާޑު ދެއްކިއިރު، ޔުނައިޓެޑް އޮތީ 1-0 އިން ފަހަތުގަ އެވެ.

ފެނާންޑޭސް އަށް ރަތެއް ދެއްކީ، ޖޭމްސް މެޑިސަން އަށް ނުރައްކާތެރި ފައުލެއް ކުރި ކަމަށް ބަލައިފަ އެވެ. މެޗަށް ފަހު، ފެނާންޑޭސް ބުނީ، އެއީ ރީނދޫ ކާޑެއް ދެއްކޭނެ ފައުލެއް ކަމަށާއި އެކަމަކު ރަތް ކާޑެއް ދެއްކުން ބަލައިގަންނަން އުނދަގޫ ކަމަށެވެ.

ސީދާ ރަތް ކާޑަކާ ގުޅިގެން ތިން މެޗަށް ސަސްޕެންޑްވާނެ އެވެ. އެހެންވެ، ކުރިން ބެލެވިފައި އޮތީ ރަތް ކާޑުގެ ސަބަބުން ފެނާންޑޭސް ނުލައި، ޔުނައިޓެޑުން ތިން މެޗު ކުޅެން ޖެހޭނެ ކަމަށެވެ. އެ ތިން މެޗަކީ، އެސްޓަން ވިލާ، ބްރެންޓްފޯޑް އަދި ވެސްޓް ހޭމްއާ ދެކޮޅަށް މެޗުތަކެވެ. އެކަމަކު، އެޕީލް ކާމިޔާބުވުމާ އެކު، ޔުނައިޓެޑުން މި ތިން މެޗުގައި ވެސް ފެނާންޑޭސް ބޭނުންކުރަން ފުރުސަތު ލިބޭނެ އެވެ.

ޔުނައިޓެޑުން ދެން ކުޅޭ މެޗަކީ، ޔޫރޮޕާ ލީގުގައި މާދަމާރޭ ރަށުންބޭރުގައި ޕޯޓޯއާ ދެކޮޅަށް ކުޅޭ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox