މަނީ އެކްސްޗޭންޖު ލައިސަންސް ދެން ލިބޭނީ ދިވެހިން ހިއްސާވާ، ދިވެހި މުވައްޒަފުން ތިބޭ ވިޔަފާރިތަކަށް

މަނީ އެކްސްޗޭންޖު ލައިސަންސް ދެން ލިބޭނީ ދިވެހިން ހިއްސާވާ، ދިވެހި މުވައްޒަފުން ތިބޭ ވިޔަފާރިތަކަށް

މަނީ އެކްސްޗޭންޖު ލައިސެންސް ލިބޭނީ ދިވެހިން ހިއްސާވާ، ހުސް ދިވެހި މުވައްޒަފުން ތިބޭ ވިޔަފާރިތަކަށް ކަމަށް އެމްއެމްއޭއިން މިއަދު ކަނޑައަޅައިފި އެވެ.

އެމްއެމްއޭއިން އެކުލަވާލި މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދުގެ ދަށުން ފަސް އަހަރަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރި ކުރުމުގެ ލައިސަންސް އަދި ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ކުރުމުގެ ލައިސަންސެވެ.

ނަމަވެސް ރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީ ކޮށްގެން ޓޫރިސްޓުންނަށް ހިދުމަށް ދޭ ތަންތަނުން ލައިސަންސަކާ ނުލައި ޓޫރިސްޓުން އަތުން ބޭރުފައިސާ ގަނެ އަދި ޓޫރިސްޓުންނަށް ބޭރު ފައިސާ ވިއްކުން ގަވާއިދުގެ ދަށުން ހުއްދަ އެވެ.

Advertisement

ގަވާއިދުގެ ދަށުން ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރި ކުރުމުގެ ލައިސަންސް ލިބޭނީ ކުންފުނީގެ ގާނޫނުގެ ދަށުން ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރި ކުރުމަށް އުފައްދާފައިވާ ކުންފުނިތަކަށެވެ.

އެ ގަވާއިދުގެ ދަށުން ކުންފުނީގެ ހަގީގީ ވެރިފަރާތަކީ ދިވެހި ރައްޔިތަކަށް ވާން ޖެހޭއިރު، މަނީ ޗޭންޖިން ލައިސަންސް ލިބިފައިވާ ވިޔަފާރީގައި ހަރަކާތްތެރިވާ ހުރިހާ މުވައްޒަފުން ވެސް ވާންވާނީ ދިވެހި ރައްޔިތުންނަށެވެ.

އެ ލައިސަންސްގެ އެޕްލިކޭޝަން ފީއަކަށް 20،000ރ. ނަގާއިރު އަހަރީ ފީއަކަށް ނެގުމަށް ހަމަޖެހިފައި ވަނީ 24،000ރ. އެވެ. ދުވާލެއްގެ މައްޗަށް އެއް ކަސްޓަމަރަކަށް ނަގުދު ފައިސާއިން އެންމެ ގިނަވެގެން މުއާމަލާތު ކުރެވޭނީ 50،000ރ. ނުވަތަ އެއަށްވާވަރުގެ ބޭރު ފައިސާގެ އަދަދަކަށެވެ.

ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރި ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުން، ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ހުރިހާ މުއާމަލާތްތަކެއް މޮނިޓާ ކުރެވޭނެ އިލެކްޓްރޯނިކް ނިޒާމެއް ވެސް ގާއިމު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ކުރުމުގެ ލައިސަންސް ލިބޭނީ ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ޓޫރިސްޓު ރިޒޯޓް ހިންގަން ހުއްދަ ނުވަތަ ލައިސަސް ލިބިފައިވާ ކުންފުންޏަކަށެވެ.

އެ ލައިސަންސްގެ މުއްދަތަކީ ޓޫރިސްޓް ރިޒޯޓް ހިންގަން ލިބިފައިވާ ހުއްދައިގެ ނުވަތަ ލައިސަންސްގެ މުއްދަތު ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ކުރުމުގެ ލައިސަންސްގެ އެޕްރިލޭޝަން ފީއެއްގެ ގޮތުގައި 1،300 ޑޮލަރު އަދި އަހަރީ ފީއެއްގެ ގޮތުގައި 1،800 ޑޮލަރު ވަނީ ކަނޑައަޅާފަ އެވެ. އަދި ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 50000 ޑޮލަރު ބަހައްޓަން ޖެހޭނެ އެވެ.

އެ ލައިސަންސްގެ ދަށުން ބޭރު ފައިސާ ވިއްކުމުގެ މުއާމަލާތް ކުރަންވާނީ ބޭންކެއް މެދުވެރިކޮށް ކަމަށްވާއިރު، ނަގުދު ފައިސާއިން ލައިސަންސް އޮވެގެން މުއާމަލާތް ކުރެވޭނެ އެވެ.

ކުރިން ލައިސަންސް އޮތް ފަރާތްތަކުން އާ ގަވާއިދުގެ ދަށުން ލައިސަންސަށް އެދި ހުށަހަޅައި އެއާ މެދު އޮތޯރިޓީން ވަކި ގޮތެއް ނިންމައި އަންގަންދެން ކުރީގެ ލައިސަންސްގެ ދަށުން ވިޔަފާރި ކުރިއަށް ގެންދެވޭނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އޭގެއިތުރުން އެމްއެމްއޭއިން ބުނީ ދެ މަސް ދުވަހުގެ ތެރޭގައި އާ ގަވާއިދުގެ ތެރެއިން ލައިސަންސަށް ހުށަހަޅަން ޖެހޭއިރު، އޭގެ ކުރިން ހުށަހަޅާފައި ނުވާ ނަމަ ކުރިން ދީފައިވާ ލައިސަންސް ބާތިލުވާން ކަމަށެވެ.

މިހާރު ލައިސަންސް އޮތް ފަރާތަކުން އާ ގަވާއިދުގެ ދަށުން ލައިސަންސަށް އެދި ހުށަހަޅާއިރު އެޕްލިކޭޝަންގެ ފީގެ ގޮތުގައި 10،000ރ. ދައްކަން ޖެހޭ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ އާ ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، 1 މާޗް 1987 ގެ ތާރީހުގައިވާ "މަނީ ޗޭންޖާ ކަމުގެ ލައިސަންސް ލިބިގެން ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތަކުން ކަންތައް ކުރަންވީ ގަވާއިދު" ވަނީ އުވިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox