ތިބާ ބޭނުންވާ 'ތަކުލީފެއް' ހިޔާރު ކުރާށެވެ.

އާޓްވޯކް: އިސްމާއިލް އިމްދާދް / އަދަދު

އާޓްވޯކް: އިސްމާއިލް އިމްދާދް / އަދަދު

ދިރިއުޅުމަކީ ފިނިފެންމަލުގެ ތަންމައްޗެއް ނޫނެވެ. ތިބާ ދިރިއުޅުމުގައި ތިޔަ އެދޭ އުފަލާއި އަރާމަށް ވާސިލުވުމަށް އެތައް ހުރަހެއް އަބަދުވެސް ތިބާގެ ކުރިމަތީގައި އެތުރިފައި ހުންނާނެ އެވެ. ތިބާ ތިޔަ އެދޭ ފަސޭހަކަން ހޯދައި ދެމެހެއްޓުމަށްވެސް ތަހައްމަލުކުރަމުން ދާންޖެހެނީ ތަކުލީފެކެވެ. އެ ތަކުލީފަކީ އުފާވެރިކަން ކަމަށް ވެގެން ދަނީ ތިބާގެ ނަޒަރިއްޔާގެ ސަބަބުންނެވެ. އުފާވެރިކަން ގެނެސްދޭ ތަކުލީފު ހިޔާރުކުރުން އޮތީ ތިބާގެ އަތްމަތީގަ އެވެ. ތިބާއަށް އޮތީ ވިސްނުންތެރިކަމާއެކު ތިބާ ބޭނުންވާ ތަކުލީފެއް ހިޔާރުކުރުމެވެ.

އިނގިރޭސި ޝާއިރު އަދި ލިޔުންތެރިޔާ ޑެވިން ބްރޯވ ގެ މަޝްހޫރު ޅެމެއްގައި ކިޔަ އެވެ.

ކައިވެންޏެއް ރޫޅާލަން ނިންމުމަކީ ތަކުލީފެކެވެ. ތިބާއާއެކު ދިރިއުޅުން ވެއަތުކުރި، އަދި ތިބާގެ ސިއްރުތަކުގެ ބައިވެރިޔާއާ ވަކިވާންޖެހޭތީ އެވެ. ދެފަރާތުގެ އާއިލާގެ ބަހާއި، ރަށްޓެހި ރަހުމަތްތެރިންގެ ސުވާލުތަކާއި، ދަރިންގެ މުސްތަގުބަލާމެދު ވިސްނަންޖެހޭ ޖެހުމަކީ ބަޔާންކޮށްނުދެވޭނޭ ތަކުލީފެކެވެ. ހަމަ އެގޮތަށް ކައިވެންޏެއް ދެމެހެއްޓުމަކީ ވެސް ތަކުލީފެކެވެ. ކައިވެނި ދެމެހެއްޓޭނީ ދެމަފިރިން އެކަކު އަނެކަކަށް ވަގުތު ދީގެންނެވެ. ކުރިން ތިބާގެ ރަށްޓެހިންނަށް ހާއްސަކުރި ވަގުތުގެ ތެރެއިން އެއްބައި، ނުވަތަ ބޮޑުބައި ތިބާގެ ބައިވެރިޔާއަށް ހާއްސަކުރަންޖެހެ އެވެ. ދަރިންނާއި ބައިވެރިޔާގެ އުފާތަކަށްޓަކައި މަސައްކަތްކުރަންޖެހެ އެވެ. ބައެއް ފަހަރު ތިބާގެ އަމިއްލަ އުފާތައްވެސް ދޫކޮށްލަންޖެހެ އެވެ. ވަރިވުމަށް ނިންމިޔަސް، ކައިވެނި ދެމެހެއްޓުމަށް ނިންމިޔަސް ދެގޮތުގައި ތަކުލީފު ހިމެނެ އެވެ. ވީމާ ތިބާ އެދޭ ތަކުލީފެއް ހިޔާރު ކުރާށެވެ.

ހަށިގަނޑުގެ ބަރުދަން އިތުރުވެ، ފަލަވެފައި ހުރުމަކީ ތަކުލީފެކެވެ. އެއީ މީހާ އެތައް ބައްޔަކަށް ހުށަހެޅިގެންދާ ކަމެކެވެ. ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކާއި އާއިލާއާއެކު ވަގުތު ހޭދަކުރުމާއި، ދަރިންނާއެކު ކުޅެ ސަކަރާތްޖެހުންފަދަ އުފާތަކަށް އެޅޭ ހުރަހެކެވެ. ކުޑަމިނުން، ބަރުހެލިވެފައިވާ ހަށިގަނޑަށް ހެޔޮވަރު ހެދުން ހޯދުމަކީވެސް ތަކުލީފެކެވެ. ހަމަ އެގޮތަށް ދުޅަހެޔޮ ސިއްހަތެއްގައި ފިޓުކޮށް ހުރުމަކީވެސް ތަކުލީފެކެވެ. ތިބާ ކެއުމަށް ހިތް އެދޭ އެތަކެއް މީރު ކެއުމެއް ނުކައި ދޫކޮށްލަންޖެހެ އެވެ. ހެލިފެލިވެ، ކަސްރަތުކޮށް ދާއޮހޮރުވަންޖެހެ އެވެ. ގަޑިން ގަޑިއަށް ކެއުމާއި، ކޮންމެ ކޮންމެ އެއްޗެއް ނުކެއުމަކީ ވެސް އަހުލާގީ އާދައަކަށް ހަދަންޖެހެ އެވެ. ހަށިގަނޑު ބަރުހެލިވެ ފަލަކޮށް ހުރުމާއި، ފިޓުކޮށް ހުރުމުގައިވެސް އޮތީ އުފުލަންޖެހޭ ތަކުލީފެވެ. ތިބާ ބޭނުންވާ ތަކުލީފެއް ހިޔާރުކުރާށެވެ.

ވަޒީފާއެއް އަދާކޮށް އާމްދަނީ ހޯދުމަކީ ތަކުލީފެކެވެ. ހެނދުނުގެ އަރާމު ނިދިކޮޅު ދޫކޮށްލައި، މަސައްކަތަށް ނުކުންނަންޖެހެ އެވެ. ވަޒީފާއެއްގައި އުޅޭނަމަ ވަޒީފާ ދިން މީހާ، ނުވަތަ އަމިއްލަ މަސައްކަތެއް ކުރާނަމަ ތިބާގެ ގާތުން ހިދުމަތް ހޯދާ މީހާ ރުއްސުމުގެ ތަކުލީފު އުފުލަންޖެހެ އެވެ. އޭނާގެ ޝަރުތުތަކަށް އިގުރާރުވެވިފައިވާތީ އެ ޝަރުތުތަކާ އެއްގޮތަށް އަމަލުތައް ބަހައްޓަންޖެހެ އެވެ. ތިބާއާއި އާއިލާގެ ހަރަދު ބަރަދަށް ބޭނުންވާ ފައިސާ ލިބެނީ އޭރުންނެވެ. ހަމަ އެ އުސޫލުން ވަޒީފާއެއް އަދާނުކޮށް، މަސައްކަތެއް ނުކޮށް ހުރުމަކީވެސް ތަކުލީފެކެވެ. އަސާސީ ޒަރޫރަތުތަކަކީވެސް ފައިސާއަށް ގަންނަންޖެހޭ އެއްޗަކަށްވެފައިވާ މި ޒަމާނުގައި ފައިސާ ނުލިބޭ މީހާއަކީ އެ ޒަރޫރަތްތައް ފުއްދުމުގައި އެތައް ތަކުލީފެއް އުފުލަންޖެހޭނޭ މީހެކެވެ. އަމިއްލަ މަސައްކަތުން ފައިސާއެއް ނުލިބި އެހީއަށް އެދި މީހުންނަށް އަތްދިމާކުރަންޖެހުމަކީ ފިލައިގެން ނުދާނޭ ތަދެކެވެ. އިއްޒަތުއްނަފުސު ނީލަން ކިޔޭއިރު ހިތުގައި އުފެދޭ ރިހުމަކީ ބަޔާންވެސް ނުކުރެވޭނޭ ތަކުލީފެކެވެ. ބުރަ މަސައްކަތުން އާމްދަނީ ހޯދައި، އަބުރުވެރި ދިރިއުޅުމެއް އުޅުމަކީ ތަކުލީފެކެވެ. ހަމައެގޮތަށް، އާމްދަނީ ހޯދުމަށް މަސައްކަތެއްނުކޮށް މުޖުތަމައުގައި ބޭކާރުވެފައި ހުރުމުގައިވެސް އޮތީ ތަކުލީފެވެ. ތިބާއަށް އޮތީ ތިބާ ބޭނުންވާ ތަކުލީފެއް ހިޔާރުކުރުމެވެ.

ހެޔޮގޮތުގައި މުއާމަލާތްކޮށް ގުޅުންތައް ދެމެހެއްޓުމަކީ ތަކުލީފެކެވެ. ބައެއް ފަހަރު އެކުވެރިން ކުރާ ވިހަ ސަމާސާއަށް މައާފުކުރަންޖެހެ އެވެ. ބުރަކަށްޓަށް ހަރާލި ވަޅިން ޒަހަމެއް ނުވާ ކަމުގައި، ތަދެއްވެސް ނުވާކަމުގައި ބުނަންޖެހޭނީ ހިނިތުންވެ ހުރެ އެވެ. ތިބާގެ އަމިއްލަ ދިރިއުޅުމުގެ އެހެން ކަންކަމަށް ހާއްސަކުރެވުނު ވަގުތުތަކުން ބައެއް ރަށްޓެހިންނަށް ހާއްސަކޮށް، ބައެއް ފަހަރު ތިބާ އެދުނު އުފާ ދޫކޮށްލަން ޖެހި ދެ އެވެ. ތިބާއަށް ނިސްބަތްކޮށް ބުނި ބަހާމެދު ހިތްހަމަނުޖެހުނަސް އެ ހަނދާންވެސް ނައްތާލުމުގެ ތަކުލީފު އުފުލަންޖެހެ އެވެ. ގުޅުން ކަނޑާލައި ވާހަކަ ނުދައްކައި ހުރުމަކީވެސް ތަކުލީފެކެވެ. ތިބާގެ އެކުވެރިކަމުން މިސާލު ނަގައި އުޅުނު މީހުން އަދިވެސް ތިޔައީ އެކުވެރިންކަމުގައި ދެކި އަނެއް އެކުވެރިޔާގެ ހާލު ހަބަރު އަހައި ހަދާ ކޮންމެ ފަހަރަކު ހިތަށް ކުރާ އަސަރަކީ ތަކުލީފެކެވެ. ކުރިން އެ ނެގި މަޖަލާއި، އެކުގައި ކުރިއަށް ރާވާފައިހުރި ލަނޑުދަނޑިތަކަށް ދެން ދަތުރުކުރަންޖެހޭނީ، އެއްވެސް އެހީތެރިކަމެއް ނުލިބި، ތިބާ އެކަންޏެވެ. މުއާމަލާތްކޮށް ގުޅުންތައް ދެމެހެއްޓުމާއި، ވާހަކަ ނުދައްކައި ގުޅުން ކަނޑާލުމުގައިވެސް އޮތީ ތަކުލީފެވެ. ތިބާ ހިތް އެދޭ ތަކުލީފެއް ހިޔާރުކުރާށެވެ.

ދުނިޔޭގެ ދިރިއުޅުމުގައި ހުރި ތަކުލީފުތަކަށް ނިމުން އަންނާނީ ތިބާގެ އާހިރު ދުވަހު އެވެ. އެ ދުވަހާ ހަމައަށް ތިބާގެ ދިރިއުޅެން ހިޔާރު ކުރާ ކޮންމެ ކަމެއްގައިވެސް އޮތީ އެކަމެއްގެ ޒާތުން ހުރި ތަކުލީފެވެ. ތިބާއަށް އޮތީ ތިބާގެ ދިރިއުޅުން ބައްޓަންކުރަން ބޭނުންވާ ގޮތެއްގެ މައްޗަށް، ތިބާ ހިތް އެދޭ ތަކުލީފެއް ހިޔާރުކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox