ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމުން ވަކިނުކުރާނެ ކަމުގެ ޔަގީންކަން ޓެން ހާގަށް އެބައޮތް

Oct 1, 2024, 2:33 AM
ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމުން ވަކިނުކުރާނެ ކަމުގެ ޔަގީންކަން ޓެން ހާގަށް އެބައޮތް

މެންޗެސްޓާ (އޮކްޓޫބަރު 1) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން ވަކިނުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މި ސީޒަނުގައި ޔުނައިޓެޑުން ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން ޓެން ހާގް އަށް އެ ކުލަބްގެ ސަޕޯޓަރުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެކަމަކު، އެ ފާޑުކިޔުންތަކަށް ނުބާލާނެ ކަމަށާއި އެކުގައި މަސައްކަތްކޮށްގެން ކާމިޔާބު ހޯދާނެ ކަމަށް މީގެ ކުރިން ވެސް ޓެން ހާގް ވަނީ ބުނެފަ އެވެ.

ލީގުގައި މި ހަފްތާގައި އަމިއްލަ ދަނޑުގައި، ޓޮޓެންހަމް އަތުން 3-0 ގެ ނަތީޖާ އަކުން ޔުނައިޓެޑް ބަލިވި މެޗަށް ފަހު އަމާޒުވަމުން އަންނަ ފާޑުކިޔުންތަކަށް ރައްދުދީ ޓެން ހާގް ބުނީ، ޔުނައިޓެޑް ކޯޗުކަމުން ވަކި ނުކުރާނެ ކަމުގެ ޔަގީންކަން އޭނާ އަށް އޮތް ކަމަށެވެ.

ޓެން ހާގް ބުނީ, ޔުނައިޓެޑުން މަސައްކަތް ކުރަނީ ޓީމެއް "ބިލްޑް" ކުރަން ކަމަށެވެ. އަދި ޓީމެއް އަލުން ބިލްޑް ކުރުމަކީ ވަގުތު ނަގާ ކަމެއް ކަމަށާއި، އެ ވަގުތު ޔުނައިޓެޑަށް ބޭނުންވާ ކަމަށެވެ. އަދި މި ކަމުގައި ޔުނައިޓެޑްގެ ކުޅުންތެރިންނާ މެނޭޖުމަންޓް އަދި ކޯޗިން ސްޓާފުން އެކުގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ޓެން ހާގް ބުންޏެވެ.

"އަހަރެން ކޯޗުކަމުން ވަކިކުރާނެ ކަމާމެދު ނުވިސްނަން. ޔުނައިޓެޑްގެ މުޅި ޓީމުން މަސައްކަތް ކުރަނީ އެކަތިގަނޑަކަށްވެ, ހާލަތު ބަދަލުކުރުމަށް.." ޓެން ހާގް ބުންޏެވެ.

ކުރިން އަޔަކްސް އަށް ކޯޗުކޮށްދިން، ޓެން ހާގް ބުނީ ޔުނައިޓެޑުން މި ފަހުން ނެގި ހުރިހާ ނިންމުމެއް ނިންމާފައިވާނީ އެންމެން އެކަތިގަނޑަކަށްވެ, އެންމެންގެ ހިޔާލުގެ މައްޗަށް ކަމަށެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޓެން ހާގް ވަކިކޮށްފިނަަމަ، ވަގުތީ ކޯޗެއްގެ ޒިންމާ ހަވާލުކުރުމުގެ ފުރުސަތު ބޮޑީ އެސިސްޓަންޓް ކޯޗު ރޫޑް ވޭން ނިސްޓަލްރޫއީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox