ޔޫގާންޑާ ފުރަތަމަ މުބާރާތުން ރިވައިވަލް އަށް ހާސިލްވި ކަންކަން ރަނގަޅު

Sep 29, 2024, 11:56 PM
ޔޫގާންޑާ ފުރަތަމަ މުބާރާތުން ރިވައިވަލް އަށް ހާސިލްވި ކަންކަން ރަނގަޅު

ރިވައިވަލް ސްޕޯޓްސް އިން ޔޫގާންޑާގެ ދެ މުބާރާތަށް އަމާޒުކޮށް، އެ ގައުމަށް ދިޔައިރު، ފުރަތަމަ މުބާރާތުން ހާސިލްކުރަން ބޭނުންވި ކަންކަމަށް ބަލާއިރު ކުރެވުނު މަސައްކަތް ރަނގަޅު ކަމަށް އެ ޓީމުގެ ކޯޗު ނަޝްފާން މުހައްމަދު ބުނެފި އެވެ.

ރިވައިވަލް އިން ތައްޔާރުވީ، މި މަހުގެ 26-29 އަށް ކުރިއަށްދިޔަ ކެމްޕާލާ އިންޓަނޭޝަނަލް އާއި އަންނަ މަހުގެ 3-6 އަށް ކުރިއަށްދާ ޔޫގާންޑާ އިންޓަނޭޝަނަލް ސީރީސް އެވެ. އެ ގޮތުން، ކެމްޕާލާ މުބާރާތް ވަނީ ނިމިފަ އެވެ.

ސިންގަލްސް ކެޓަގަރީން، ރިވައިވަލް ކުޅުންތެރިންނަށް ކެމްޕާލާ މުބާރާތް ނިމުނީ ގަދަ 32 ކުޅުންތެރިންގެ ބުރުންނެެވެ. ކޮލިފިކޭޝަން ބުރުގެ ތިން މެޗުން މޮޅުވެގެން މެއިން ޑްރޯ އަށް އައި ހަސަން ޒަޔާން ބަލިވީ، އާރްޔާ ބިވްޕަތަކީއާ ވާދަކޮށް، 21-09، 21-12 އިންނެވެ. އިންޑިއާގެ ކްރިޝް ދޭސާއީ އަތުން ނިބާލް ބަލިވީ، 21-09، 21-07 އިންނެވެ. އަދި ޒަޔާން ޒަކީ ބަލިވީ އިންޑިއާގެ އަދިތުޔާ ގުޕްތާ އަތުންނެވެ. ސެޓުތައް ދިޔައީ، 21-11، 21-06 އިންނެވެ.

ޒަޔާން ޒަކީ އާއި ނިބާލްގެ ޕެއާ ވަނީ، ޑަބަލްސްގެ ކުއާޓާ ފައިނަލުގައި ވާދަކޮށްފަ އެވެ. މުބާރާތުގައި ހަތަރު ވަނަ އަށް ސީޑުކޮށްފައިވާ، އިންޑިއާގެ ވިޕްލަވް ކުވާލޭ އާއި ވިރާޖް ކުވާލޭގެ ޕެއާއާ ދެކޮޅަށް ކުޅެ ނިބާލް އާއި ޒަޔާންގެ ޕެއާ ބަލިވީ، 11-21 11-21 އިންނެވެ.

ކެމްޕާލާ މުބާރާތާ ބެހޭގޮތުން ކޯޗު ނަޝްފާން ބުނީ، މުޅި މުބާރާތަށް ބަލާއިރު ކަންކަން ދިޔައީ ރަނގަޅަށް ކަމަށެވެ.

"ހަސަން ޒަޔާން ތިން މެޗުން މޮޅުވެ، މެއިން ޑްރޯ އަށް ޕްރޮމޯޓްވުން. ނިބާލް އާއި ޒަޔާންގެ ޕެއާ ޑަބަލްސްގެ ކުއާޓާ އަށް ޕްރޮމޯޓްވުން. އުންމީދަކީ ޔޫގާންޑާ ސީރީސްގައި އިރާދަކުރެއްވިއްޔާ މި އަށް ވުރެ ރަނގަޅު ނަތީޖާއެއް ހޯދުން،" ގައުމީ ފިިރިހެން ބެޑްމިންޓަން ޓީމުގެ ކެޕްޓަންކަން ކުރިން ކުރި ނަޝްފާން ބުންޏެވެ.

ޔޫގާންޑާ އިންޓަނޭޝަނަލް ސީރީސްގައި ފިރިހެން އިވެންޓްތަކުގެ އިތުރުން، އަންހެން ސިންގަލްސް އާއި އަންހެން ޑަބަލްސް އަދި، ދެ ޖިންސުގެ ކުޅުންތެރިން ހިމެނޭ، މިކްސް ޑަބަލްސް އިވެންޓްގައި ވެސް ވާދަކުރާނެ އެވެ. އެއީ، އެ މުބާރާތަށް ގައުމީ ޓީމުގެ، އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ ވެސް ޓީމާ ގުޅޭނެތީ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox