އެތުލެޓިކޯ އިން ފަހު ވަގުތު ރެއާލްއާ އެއްވަރުކޮށްފި

Sep 29, 2024, 11:12 PM
އެތުލެޓިކޯ އިން ފަހު ވަގުތު ރެއާލްއާ އެއްވަރުކޮށްފި

މެޑްރިޑް (ސެޕްޓެމްބަރު 30) - ސްޕެނިޝް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، ރެއާލް މެޑްރިޑާ ދެކޮޅަށް އެތުލެޓިކޯ މެޑްރިޑުން ކުޅުނު މެޗުގައި ފަހު ވަގުތު ލަނޑު ޖަހައި ވަނީ 1-1 އިން އެއްވަރުކޮށްފި އެވެ.

މި ނަތީޖާއާ އެކު، ސްޕެނިޝް ލީގުގައި މި ފަހަރު ކޮންމެ ޓީމަކުން އަށް މެޗު ކުޅުނުއިރު، ބަލިނުވެ އޮތް ހަމައެކަނި ދެ ޓީމަކީ ރެއާލާއި އެތުލެޓިކޯ އެވެ.

ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ މި ހަފްތާގައި ބަލިވުމުން، ރޭގެ މެޗުން މޮޅުވެގެން، ރެއާލަށް އެއް ވަނަ މަގާމާ އެއް ޕޮއިންޓަށް ގާތަށް ޖެހިލެވެން އޮތެވެ. އެކަމަކު، އެއްވަރުވުމުން، ފަރަގަކީ ތިން ޕޮއިންޓެވެ. ބާސެލޯނާ އަށް އަށް މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، ރެއާލަށް އަށް މެޗުން ވަނީ 18 ޕޮއިންޓް ލިބިފަ އެވެ. އަދި ތިން ވަނައިގައި އޮތް އެތުލެޓިކޯ އަށް ވަނީ އަށް މެޗުން 16 ޕޮއިންޓް ލިބިފަ އެވެ.

އެތުލެޓިކޯގެ ވަންޑާ މެޓްރޮޕޮޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން އެ ޓީމުގެ ޖޫލިއަން އަލްވަރޭޒް ޖެހި ޝޮޓެއް ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ ވަނީ މަތަކޮށްފަ އެވެ. ރެއާލްގެ ފެޑެރީކޯ ވަލްވޭޑޭ ޖެހި ބޯޅަ އެތުލެޓިކޯގެ ކީޕަރު ޖެން އޮބްލަކް ވަނީ ހުއްޓުވައިފަ އެވެ.

ލަނޑެއް ޖަަހަން ރެއާލުން ކުރި މަސައްކަތް ކާމިޔާބުވީ، 64 ވަނަ މިނިޓްގަ އެވެ. ރެއާލްގެ ވިނީޝިއުސް ޖޫނިއާ ނެގި ބޯޅައެއް އޭރިއާތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު، އެޑާ މިލިޓާއޯ ޖެހި ޝޮޓް ވަނީ ގޯލަށެވެ. އެ ބޯޅަ ގޯލަށް ވަނީ، އެތުލެޓިކޯގެ މާކޯސް ލޮރެންޓޭ ފައިގައި ޖެހިފަ އެވެ.

ރެއާލުން ލީޑުނެގިތަނާ އެތުލެޓިކޯގެ ސަޕޯޓަރުން ދަނޑަށް އެއްޗެހި އުކަން ފެށުމުން މެޗު ވަގުތީ ގޮތުން މެދުކަނޑާލި އެވެ. މެޗު އަލުން ފެށުނީ އެތުލެޓިކޯގެ ކުޅުންތެރިންނާއި ކޯޗު ޑިއޭގޯ ސިމިއޯނީގެ ޓީމުގެ ސަޕޯޓަރުންނާ ވާހަަކަ ދައްކައިގެން ހާލަތު ބަދަލުކުރުމުންނެވެ.

އަނިޔާގެ ސަބަބުން ރެއާލްގެ ތަރި، ކީލިއަން އެމްބާޕޭ ނުލައި، ކުޅުނު މި މެޗުގައި ރެއާލުން ދެ ވަނަ ލަނޑެއް ޖަހަން ވިނީޝިއުސް ޖެހި ބޯޅަ ކީޕަރު އޮބްލަކް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން، ބަދަލަކަށް ކުޅެން އަރައި، އެންޑްރިކް އޭރިއާބޭރުން ޖެހި ޝޮޓް ދިޔައީ ދަނޑިކައިިރިން ބޭރުންނެވެ.

އެތުލެޓިކޯ އިން އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި އެންހެލް ކޮރޭއާ ޖެހި ގޯލުންނެވެ. މި ލަނޑު ފުރަތަމަ އޮފްސައިޑް ކަމަށް ނިންމި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ނިންމީ، ރަނގަޅު ގޯލެއް ކަމަށެވެ.

އިތުރު ވަގުތުގެ ނުވަ ވަަނަ މިނިޓްގައި އެތުލެޓިކޯގެ ލޮރެންޓޭ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. އެ ގޮތުން، ރެއާލްގެ ފްރާން ގާސިއާ އަށް ކުރި ފައުލަކަށް ފުރަތަމަ ލޮރެންޓޭ އަށް ރީނދޫ ކާޑެއް ދެއްކިއިރު، ވީއޭއާރް އިން ބެލުމަށް ފަހު، ނިންމީ ރަތެއް ކަމަށެވެ.

ރެއާލުން ލީގުގައި ބަލިނުވެ މި ވަނީ 40 މެޗު ހަމަކޮށްފަ އެވެ. އެންމެ ފަހުން ރެއާލް ލީގުގައި ބަލިވީ، 2023 ވަނަ އަހަރު ސެޕްޓެމްބަރު މަހު، އެތުލެޓިކޯ އަތުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox