ޔޫގާންޑާ ތިން ކުޅުންތެރިން ބަލިކޮށް ޒަޔާން މެއިން ޑްރޯ އަށް

Sep 26, 2024, 2:11 PM
ޔޫގާންޑާ ތިން ކުޅުންތެރިން ބަލިކޮށް ޒަޔާން މެއިން ޑްރޯ އަށް

ޔޫގާންޑާގައި މިއަދު ފެށި، ކެމްޕާލާ އިންޓަނޭޝަނަލްގެ ފިރިހެން ސިންގަލްސް ބައިގެ ކޮލިފިކޭޝަނުގައި ކުޅުނު ތިން މެޗުން ޔޫގާންޑާ ކުޅުންތެރިން ބަލިކުރުމަށް ފަހު ރިވައިވަލް ސްޕޯޓްސް ކްލަބްގެ ހަސަން ޒަޔާން މުބާރާތުގެ މެއިން ޑްރޯ އިން ޖާގަ ހޯދައިފި އެވެ.

މޮރިޝަސް އިންޓަނޭޝަނަލް މުބާރާތުގައި މީގެ ތިން މަސް ކުރިން ކުޅެ، ކޮލިފިކޭޝަނުގެ އެއް މެޗުން މޮޅުވި ޒަޔާން މި ފަހަރު މި ވަނީ ކޮލިފިކޭޝަން ތިން މެެޗުން މޮޅުވެ، ގަދަ 32 ކުޅުންތެރިންގެ ތެރެއިން ފުރުސަތު ހޯދައިފަ އެވެ. އެހެންކަމުން، މިހާރު ވެސް އޭނާ މި ވަނީ ރިވައިވަލްއާ ގުޅުނު ފަހުން ކުރިއެރުން ހޯދައިފަ އެވެ.

ކޮލިފިކޭޝަން ބުރުގެ ފުރަތަމަ މެޗުގައި، ޔޫގާންޑާގެ ޕްރީތު ނިކިލްކުމާރާ ކުޅެގެން ޒަޔާން މޮޅުވީ، 21-09، 21-09 އިންނެވެ. ކޮލިފައިން ދެ ވަނަ މެޗުގައި ޔޫގާންޑާގެ އަރަފާތު ކަލޫބޭއާ ދެކޮޅަށް ކުޅެގެން، 21-02، 21-03 އިން ހަސަން ޒަޔާން މޮޅުވިއިރު، ކޮލިފައިން ތިން ވަނަ މެޗުގައި، ޓެންޑޯ ކިޒީޓޯ ބަލިކުރީ ތިން ސެޓު ކުޅެގެންނެވެ. އެ ގޮތުން، 21-09 އިން ޒަޔާން ފުރަތަމަ ސެޓު ގެންދިޔައިރު، ދެ ވަނަ ސެޓުން ޓެންޑޯ 12-21 އިން މޮޅުވި އެެވެ. އެކަމަކު، ފަހު ސެޓު، 21-10 އިން ގެންގޮސް މެޗުން މޮޅުވެ، ޒަޔާންގެ ކެރިއަރުގައި ފުރަތަމަ ފަހަރަށް ކޮލިފިކޭޝަން ބުރެއް ފަހަނައަޅައި ގޮސް މުބާރާތެއްގެ މެއިންޑްރޯ އިން ފުރުސަތު ހޯދީ އެވެ.

އެ ގޮތުން، މެއިންޑްރޯގައި ގަދަ 32 ކުޅުންތެރިން ކުޅޭ ބުރުގައި ޒަޔާން ކުޅޭނީ ފަސް ވަނަ އަށް ސީޑްކޮށްފައިވާ އިންޑިއާގެ އާރްޔާ ބިވްޕަތަކީއާ އެވެ.

ފިރިހެން ސިންގަލްސް މެއިންޑްރޯގައި ރިވައިވަލްގެ ނިބާލް އަހުމަދު އާއި ޒަޔާން ޒަކީ ވެސް ކުޅޭނެ އެވެ. ޒަޔާން ޒަކީ ކުޅޭނީ ކޮލިފިކޭޝަނުން އައި އިންޑިއާގެ އަދިތުޔާ ގުޕްތާއާ އެވެ. ނިބާލް ބައްދަލުކުރާނީ ކޮލިފިކޭޝަނުން އައި އިންޑިއާގެ ކްރިޝް ދޭސާއީއާ އެވެ.

ފިރިހެން ޑަބަލްސްގައި ނިބާލް އާއި ޒަޔާން ޒަކީގެ ޕެއާ ބައްދަލުކުރާނީ، ޔޫގާންޑާގެ އަކްރަމް ކަމޯގާ އާއި އަބްދުލް ސްވަބްރޫގެ ޕެއާއާ އެވެ.

މިއަދުން ފެށިގެން މި މަހު 29 އަށް ޔޫގާންޑާގައި ކެމްޕާލާ އިންޓަނޭޝަނަލް ކުރިއަށްދާއިރު، އަންނަ މަހުގެ 3-6 އަށް ކުރިއަށްދާ ޔޫގާންޑާ އިންޓަނޭޝަނަލް ސީރީސްގައި ވެސް ރިވައިވަލް އިން ވާދަކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މި ދެ މުބާރާތުގައި ވެސް ޓީމަށް އިރުޝާދުދޭނީ ކޯޗު ނަޝްފާން މުހައްމަދު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox