"ދިވެހި އަންހެނުންނަށްވުރެ ހެޔޮލަފާ އަނބިންނެއް ދުނިޔެއަކުން ނުލިބޭނެ"

- އާޓްވޯކް - އިސްމާއީލް އިމްދާދު

- އާޓްވޯކް - އިސްމާއީލް އިމްދާދު

ހިޖުރައިން 703 ވަނަ އަހަރު މޮރޮކޯއަށް އުފަންވި އިބުނު ބަތޫތާ ވަނީ އޭނާގެ އުމުރުން އެންމެ ބާވީސް އަހަރުގައި އަމިއްލަ ވަޒަން ދޫކުރައްވައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރައްވަން ފަށްޓަވާފަ އެވެ. މެދުކެނޑުމެއްނެތި ތިރީސް އަހަރުވަންދެން ދަތުރުކުރެއްވި، އެ ދަތުރުގައި އޭނާ ދެކި ތަޖުރިބާ ކުރެއްވި ކަންކަން ލިޔުއްވަމުން ގެންދެވި އެވެ. މިއަދު އޭނާގެ ދަތުރުނާމާއަކީ އެތައް ގައުމެއްގެ ތާރީހާއި އާދަކާދަ ބުނެދޭ އަސާސީ މަސްދަރުކަމަށް ވެފައި ވެއެވެ. ނުވަތަ އަސާސީ މަސްދަރަށް ބާރުދޭ ހެކީގެ ދަރަޖައިގައި އެ ދަތުރުނާމާ ބަލައިގަނެވިފައި ވެއެވެ.

ދުނިޔޭގެ ބައްރުތަކުގައި އެނބުރެމުންސެނބުރެމުން ދިޔަ ދިއުމުގައި އިބްނުބަތޫތާ ވަނީ ރާއްޖެ ވަޑައިގެން ރާއްޖޭގައިވެސް މަޑުކުރައްވާފަ އެވެ. އޭނާ ރާއްޖެ ވަޑައިގެންނެވި ސީދާ ތާރީހާމެދު ތާރީހު ދިރާސާކުރައްވާ ލިޔުންތެރިންގެ މެދުގައި ހިލާފު އެބަހުއްޓެވެ. މުހައްމަދު އިބްރާހީމް ލުތުފީ ލިއުއްވާފައި ގޮތުގައި އޭނާ ރާއްޖެ ވަޑައިގަތީ ހިޖުރައިން 744 ގަ އެވެ. އިބުނުބަތޫތާގެ ލިޔުއްވުންތަކުގެ ތެރެއިން، ރާއްޖޭގެ ތާރީހާބެހޭ ގޮތުން އަޑުއެއްސެވި ކަމަށް ދައްކަވާފައިވާ ވާހަކަތަކަކީ ތާރީހީ ގޮތުން ބަރޯސާވާ ވާހަކަތަކެއް ނޫނެވެ. ތާރީހު ދިރާސާކުރައްވާ ބޭފުޅުން ހަމައެކަނި ބަރޯސާވަނީ އޭނާ ދުށްކަމަށް ލިޔުއްވި ވާހަކަތަކަށެވެ. އެ ވާހަކަތަކަށްވެސް މަތީ ދަރަޖައިގައި، އެންމެ ފުރިހަމަ އީމާނެއް ބެހެއްޓުން ހެޔޮވާނެބާއޭ ހީވެ އެވެ. ބައެއް ވާހަކަތައް ހުރި ގޮތުންނެވެ.

ރާއްޖޭގެ އަންހެނުންނާބެހޭ ގޮތުން އިބުނުބަތޫތާ ވަރަށް ތަފުސީލު ބަޔާންތައް ދެއްވާފައި ވެއެވެ. އޭނާ ލިޔުއްވާފައިވާ ގޮތުން އޭނާ މިރާއްޖެއިން 'ލައްކަ ބަޔަކާ ކައިވެނިކުރި' އެވެ. އަދަދު ކަށަވަރުނުވެ ލިޔުއްވާނީ ހަގީގަތުގައިވެސް ލައްކަ ކައިވެންޏެއް ކުރެވުނީމާތާ އެވެ.

އަންހެނުންނާ ބެހޭ ގޮތުން އޭނާގެ ފުރަތަމަ ބަޔާނަކީވެސް އެބައިމީހުންގެ އަންނައުނު އެޅުމާ ގުޅޭ ގޮތުން ދެއްވާފައިވާ ބަޔާނެވެ. އޭނާ ދުށްކަމަށް ލިޔުއްވާ ގޮތުގައި، ގިނަ އަންހެނުންގެ ހެދުމަކީ އަނދެފައިވާ ފޮތިގަނޑެކެވެ. އެ ފޮތިގަނޑުން ނިވާވާނީ އުނަގަނޑުން ތިރި އެވެ. މަތި އޮންނަނީ ހާމައަށެވެ. މި ފޭރާމުގައި ތިބެ މަގުމަތީގައި ހިނގައި، ބާޒާރަށްގޮސް އައިސް އުޅޭކަމަށް އޭނާ ލިޔުއްވަ އެވެ.

އިބުނުބަތޫތާއަކީ ރާއްޖޭގެ ފަނޑިޔާރުކަންވެސް ކުރެއްވި ބޭފުޅެކެވެ. ދީނުގެ އަމުރު ހިންގުމަކީ ފަނޑިޔާރުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނިފައި އޮންނަ ކަމެކެވެ. އިބުނު ބަތޫތާ ލިޔުއްވާ ގޮތުން، އޭނާ ފަނޑިޔާރުގެއިން އަމުރުކޮށްގެންވެސް އަންހެނުންގެ އުނަގަނޑުން މަތި ނިވާވާ ކަހަލަ ހެދުމެއް ލާކަށް އެކަނބަލުން އެއްބަހެއް ނުވި އެވެ. އެކަމުގައި ފަނޑިޔާރުގޭގެ އަމުރު ބޮލާލާޖެހީކަމަށް އިބުނުބަތޫތާ ވިދާޅު ވެއެވެ. ކިޔަމަންތެރި ބައެއްކަމަށް ސާބިތުވާ ދިވެހިންނަށް އެހައި ގަދަ އަމުރުކުޅަނަމަ އެކަން އެމަގުން ހިނގާނޭތޯ އެއީ މިހާރު ވާހަކަ ދައްކާލައި ބަހުސްކޮށްލަން ހަމަ ރަނގަޅު މައުލޫއެކެވެ.

އިބުނު ބަތޫތާ ލިޔުއްވާ ގޮތުގައި އޭނާއަށް ހަމައެކަނި ކުރެވުނު މިންވަރަކީ ފަނޑިޔާރުގެއަށް ވަންނަ އަންހެނުން އަންނައުނު ލުމަށް ލާޒިމުކުރުމެވެ. އެކަމަކު ޝަރީއަތް ނިމުމުން އެކަނބަލުން ނުކުމެގެން ދަނީ ލިބާސްތައް ބާލާފައިކަމަށް އިބުނު ބަތޫތާ ލިޔެ އެވެ.

އަންހެނުން ހެދުން އެޅުމުގައި ގެންގުޅުނު މިއާދަތަކުގެ މާ ތަފުސީލު ބަޔާނަކަށްފަހު ދެން އޭނާ ވިދާޅުވެފައި އޮތީ އަދި މާބޮޑު ވާހަކަ އެކެވެ. 'ދުނިޔޭގެ އެއްވެސް ތަނަކުން ދިވެހި އަންހެނުންނަށް ވުރެ ހެޔޮ، އެކުގައި އުޅެން ފަސޭހަ އަންހެނުންނެއް އަޅުގަނޑެއް ނުދެކެމެވެ.' މި ވާހަކަ މި ވިދާޅުވަނީ އަލްޖަޒާއިރު، ތޫނިސް، މިސްރު ފަލަސްތީނު، ސީރިޔާ، މައްކާ، އިރާގު، ބޮމްބާސާއަށާއި، އިރުމަތީ އެފްރިކާ، ކުލްވާ އާއި ހަމައަށް ވަޑައިގެން އެ ހުރިހާ ތަނަކުން އެތައް އަންހެނަކާ ކައިވެނިކުރި، އެރޮނގުން ތަޖުރިބާހުރި ބޭފުޅެކެވެ. އެހެންވީމާ މިވާހަކަ ދޮގުކުރާނީވެސް ކިހިނަކުން ހެއްޔެވެ.

ދިވެހި އަންހެނުން ފިރިޔަކަށް ކޮށްދޭންޖެހޭކަމަށް ދެކޭ އެއްވެސް ހިދުމަތެއް ނުކޮށްދީ ނުބާއްވަ އެވެ. ހެޔޮކަމުގެ ވާހަކައަކީ ބުނެ ކޮޅުންލާނޭ ވާހަކައެއް ނޫނެވެ. ފިރިންނަށް ކޮށްދޭންޖެގޭ އެއްވެސް ހިދުމަތެއް އެހެން މީހަކު ކުޅައުމަކީވެސް މި އަނބިން ގަބޫލު ކަމަކަށް ނުވެ އެވެ. ކައްކައި ކާންދިނުމާއި، ތަށިތެލި ދޮވެ، ވުޟޫކުރާންވީމައި ފެން ގެނެސްދިނުމާއި ނިދާންވީމާ ފައި ދޮއްވައި ދިނުމާއި، ނިދީމައި ފައިގައި ރަޖާ އަޅައި ދިނުމަކީވެސް އަނބިން ކޮށްދޭ ހިދުމަތްތަކުގެ ތެރެއިން ކުޑަ މިންވަރެކެވެ. ފިރިންނަށް ކުރާ އިހުތިރާމުގެ ސަބަބުން، ފިރިމީހާ ކައި އަވަދިވުމުގެ ކުރިން ކާއެތިކޮޅެއް އަނގަޔަށް ނުލާނެ އެވެ. އަމުދުން ފިރިންނާ އެއް ސުފުރާއެއްގައި ކެއުމަކަށް ނުއިށީންނާނެ އެވެ. އިބުނު ބަތޫތާގެ އަނބިންވެސް ކަންތައްތައް ކުޅައީ މިފަދައިން ކަމަށް ލިޔުއްވާފައި ވެއެވެ. ވަރަށް ބޮޑަށް ގަދައެޅުމުން އަނބިންގެ ތެރެއިން ބައެއް އަނބިން އޭނާއާ އެއް ސުފުރާގައި ކާން އިށީނދެ އުޅުނުކަމަށް އިބުނުބަތޫތާ ލިޔުއްވަ އެވެ.

އަނބިންގެ ފަރާތުން އެހައި ހެޔޮ ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނީ އެޒަމާނުގެ ފިރިންގެ އަމަލުތައް ކޮންފަދައަކުން ހުރެގެންތޯ އިބުނު ބަތޫތާ ލިޔުއްވާފައެއް ނެތެވެ. އެހެންވެ އެ ފޯމިއުލާ އެއޮތީ ތާރީހުގެ އަތުން އަބަދަށް ފޮރުވިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox