އެމްބާޕޭ މަޑުމަޑުން ރެއާލްގެ ފެނަށް ދިރެނީ

Sep 22, 2024, 12:46 PM
އެމްބާޕޭ މަޑުމަޑުން ރެއާލްގެ ފެނަށް ދިރެނީ

މެޑްރިޑް (ސެޕްޓެމްބަރު 22) - ރެއާލް މެޑްރިޑާ މި ސީޒަނުގައި ގުޅުނު ފްރާންސްގެ ތަރި، ކީލިއަން އެމްބާޕޭ، ސްޕެނިޝް ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ހަތަރު ވަނަ ލަަނޑު ޖެހިއިރު، ރެއާލްގެ ސިސްޓަމަށް އޭނާ މަޑުމަޑުން ހޭނެމުން އަންނަ ކަމަށް ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ޕީއެސްޖީ ދޫކޮށް ބޮޑު ކޮންޓްރެކްޓެއްގައި ރެއާލަށް ސޮއިކުރި އެމްބާޕޭ އެ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ޔުއެފާ ސުޕަ ކަޕްގައި ވަނީ އެޓަލަންޓާ ކޮޅަށް ލަނޑު ޖަހައިފަ އެވެ. އެކަމަކު، ސްޕެނިޝް ލީގުގައި ލަނޑެއް ޖަހަން މުއްދަތެއް ހޭދަކުރަން ޖެހި ފާޑުކިޔުން އަމާޒުވި އެވެ. އެކަމަކު، އޭނާ ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައި ހަތަރު ލަނޑު ޖަހައިފަ އެވެ. މިއީ، ރެއާލަށް ޖުމްލަ އެކު ކުޅުނު އަށް މެޗުން އޭނާ ޖެހި ހަ ވަނަ ލަނޑެވެ.

"އަހަރެން ވަރަށް ހިތްހަަމަޖެހޭ އެމްބާޕޭގެ މަސައްކަތާ މެދު، ވީހާވެސް ގިނައިިން ލަނޑު ޖެހި ވަރަކަށް އޭނާ ޓީމަށް ހޭނުން އަވަސްވާނެ، މިހާރު އެ ދަނީ މަޑުމަޑުން ވިޔަސް ބޭނުންވާ ރަނގަޅު މިސްރާބަށް،" އަންޗެލޮޓީ ބުންޏެވެ.

އެސްޕަންޔޯލް އަތުން ރޭ ރެއާލް އަމިއްލަ ދަނޑުގައި މޮޅުވީ، 4-1 އިންނެވެ. މި މެޗުގައި އެމްބާޕޭ ލަނޑު ޖެހީ އިތުރު ވަގުުތުގައި ޕެނަލްޓީ އަކުންނެވެ. އޭގެކުރިން، ޑެނީ ކާވަހާލް، ރޮޑްރީގޯ އަދި ވިނީޝިއުސް ޖޫނިއާ ލަނޑު ޖެހި އެވެ. އެސްޕަންޔޯލްގެ ލަނޑަކީ، ރެއާލްގެ ކީޕަރު، ތިބޯ ކޯޓުއާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox