މާފުކުރުމުގެ ސިޔާސަތު؛ ގާނދީ އަވަހާރަކޮށްލެވުމުގެ ސަބަބަށް!

މަހާތަމާ ގާންދީ އަދި އެމަނިކުފާނު އަވަހާރަކޮށްލި ނަތުރާމް

މަހާތަމާ ގާންދީ އަދި އެމަނިކުފާނު އަވަހާރަކޮށްލި ނަތުރާމް

މޮހަންދާސް ކަރަމްޗަންދް ގާންދީ ނުވަތަ މަޝްހޫރު ނަމުން ނަމަ މަހާތުމާ ގާނދީ އަވަހާރަކޮށްލީ 30 ޖަނަވަރީ 1948 ގަ އެވެ. އޭރު އޭނާގެ އުމުރުފުޅަކީ 78 އަހަރެވެ. އިންޑިއާގެ މިނިވަންކަމުގެ ބަތަލު ކަމުގައި ގިނަ ބަޔަކު ދެކޭ ގާނދީގެ ބައެއް ސިޔާސަތުތަކާމެދު އިންޑިއާގެ ހަރުކަށި ހިންދޫ ގުރޫޕުތަކުން ނަފުރަތުކުރެެ އެވެ. ގާނދީ އަވަހާރަކޮށްލީވެސް ހަރުކަށި ހިންދޫ ޖަމާއަތެއްކަމަށްވާ ރާޝްޓްރިޔާ ސްވަޔަމްސެވަކް ސަންގް (އާރް.އެސް.އެސް) ގެ މެންބަރެކެވެ. އެއީ ޕޫނޭގެ ނަތުރާމް ގޯސޭ އެވެ.

ގާނދީ އަވަހާރަކޮށްލުމަށް ނަތުރާމް މަސައްކަތްކުރީ އެންމެ ފަހަރަކު ދެފަހަރަކުއެއް ނޫނެވެ. އެކަމުގައި އޭނާ ކާމިޔާބު ހޯދީ އެތައް ފަހަރެއްގެ މަތިން ކުރި މަސައްކަތުންނެވެ. ގާނދީއާ މެދު ހިތުގައި އޮތް ނަފުރަތުގެ ސަބަބުން އޭނާ އަވަހާރަކޮށްލުމަކީ ނަތުރާމްގެ ދިރިއުޅުމުގެ މަގުސަދު ކަމުގައި ދެކިގެން މަސައްކަތްކުރާތާ އެތައް އަހަރެކެވެ. މި މަސައްކަތްތައް ކޮށްފައިވަނީވެސް ފާޅުގަ އެވެ.

ގާނދީ އަވަހާރަކޮށްލުމަށް ޖުމުލަ ފަސް ފަހަރެއްގެ މަތިން މަސައްކަތްކޮށްފައިވާއިރު، އޭގެ ތެރެއިން 4 ހަމަލާ ރާވައި ތަންފީޒުކުރީ ނަތުރާމް އެވެ.

ނަތުރާމް، ގާނދީއަށް ފުރަތަމަ ފަހަރަށް ހަމަލާ ދީފައިވަނީ މެއި 1944 ގަ އެވެ. އިންޑިއާގެ ޕަންޗްގަނީގެ ވާދީއެއްގައި ހިންދޫ އަޅުކަމެއްގެ ޖަމާއަތެއް ކުރިއަށް ދަނިކޮށް އެތަނުގައި ގާނދީއަށް ވަޅިއަކުން ހަމަލާ ދިނުމަށް ނަތުރާމް މަސައްކަތްކުރި އެވެ. މިކަމުގައި ހިންދުތްވަ ވިސްނުމުގެ ފަނަރަ ނުވަތަ ވިހި ޒުވާނުން ނަތުރާމްއަށް ވާގި ދީފައި ވެއެވެ. އަޅުކަމުގައި މަސްއޫލުވެގެން އުޅުނު ޖަމާއަތުން ވަނީ ކާމިޔާބުކަމާއެކު މިހަމަލާ ހުއްޓުވާފަ އެވެ. އެކަމުގައި ޝާމިލުވެ އެންމެން ގާނދީގެ ސަޕޯޓަރުންގެ ބާރުގެ ދަށަށް ގެނެސް ފުލުހުންނާ ހަވާލުކުރި އެވެ. އެހެންނަމަވެސް ގާނދީގެ އެދިވަޑައިގަތުމާއި، ދައުވާކުރުމަށް އިއުތިރާޒުކުރުމުގެ ސަބަބުން ފަހުން އެމީހުން މިނިވަންވީ އެވެ. މާފުކުރުމަކީ ގާނދީ ކުރިއެރުވި އެންމެ އަސާސީ ވިސްނުމެވެ. އެހެންކަމުން އެ ވިސްނުން ކުރިއަށް ނެރުއްވައި މިސާލު ދެއްކެވުމުގެ ގޮތުން ނަތުރާމްއާއި އޭނާގެ ބައިވެރިންނަށްވެސް މާފުކުރެއްވީ އެވެ.

ގާނދީ އަވަހާރަކޮށްލުމަށް ނަތުރާމް ދެވަނަ ފަހަރަށް މަސައްކަތްކުރީ ސެޕްޓެމްބަރު 1944 ގަ އެވެ. ގާނދީ އިންޑިއާގެ ސެވްގްރަމްއިން މުމްބާއިއަށް ކުރެއްވި ދަތުރާ ދިމާކޮށް، ހިންދުތްވަ ވިސްނުމަށް ތާއީދުކުރާ ޒުވާނުންތަކަކާއެކު ގާނދީ އަވަހާރަކޮށްލުމަށް ނަތުރާމް މަސައްކަތްކުރެއްވި އެވެ. އެފަހަރު ގާނދީ ސަލާމަތްވެވަޑައިގަތީ އެ ދަތުރުފުޅުގެ ސަލާމަތީ ކަންކަން ވަރުގަދަ ވުމުގެ ސަބަބުންނެވެ. ނަތުރާމްގެ ގުރޫޕުން ގާނދީގެ ދަތުރުފުޅަށް ހުރަސް އެޅުމާއެކު ފުލުހުން ވަނީ ނަތުރާމް ހައްޔަރުކޮށްފަ އެވެ. އޭނާ ބަލާފާސްކުރިއިރު އޭނާގެ އަތުން ހަންޖަރެއް ފެނިފައި ވެއެވެ. އެކަމާ ގުޅިގެން ސުވާލުކުރުމުން އޭނާވަނީ އެއީ ގާނދީ އަވަހާރަކޮށްލުމަށް ބޭނުންކުރަން ގަސްތުކުރާ ހަތިޔާރުކަމަށްވެސް އިއުތިރާފު ވެފަ އެވެ.

އެފަހަރުވެސް ގާނދީ ހިޔާރުކުރީ އޭނާއަށް މާފުކުރުމަށެވެ. ގާނދީ ވަކާލާތުކުރެއްވި ފަލްސަފާގައި، ދުޝްމަނުންނަށް މާފުކުރާނަމަ، އޭނާގެ ހިތުގައި ތިބާއާމެދު ރަހުމު އުފެދޭނެ އެވެ. ތިބާގެ މާތްކަން ފެނި އޭނާ ކޮންމެވެސް ދުވަހަކުން ލަދުގަންނާނެ އެވެ. އެހެންނަމަވެސް މިފަލްސަފާ އިސްކޮށް، ނަތުރާމްއަށް މާފު ކުރި ކޮންމެ ފަހަރަކު އޭނާގެ އަޒުމުވީ ވަރުދަގަ އެވެ.

ނަވާރަސަތޭކަ ސާޅީސް ހަތަރު ވަނަ އަހަރު ދޭން ފެށި ހަމަލާތަކުގެ ހަތަރު އަހަރު ފަހުން، 1948 ވަނަ އަހަރު އަނެއްކާވެސް ނަތުރާމްގެ މަސައްކަތް ފެށި އެވެ. ޖެނުއަރީ 20، 1948 ގައި، ގާނދީގެ ބައްދަލުވުންތައް ބޭއްވުމަށް ބޭނުންކުރަމުން ދިޔަ ބިރްލާހައުސްގެ ބޭރުގައި ގާނދީ ތަގުރީރުކުރައްވަން ހުންނަވަނިކޮށް ނަތުރާމްއާ އޭނާގެ ބައިވެރިން އެ ޖަމާއަތާ ތަންކޮޅެއް ދުރަށް އަތުބޮމެއް އެއްލިއެވެ. އެމީހުންގެ ބޭނުމަކީ ހަލަބޮލިކަމެއް އުފައްދައި އެއްވެ ތިބި މީހުން އެތަނުން ދުރަށް ޖެއްސުވުމާއި އެ ހަލަބޮލިކަމުގެ ތެރޭގައި ގާނދީއަށް ހަމަލާ ދިނުމެވެ. ރާވާފައި އޮތީ އެއްވެ ތިބި މީހުން ދުރަށް ޖެހުމުން ދެވަނަ ބޮން ގާނދީ ހުރި ސްޓޭޖަށް އެއްލުމަށެވެ. އެކަމާ ހަވާލުވެހުރީ ޑިގަމްބަރު ބަޖް ކިޔާ މީހެކެވެ. އެހެންނަމަވެސް ގާނދީ އަވަހާރަކޮށްލުމަށް ހަމަލާ ދޭކަށް އޭނާއަކަށް ނުކެރުނެވެ. ދެވަނަ ބޮން އެއްލުމުގެ ބަދަލުގައި އެއްވެ ތިބި މީހުންގެ ތެރެއަށް ވަދެ އެމީހުންނާއެކު އޭނާވެސް އެތަން ދޫކޮށް ފިލީ އެވެ.

ގާނދީ އަވަހާރަކޮށްލެވުނު ހަމަލާ ދިނީ ޖެނުއަރީ 30، 1948 ގަ އެވެ. އެ ދުވަހު ބިރްލާ ހައުސްއިން ގާނދީ މިސްރާބު ޖަހާފައި ހުރީ ގާނދީއަށް ތަބާވާ މީހުން އިންތިޒާމުކޮށްފައިވާ ދީނީ އަޅުކަމެއްގައި ބައިވެރިވުމަށެވެ. ބިރްލާ ހައުސްއިން ނުކުތްއިރު، އާދައިގެ މަތިން ގާނދީއަށް ތާއީދުކުރާ މީހުން އެ ގަނޑުވަރު ވަށާލައިގެން ތިއްބެވެ. ގާނދީއާ ސަލާންގަލާންކޮށް އޭނާގެ 'އާޝިރުވާދު' ނުވަތަ ހިތްހަލާލާއި ހެޔޮދުއާއަށް އެދި އޭނާގެ ފައިތިލައިގައި އަތްލަމުން ދަނީ އެވެ. ގާނދީއާ އެންމެ ކައިރީގައި ތިބީ އޭނާގެ ތިމާގެ އަންހެން ކުދިންނެވެ. އެކުދިންގެ އެހީތެރިކަމާއެކު ގާނދީ ހިނގާފައި ދަނިކޮށް ގާނދީގެ ފައިތިލައިގައި އަތްލުމަށް އައީ ނަތުރާމް އެވެ. ގާނދީގެ ކުރިމައްޗަށް ގުދުވެފައި ތެދުވަމުން، އޭނާގެ އަތުން ޖީބުގައި އޮތް ފިސްތޯލަ ނަގައި ގާނދީގެ މެއަށް ހަތަރު ވަޒަން ފޮނުވާލި އެވެ. އެ ހަމަލާތަކާއެކު ގާނދީ ބިންމައްޗަށް ވެއްޓުނެވެ. ވަށައިގެން ތިބި މީހުންގެ އަވަސް ހަރަކާތާއެކު ނަތުރާމް ހައްޔަރުކޮށް ފުލުހުންނާ ހަވާލުކުރެވުނެވެ. އަދި ގާނދީ ނަގައިގެން ބިރްލާ ހައުސްއަށް ވެއްދުނެވެ. ގާނދީ އަވަހާރަވެއްޖެކަމަށް އިއުލާނުކުރެވުނީ އޭގެ ކުޑައިރުކޮޅެއް ފަހުންނެވެ.

ނަތުރާމްގެ މައްޗަށް ދައުވާ އުފުލި ޝަރީއަތް ހިންގަންފެށީ 1948 ގެ މޭ މަހު، ދިއްލީގެ ރެޑް ފޯޓުގަ އެވެ. އޭނާގެ މައްޗަށް ކުރެވުނު ދައުވާތަކަށް އޭނާ އިންކާރެެއް ނުކުރެ އެވެ. އޭގެ ބަދަލުގައި ގާނދީ އަވަހާރަކޮށްލީ އޭނާކަމަށް އިއުތިރާފުވީވެސް ފަހުރުވެރިކަމާއެކުގަ އެވެ.

ނަތުރާމް ބުނާގޮތުން އޭނާގެ ހިތުގައި ގާނދީއާމެދު އެއްވެސް ނަފުރަތުކަމެއް ނެތެވެ. ގާނދީ އަވަހާރަކޮށްލުމަކީ އޭނާ ގައުމަށްޓަކައި އަދާކުރި އަހުލާގީ ވާޖިބެކެވެ. އޭނާ ގަބޫލުކުރާ ގޮތުގައި، އިންޑިއާގެ ޕާޓިޝަނަށްފަހު، ހިންދޫ އަދި ސިކުންނާ ދެކޮޅަށް ހިންގި ގަތުލުއާންމު ހުއްޓުވަން ގާނދީއާއި އިންޑިއާ ސަރުކާރުން އެކަށީގެންވާ މަސައްކަތްކޮށްފައެއް ނުވެއެވެ. ގައުމު ބައިބައިވުމަށް މަގުފަހިކުރުވި އެ ޖަރީމާތަކާ ދެކޮޅަށް ގާނދީ އަޑުއުފުލާފައި ނުވުމަކީ ގާނދީ ގައުމަށްވީ ހިޔާނާތެއްކަމަށް ނަތުރާމް ތުހުމަތުކުރެ އެވެ.

ކަޝްމީރު ހަނގުރާމައިގެ ސަބަބުން، ޕާކިސްތާނުގެ މުސްލިމުންނަށް ބަދަލުދިނުމަށް އިންޑިއާ ސަރުކާރުން ނިންމި ނިންމުން ތަންފީޒުކުރުވީވެސް ގާނދީގެ ބާރުންނެވެ. އިންޑިއާ ސަރުކާރުން ފަހުން އެ ނިންމުން ބަދަލުކުރުމުން، ގާނދީވަނީ އެ ނިންމުން ތަންފީޒުކުރުމަށް ގޮވާލައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްކޮށްފަ އެވެ. މި ހަޅުތާލު ހުއްޓާލާނީ މުސްލިމުންނަށް ދޭންޖެހޭ ފައިސާ ދިނުމުންކަމަށް ގާނދީ ޝަރުތުކުރުމާއި، ގާނދީގެ ސަޕޯޓަރުންގެ ތެރެއިން އެތައް ބަޔަކު ގާނދީއާ ގުޅެމުން ދިއުމުގެ ސަބަބުން ސަރުކާރަށް މަޖުބޫރުވީ ގާނދީގެ ހުށަހެޅުމަށް އިޖާބަދޭށެވެ. ނަތުރާމް ދެކޭ ގޮތުގައި މިއީވެސް ގާނދީ ހިންދޫންގެ ހައްގުތަކަށްވީ ބޮޑު ހިޔާނާތެކެވެ. ނަތުރާމްގެ ޝަރީއަތުގައި އޭނާ ބުނެފައިވާ ގޮތުގައި، އިންޑިއާއަށް ހަގީގީ ގޮތުގައި ގައުމާމެދު ވިސްނައި ސިޔާސީ ގޮތުން ކުރިއަށް ދެވޭނީ ގާނދީ ސިޔާސީ މައިދާނުން ނައްތާލުމުންނެވެ. ގާނދީ ދިރިހުރިހާ ހިނދަކު އޭނާގެ ނުފޫޒާއި ބާރުވެރިކަން ނިމުމަކަށް ނާންނާނޭކަމަށް ނަތުރާމް ދުށްޓެވެ.

ނަތުރާމްގެ އިއުތިރާފުންނާއި ހެކިންގެ ހެކިބަހުން އޭނާގެ މައްޗަށް ކުށް ސާބިތުވުމުން އޭނާ މަރާލުމަށް ހުކުމް ކުރެވުނީ ނޮވެމްބަރު 8، 1949 ގަ އެވެ. މި ހުކުމާ ގުޅިގެން ގާންދީގެ ދެ ދަރިން ކަމަށްވާ މަނިލާލް ގާންދީ އާއި ރާމްދާސް ގާންދީ މި ހުކުމް ލުއިކޮށްދިނުމަށް އިންޑިއާގެ ސަރުކާރުގައި އެދުނެވެ. އެހެންނަމަވެސް އިންޑިއާގެ ބޮޑުވަޒީރު ޖަވާހަރުލާލް ނެހްރޫއާއި، ނައިބު ބޮޑުވަޒީރު ވައްލަބްބާއީ ޕަޓޭލް އަދި ގަވަރނަރ ޖެނެރަލް ޗަކްރަވަރތީ ރާޖަގޯޕާލަޗާރީ މިކަމަށް އިންކާރުކުރި އެވެ. ގާނދީ އަވަހާރަކޮށްލިކަން ސާބިތުވާތީ ނަތުރާމް ގޯސޭ މަރާލެވުނީ 15 ނޮވެމްބަރ 1949 ގައި އަމްބާލާ ޖަލުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox