ރެއާލް، ބަޔާން އަދި ލިވަޕޫލް އާ ފޯމެޓްގައި ވެސް ޗެމްޕިއަންސް ލީގު ފެށީ މޮޅަކުން

Sep 18, 2024, 4:07 AM
ރެއާލް، ބަޔާން އަދި ލިވަޕޫލް އާ ފޯމެޓްގައި ވެސް ޗެމްޕިއަންސް ލީގު ފެށީ މޮޅަކުން

މިލާން (ސެޕްޓެމްބަރު 18) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ރެއާލް މެޑްރިޑާއި ބަޔާން މިއުނިކް އަދި ލިވަޕޫލް ކުޅުނު މެޗުތަކުން މޮޅުވެއްޖެ އެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގު ކުޅެނީ މުޅިން އާ ފޯމެޓަކަށް ޓީމުތަކަށް ގިނަ މެޗު ކުޅެން ޖެހޭ ގޮތަށެވެ. އެ ގޮތުން، ރެއާލް މެޑްރިޑުން އަމިއްލަ ދަނޑުގައި 3-1 އިން ސްޓުޓްގާޓް ބަލިކުރިއިރު، ލިވަޕޫލުން ވަނީ ރަށުންބޭރުގައި ފަހަތުން އަރައި 3-1 އިން އޭސީ މިލާންގެ މައްޗަށް ކުރިހޯދައިފަ އެވެ. ބަޔާން މިއުނިކުން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި، ކްރޮއޭޝިއާގެ ޑިނަމޯ ޒަގްރެބް އަތުން މޮޅުވީ 9-2 އިންނެވެ.

އޭސީ މިލާނުން ތިން ވަނަ މިނިޓްގައި ކްރިސްޓިއަން ޕުލިސިޗް ޖެހި ގޯލުން ލީޑުނެގި އެވެ. އެކަމަކު، ލިވަޕޫލުން ފުރަތަމަ ހާފުގައި ނަތީޖާ އަނބުރާލީ އިބްރާހިމާ ކޮނާޓޭ އާއި ވާޖިލް ވެން ޑައިކް ޖެހި ގޯލުތަކުންނެވެ. ލިވަޕޫލްގެ ކޯޗު އާނާ ސްލޮޓްގެ 46 ވަނަ އުފަން ދުވަހު، އެ ޓީމުން ޗެމްޕިއަންސް ލީގުގެ ސީޒަން މޮޅަކުން ފަށަން ތިން ވަނަ ގޯލު ޖަހައިދިނީ ދެ ވަނަ ހާފުގައި ޑޮމިނިކް ސޮބޯސްލާއި އެވެ.

ޑިނަމޯ ޒަގްރެބް ކޮޅަށް ބަޔާންގެ ހެރީ ކޭން ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. އޭގެ ތެރޭގައި ތިން ޕެނަލްޓީ ހިމެނެ އެވެ. ކޭން މި ލަނޑުތަކާ އެކު ވެފައިވަނީ، ޔޫރަޕްގެ މުބާރާތްތަކުގައި އިންގްލެންޑްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށެވެ. މީގެ ކުރިން، 30 ގޯލު ޖަހައިގެން ވޭން ރޫނީ ހަދާފައި އޮތް ރެކޯޑް، ކޭން، މުގުރާލީ 33 ގޯލު ހަމަކޮށްގެންނެވެ.

ބަޔާންގެ އަނެއް ލަނޑުތައް ޖެހީ، މައިކަލް އޮލީސޭ ދެ ގޯލާއި ރަފައެލް ގަރޭރޯ ގޯލަކާއި ލެރޯއި ސާނޭ އަދި ލެއޯން ގޮރެޓްޒްކާ އެވެ. ޑިނަމޯ ޒަގްރެބަށް ލަނޑުތައް ޖަހައިދިނީ، ބްރޫނޯ ޕެޓްކޮވިޗް އާއި ޓަކޫޔާ އޮގިވާރާ އެވެ. މިއީ، ޗެމްޕިއަންސް ލީގުގެ ތާރީހުގައި ދެ ވަނަ އަށް އެންމެ ގިނަ ގޯލު ފެނިގެންދިޔަ މެޗެވެ. އެންމެ ގިނަ ގޯލު ފެނުނީ، 2016 ވަނަ އަހަރު ޑޯޓްމަންޑުން 8-4 އިން ލެހިއާ ވޯސޯ ބަލިކުރި މެޗުގަ އެވެ. ބަޔާން މެޗެކޭ އެއް ގޮތަށް، 11 ގޯލު ފެނުނު ޗެމްޕިއަންސް ލީގުގެ އަނެއް މެޗަކީ، 2003 ވަނަ އަހަރު ޑިޕޯޓިވޯ ލަކަރޫނިއާ އަތުން މޮނާކޯ 8-3 އިން މޮޅުވި މެޗެެވެ.

ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން އަދި އެންމެ ކާމިޔާބު ޓީމު ރެއާލުން ރޭގެ މެޗުގައި، ކީލިއަން އެމްބާޕޭގެ ލަނޑުން ލީޑުނަގާފަައިވަނިކޮށް، ޑެނިސް އުންޑާވް ވަނީ ސްޓުޓްގާޓަށް އެއްވަރުކޮށްދީފަ އެވެ. ރެއާލް މޮޅުވީ ފަހު ވަގުުތު އެންޓޯނިއޯ ރޫޑިގާ އާއި އެންޑްރިކް ޖެހި ގޯލުތަކުންނެވެ.

ރޭ ޗެމްޕިއަންސް ލީގުގައި ޔުވެންޓްސް އިން ވަނީ 3-1 އިން ޕީއެސްވީ އައިންދޯވަން ބަލިކޮށްފަ އެވެ. އެސްޓަން ވިލާ ކުޅުނު މެޗުން، ސްވިޒަލެންޑްގެ ޔަންގް ބޯއީސް އަތުން ވަނީ 3-0 އިން މޮޅުވެފަ އެވެ.

ޔުއެފާ އިން ކުރިން 32 ޓީމެއް އަށް ގްރޫޕަށް ބަހައިގެން ކުޅޭ ގްރޫޕް ސްޓޭޖަށް ވަނީ ނިމުމެއް އަތުވެފަ އެވެ. މިހާރު ޔުއެފާ އިން ނިންމާފައިވަނީ، 36 ޓީމެއް ރޭންކް ކުރެވޭ ގޮތަށް ލީގު ސިސްޓަމެއް ކުރިއަށް ގެންދާށެވެ.

ޗެމްޕިއަންސް ލީގުގެ 36 ޓީމުން ކުރެ، ކޮންމެ ޓީމެއް އަށް މެޗު ކުޅޭއިރު، ހަތަރު މެޗެއް ކުޅޭނީ އަމިއްލަ ދަނޑުގަ އެވެ. އަނެއް ހަތަރު މެޗު ރަށުން ބޭރުގަ އެވެ. ކުރިން ތިން ޓީމަކާ، ދެ ފަހަރު (ހޯމް އެންޑް އަވޭ ސިސްޓަމަށް) ކުޅޭ ގޮތަށް އޮންނަ ގްރޫޕް ސްޓޭޖު ބަދަލުވާނީ، ތަފާތު އަށް ޓީމަކާ ކުޅެން ޖެހޭ ލީގު ސިސްޓަމަކަށެވެ.

މިއީ، ހަތަރު ޕޮޓަށް ބަހައިގެން، އެކި ރޭންކްތަކުގެ ޓީމުތަކަށް، އެކި ލެވަލްގެ އަށް ޓީމަކާ ގިނަ މެޗުތައް ކުޅެވޭ ގޮތަށް އޮތް ފޯމެޓެކެވެ. ޗެމްޕިއަންކަން ހޯދާނެ ޓީމެއް، މިހާރު އޮތް ފޯމެޓުން ގިނަ ޓީމުތަކާ ބައްދަލުކުރަން ޖެހޭނީ، ހޯމް އެޑްވާންޓޭޖާއި ހުރިހާ ކަމެއް ތަފާތު އުސޫލަކުން ދާނެ ގޮތަކަށެވެ.

ލީގު ބުރުން ނިމޭއިރު، 36 ޓީމުގެ ރޭންކިންގެ ތެރެއިން ގަދަ އަށް ޓީމަށް ގަދަ 16 އިން ސީދާ ޖާގައެއް ލިބޭނެ އެވެ. އެ އަށް ފަހު، ނުވަ ވަނައިން ފެށިގެން 24 ވަނަ އާ ދެމެދުގައި ހިމެނޭ ޓީމުތައް ކުޅޭނީ، ނޮކައުޓް ޕްލޭއޮފް ބުރެކެވެ. އެއީ ހޯމް އެންޑް އަވޭ ސިސްޓަަމަށެވެ. އޭގެ ތެރެއިން މޮޅުވާ އަށް ޓީމަކަށް ގަދަ 16 ބުރުގެ އަނެއް އަށް ޖާގަ ލިބޭނެ އެވެ.

ޕްލޭއޮފް ރޭވުމުގައި، ނުވަ ވަނައިން ފެށިގެން 16 ވަނައާ ހަމައަށް އެއް ޕޮޓަށް ލާނެ އެވެ. އަދި 17 އިން 24 އަށް ރޭންކިންގައި އުޅޭ ޓީމުތައް އަނެއް ޕޮޓަށް ލުމަށް ފަހު ގުރުއަތުލުމެއް ކުރިއަށްދާނެ އެވެ. ގަދަ 16 އިން ފެށިގެން، ދެން މުބާރާތް ކުރިއަށްދާނީ ކުރިން ވެސް ކުރިއަށްދާ ނޮކައުޓް ސިސްޓަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox