އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރުމުގެ މަސައްކަތް ފަށައި، ޗެއާމަނަކަށް ޝިމާދު

އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ޝިމާދު އިބްރާހިމް: އަންނަ ޖެނުއަރީން ފެށިގެން ފެނަކަ ހިންގާނީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ގޮތަށް -- ފޮޓޯ: އަދަދު

އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ޝިމާދު އިބްރާހިމް: އަންނަ ޖެނުއަރީން ފެށިގެން ފެނަކަ ހިންގާނީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ގޮތަށް -- ފޮޓޯ: އަދަދު

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ދަށަށް ފެނަކަ ކޯޕަރޭޝަން ބަދަލު ކުރުމުގެ މަސައްކަތް ފަށައި، ފެނަކައިގެ ޗެއާމަނަކަށް، އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ޝިމާދު އިބްރާހިމް މިއަދު އައްޔަނުކޮށްފި އެވެ.

އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން އެސްޓީއޯގެ ދަށަށް ފެނަކަ ގެނައުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމަށް ފެނަކަ އާއި ފިނޭންސް މިނިސްޓްރީ އަދި އެސްޓީއޯ ގުޅިގެން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އެ ޕްލޭންގައި ހިމެނެނީ އެސްޓީއޯ، ފިނޭންސް މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީ ތަމްސީލްކުރައްވާ ފަރާތްތައް ފެނަކައިގެ އިންޓަރިމް ބޯޑުގައި ހިމެނުމަށެވެ.

އެގޮތުން ފެނަކައިގެ ނޮން އެގްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގައި އަހުމަދު މާޒިން އަދި މުހައްމަދު ނިޒާމް ވަނީ އައްޔަނުކޮށްފަ އެވެ.

އެ ޕްލޭންގެ ދަށުން މިނިވަން އޮޑިޓް ފާމެއް މެދުވެރިކޮށް ފެނަކައިގެ ހާލަތު ދެނެގަތުމަށް އެ ކުންފުނީގައި މާލީ އަދި ގާނޫނީ ގޮތުން ފުރިހަމަވާން ޖެހޭ ކަންކަން ހެދުމަށާއި, ކުންފުނީގެ މިލްކިއްޔާތުގެ ދަށުގައި ހުރި މުދަލުގެ އަގު ހޯދާނެ އެވެ.

ފެނަކައިގެ މާލީ ހާލަތު ދެނެގަތުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށާއި ކުންފުނި ކުޑަކޮށް އެ ކުންފުނި ހިންގުން ހަރުދަނާ ކުރުމަށް ފިނޭންސްއާއެކު ކުރަން ޖެހޭ މަސައްކަތް ކުރުމަށް އެސްޓީއޯގެ ބޯޑުުން ވަނީ އިރުޝާދު ދީފަ އެވެ.

އޭގެއިތުރުން ފެނަކައިގެ ދަރަނީގެ ބޮޑު ބަޔަކީ އެސްޓީއޯ ގްރޫޕަށް ދައްކަންޖެހޭ ފައިސާ ކަމަށްވާއިރު އެސްޓީއޯއިން ވަނީ އެ ފައިސާ އެ ކުންފުންޏަށް ލިބޭނެ ގޮތުގެ ޕްލޭނެއް ހެދި އެއާ އެއްގޮތަށް ފައިސާ ހޯދުމަށް މަސައްކަތްކޮށް، ފެނަކައަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox