ނަޑާލް، އެހެން ކުޅުންތެރިންނަށް ފުރުސަތުދޭން ލޭވާ ކަޕުން ވަކިވެއްޖެ

Sep 13, 2024, 4:02 AM
ނަޑާލް، އެހެން ކުޅުންތެރިންނަށް ފުރުސަތުދޭން ލޭވާ ކަޕުން ވަކިވެއްޖެ

ލަންޑަން (ސެޕްޓެމްބަރު 13) - މަޝްހޫރު ޓީމު އިވެންޓް، ޓެނިސް މުބާރާތް، ލޭވާ ކަޕުގައި ވާދަކުރާ ޓީމު ޔޫރަޕުން އެހެން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން ސްޕެއިނުގެ މަޝްހޫރު ތަރި، ރަފައެލް ނަޑާލް ޓީމާ ދުރަށް ޖެހިލައިފި އެވެ.

ނަޑާލް، 38، އެންމެ ފަހުން ރަސްމީ ޓެނިސް މެޗެއްގައި ކުޅެފައިވަނީ، މި ފަހަރުގެ އޮލިމްޕިކްސްގެ ޑަބަލްސް އިވެންޓްގެ ކުއާޓާ ފައިނަލުގައި، އަރަމުން އަންނަ ޓެނިސް ތަރި، ކާލޯސް އަލްކަރާޒާ އެއް ޕެއާ އަކަށެވެ.

ޓެނިހުގެ ބޮޑެތި މުބާރާތްތަށް، ގްރޭންޑް ސްލޭމްގެ 22 މުބާރާތުގެ ތަށި ހޯދާފައިވާ ނަޑާލް، މީގެ ކުރިން ވަނީ 2024 އަކީ އޭނާގެ ޕްރޮފެޝަނަލް ކެރިއަރުގެ ފަހު އަހަރު ކަމަށް ބުނެފަ އެވެ. އެކަމަކު، ވަކި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.

ޖަރުމަނުގެ ބާލީގައި އަންނަ ހަފްތާގައި ފަށާ ލޭވާ ކަޕްގެ ޓީމު ޔޫރަޕްގައި ނުހިމެނޭނެކަން ނަޑާލް އިއުލާނުކުރިއިރު، އަނިޔާގެ ވާހަކައެއް ހިއްސާކޮށްފައެއް ނުވެ އެވެ.

"މި ޓީމު މުބާރާތެއް، އަހަރެން ބޭނުންވަނީ ޓީމު ޔޫރަަޕަށް އެންމެ ރަނގަޅު ގޮތްތައް. އެހެންކަމަަށްވުމާ އެކު، އަހަރެން ދެކެނީ، މި ވަގުތު އަހަންނަށް ވުރެ ރަނގަޅު ކުޅުންތެރިންނަށް ޓީމުން ފުރުސަތު ދޭން، އެހެންވެ، އަހަރެން މި ފަހަރު ޓީމުގައި ނުހިމެނޭނެ،" ނަޑާލް ބުންޏެވެ.

ބާލިންގައި މި މަހު 20 ވަނަ ދުވަހު ފަށާ ލޭވާ ކަޕްގައި، ކުޅޭނީ ޓީމު ޔޫރަޕް އާއި ޓީމު ވޯލްޑް އެވެ.

ލޭވާ ކަޕްގައި ތިން ފަހަރެއްގެ މަތިން ކުޅެފައިވާ ނަޑާލް އަށް މި ފަހަރުގެ ޓެނިސް ގްރޭންޑް ސްލޭމް މުބާރާތްތަކުގެ ތެރެއިން ކުޅެވުނީ، ފްރެންްޗް އޯޕަންގައި އެކަންޏެވެ. އެކަމަކު، އެ މުބާރާތުގެ، ފުރަތަމަ ބުރުގައި އަލެކްސަންޑަ ޒްވެރެވް އަތުން ބަލިވީ އެވެ. އަދި އަނިޔާއާ ހެދި ވިމްބަލްޑަންގައި ނުކުޅެ އޮލިމްޕިކްސް އަށް ފިޓްވެގެން އައި ނަމަވެސް، ސިންގަލްސްގެ ދެ ވަނަ ބުރުގައި ނޮވަކް ޖޮކޮވިޗް އަތުން ބަލިވެ ކެޓީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox