ޑޭވިސް ކަޕުން ސްޕެއިން ކަޓައި ޓެނިސް ލެޖެންޑް ނަޑާލްގެ ކެރިއަރު ނިމުމަކަށް

Nov 20, 2024, 3:08 AM
ޑޭވިސް ކަޕުން ސްޕެއިން ކަޓައި ޓެނިސް ލެޖެންޑް ނަޑާލްގެ ކެރިއަރު ނިމުމަކަށް

މަލާގާ، ސްޕެއިން (ނޮވެމްބަރު 20) - ޑޭވިސް ކަޕްގެ ކުއާޓާ ފައިނަލުގައި ނެދަލެންޑްސް އަތުން ކަޓައި، ސްޕެއިނުގެ ލެޖެންޑަރީ ޓެނިސް ތަރި، ރަފައެލް ނަޑާލްގެ ޕްރޮފެޝަނަލް ޓެނިސް ކެރިއަރަށް 23 އަހަރަށް ފަހު ނިމުން އަތުވެއްޖެ އެވެ.

ނަޑާލް، 38 ވަނީ މި މުބާާރާތް ފެށުމުގެ ކުރިން ވެސް، މިއީ، އޭނާގެ ކެރިއަރުގެ ފަހު މުބާރާތް ކަމަށް އިއުލާނުކޮށްފަ އެވެ. ނަޑާލްގެ ފަހު މެޗަކީ، ކުއާޓާ ފައިނަލުގެ ބެސްޓް އޮފް ތުރީސްގައި ރޭ ނެދަލެންޑްސްގެ ބޮޓިކް ވެން ޑި ޒަންޑުލްޝްޕްއާ ކުޅެ، 6-4، 6-4 އިން ބަލިވި މެޗެވެ.

ޓެނިހުގެ ގްރޭންޑް ސްލޭމް 22 މުބާރާތުގެ ތަށި އުފުލާލި ނަޑާލް، ރޭގެ މެޗަސް ފަހު ބުނީ، ނެދަލެންޑްސް އަށް މަރުހަބާ ކިޔާ ކަމަށާއި އަދި ސްޕެއިނުން އޭނާ އަށް މި މުބާރާތުގައި ކުޅެން ފުރުސަތު ދިނީތީވެ، ޝުކުރު އަދާކުރާ ކަމަށެވެ.

"އަހަރެން މި ހުއްޓާލަނީ ކުޅެން އަމިއްލަ ނަފްސަށް އިހުސާސްކުރެވޭ ވަރުބަލިކަމެއް ހުރެގެނެއް ނޫން. އެކަމަކު، އަހަރެންގެ ހަށިގަނޑަކު ނެތް މިކަން އިތުރަށް ބޭނުންވާ ލެވަލްގައި ކުރުމަށް ބޭނުންވާ ކަންކަމެއް. ޖެހޭނެ އެކަން ވެސް ގަބޫލުކުރަން. އަހަރެން ވަރަށް ފަހުރުވެރިވޭ، އަހަރެން ހުސްވަގުތުގައި ކުރަން ބޭނުންވި ކަމެއް އަަހަރެންގެ ޕްރޮފެޝަނަލް ކެރިއަރަކަށް ހަދައި، އެހާ ގިނަ ދުވަހު މި ކަމުގައި އުޅެވުނީތީ،" ނަޑާލް ބުންޏެވެ.

ނަޑާލް ބުނީ، އޭނާގެ ކެރިއަރުގައި ވަރަށް އުފާވެރި އަދި ވަރަށް ހިތްދަތި ދުވަސްތަކެއް ވެސް ތަޖުރިބާ ކުރެވުނު ކަމަށެެވެ. އެންމެ އުފާވަނީ ކާމިޔާބު ޓެނިސް ކެރިއަރެއް ބިނާކުރުމުގައި އާއިލާގެ ސަޕޯޓާއި ހިތްހަމަޖެހުމުގެ ތެރެއިން ހުރިހާ ކަމެއް ކުރެވުން ކަމަށް ނަޑާލް ފާހަގަކުރި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ ކްލަބް، ރެއާލް މެޑްރިޑްގެ އެމްބަސަޑަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ ނަޑާލްގެ ކާމިޔާބީގެ އެންމެ ހާއްސަ މުބާރާތަކީ 14 ފަހަރު ފްރެންޗް އޯޕަން ކާމިޔާބު ކުރުމެވެ.

ނަޑާލް ޓެނިހުގައި މަޝްހޫރުވެފައިވާ އެއް ނަމަކީ، "ކިންގް އޮފް ކްލޭ" އެވެ. އެއީ، ފްރެންޗް އޯޕަން މުބާރާތުގައި ކުޅުނު 116 މެޗުގެ ތެރެއިން 112 މެޗުން މޮޅުވެފައިވާތީ އެވެ. ޔޫއެސް އޯޕަން ތަށި ހަތަރު ފަހަރު ހޯދިއިރު، ވިމްބަލްޑަން އާއި އޮސްޓްރޭލިއަން އޯޕަން ކޮންމެ މުބާރާތެއް ދެ ފަހަރު ކާމިޔާބުކޮށްފައިވެ އެވެ.

އޮލިމްޕިކްސްގެ ސިންގަލްސް އާއި ޑަބަލްސް އިނ ރަން މެޑަލް ހޯދުމުގެ އިތުރުން، ނަޑާލް ވަނީ ސްޕެއިނަށް ފަސް ފަހަރު ޑޭވިސް ކަޕް ހޯދައިދޭން އެހީތެރިވެދީފަ އެވެ. އެންމެ ފަހުން، އެ ތަށި ހޯދީ 2019 ވަނަ އަހަރު އެވެ.

ރަފައެލް ނަޑާލް

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox