ޓެނިސް ލެޖެންޑް ނަޑާލް ރިޓަޔާމަންޓް އިއުލާނުކޮށްފި

Oct 10, 2024, 11:02 AM
ޓެނިސް ލެޖެންޑް ނަޑާލް ރިޓަޔާމަންޓް އިއުލާނުކޮށްފި

މެޑްރިޑް (އޮކްޓޫބަރު 10) - ޓެނިހުގެ ތާރީހުގައި ވެސް ހާއްސަ ކުޅުންތެރިޔެއް ކަމަށްވާ، ލެޖެންޑް، ރަފައެލް ނަޑާލް، ކުރިއަށް އޮތް ޑޭވިސް ކަޕަށް ފަހު ޕްރޮފެޝަނަލް ކެރިއަރު ނިންމާލާނެކަން އިއުލާނުކޮށްފި އެވެ.

އުމުރުން 38 އަހަރުގެ ނަޑާލްގެ ޕްރޮފެޝަނަލް ކެރިއަރުގައި ކުޅޭ ފަހު މުބާރާތަކަށް ވެގެންދާނީ އަންނަ މަހު ސްޕެއިނުގެ މަލާގާގައި ކުރިއަށްދާ ޑޭވިސް ކަޕް ފައިނަލްސް އެވެ.

މިދިޔަ ދެ އަހަރެއްހާ ދުވަހު، އަނިޔާގެ އެކި މައްސަލަތަކާ ހުރެ ނަޑާލް އަށް ކުޅެވުނީ މަދު މުބާރާތްތަކެއްގަ އެވެ. ޓެނިހުގެ ގްރޭންޑް ސްލޭމް 22 ތަށި ހޯދާފައިވާ ނަޑާލް، މިދިޔަ އަހަރު ދިން އިންޓަވިއުއެއްގައި ވަނީ މި އަހަރަކީ އޭނާގެ ޕްރޮފެޝަނަލް ކެރިއަރުގެ ފަހު ސީޒަން ކަމަށް ބުނެފަ އެވެ.

Advertisement

މިއަދު އާންމުކުރި ވީޑިއޯއެއްގައި ނަޑާލް ބުނެފައިވަނީ، މިއީ، އޭނާގެ ރިޓަޔަކުރަން އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

"ހަގީގަތުގައި މިދިޔަ ދެ އަހަރު މިދިޔައީ ވަރަށް އުނދަގޫކޮށް. އަހަންނަށް ޔަގީންވަނީ އުނދަގުލެއް ނެތި އަހަރެން ކުޅުނު އެއްވެސް މުބާރާތެއް ނޯންނާނެހެން،" ނޮވަކް ޖޮކޮވިޗަށް ވުރެ ފަހަތުގައި މި ވަގުތު އޮތް ޓެނިހުގެ ތާރީހުގައި ދެ ވަނަ އަށް އެންމެ ކާމިޔާބު ކުޅުންތެރިޔާ، ނަޑާލް ބުންޏެވެ.

ނަޑާލްގެ ކާމިޔާބީގެ އެންމެ ހާއްސަ މުބާރާތަކީ 14 ފަހަރު ފްރެންޗް އޯޕަން ކާމިޔާބު ކުރުމެވެ. ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ ކްލަބް، ރެއާލް މެޑްރިޑްގެ އެމްބަސަޑަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ ނަޑާލް ޓެނިހުގައި މަޝްހޫރުވެފައިވާ އެއް ނަމަކީ، "ކިންގް އޮފް ކްލޭ" އެވެ. އެއީ، ފްރެންޗް އޯޕަން މުބާރާތުގައި ކުޅުނު 116 މެޗުގެ ތެރެއިން 112 މެޗުން މޮޅުވެފައިވާތީ އެވެ.

ޔޫއެސް އޯޕަން ތަށި ހަތަރު ފަހަރު ހޯދިއިރު، ވިމްބަލްޑަން އާއި އޮސްޓްރޭލިއަން އޯޕަން ކޮންމެ މުބާރާތެއް ދެ ފަހަރު ކާމިޔާބުކޮށްފައިވެ އެވެ. އަދި ނަޑާލް ވަނީ އޮލިމްޕިކްސްގެ ސިންގަލްސް އާއި ޑަބަލްސް އިން ރަން މެޑަލް ހޯދުމުގެ އިތުރުން، ސްޕެއިނަށް ފަސް ޑޭވިސް ކަޕް ހޯދައިދޭން އެހީތެރިވެދީފަ އެވެ. އެންމެ ފަހުން، އެ ތަށި ހޯދީ 2019 ވަނަ އަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox