ދީމާގެ ގައުމީ ކާމިޔާބީ ސިލްސިލާ ކުރިއަށް

Sep 6, 2024, 8:06 PM
ގައުމީ މުބާރާތުގެ ފައިނަލުގައި ދީމާ ވާދަކުރަނީ.--- ފޮޓޯ: މިރާން ނާޝިމް / އަދަދު ސްޕޯޓްސް

ގައުމީ މުބާރާތުގެ ފައިނަލުގައި ދީމާ ވާދަކުރަނީ.--- ފޮޓޯ: މިރާން ނާޝިމް / އަދަދު ސްޕޯޓްސް

ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ހޯދި 16 އަހަރުގެ ފާތިމަތު ދީީމާ އަލީ، ގައުމީ ލެވަލް ކާމިޔާބީގެ ސިލްސިލާ ހަރުފަތެއް ކުރިއަށްގެންގޮސްފި އެވެ.

މިދިޔަ ދެ މަހެއްހާ ދުވަސްތެރޭ ދީމާ ވަނީ ގައުމީ ޓީމުގެ ރޭންކިން މުބާރާތުގެ އެއް ވަނަ އަނެއްކާ ވެސް ހޯދުމުގެ އިތުރުން، އެސޯސިއޭޝަން ކަޕްގެ ސިންގަލްސް ތަށި ދިފާއުކޮށްފަ އެވެ.

މިއަދު ހަވީރު، ގައުމީ ޓީޓީ ތަށި ޖެހިިޖެހިގެން ފަސް ވަނަ ފަހަރަށް އުފުލާލިއިރު، ދީމާގެ ކާމިޔާބީތައް މި ވަނީ އިތުރަށް ފުރިހަމަަކޮށްފަ އެވެ.

ދީމާއާ އެންމެ ގާތުން މި ހުރިހާ އިވެންޓެއްގައި ވެސް ވާދަކުރީ، އައިޝަތު ރަފާ ނާޒިމް އެވެ. ކުރިން ޒުވާން އުމުރުގައި ގައުމީ ޗެމްޕިއަންކަން ހޯދި ރަފާ އަތުން ދީމާ މި ފަަހަރުގެ ގައުމީ ފައިނަލުގައި ވެސް މޮޅުވީ ހަތަރު ސެޓުންނެވެ. އެއީ، 11-08، 12-10، 11-03 އަދި 11-08 އިންނެވެ.

ދީމާ، ގައުމީ މުބާރާތުގައި ލިބުނު ތަށިތަށް ހިފައިގެން.--- ފޮޓޯ: މިރާން ނާޝިމް / އަދަދު ސްޕޯޓްސް

ގައުމީ މުބާރާތުގައި ދީމާގެ އިތުރު ކާމިޔާބީތަކަށް ބަލާއިރު، 19 އަހަރުން ދަށުގެ އަންހެން ސިންގަލްސް ކަމާއި އަހްޔާރު އަހުމަދު ހާލިދުއާ އެއް ޕެއާ އަކަށް ކުޅެގެން، 19 އަހަރުން ދަށުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަމާއި މިޝްކާ މުހައްމަދު އިބްރާހިމްއާ އެއް ޕެއާ އަކަށް ކުޅެގެން އޯޕަން އަންހެން ސިންގަލްސް ޗެމްޕިއަންކަމެވެ. އޯޕަން ބައިގެ މިކްސް ޑަަބަލްސް އިން ދީމާ އާއި އަހްޔާރުގެ ޕެއާ އަށް ލިބުނީ، ރަނަރަޕް އެވެ.

ގައުމީ މުބާރާތަށް ފަހު، ދީމާ އަށް ދެން މި އަހަރު އޮތް މުބާރާތްތަކީ، ތައިލެންޑާއި ވިއެޓްނާމްގައި އޮތް ޑަބްލިއުޓީޓީ މުބާރާތްތަކެވެ.

ތޭރަ އަަަހަރުން ދަށާއި 15 އަހަރުން ދަށުގެ ގައުމީ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ، އައިޝަތު އަލްސާ ނާފިޒު އެވެ. އަދި 15 އަހަރުން ދަށުގެ އަންހެން ޑަބަލްސް ޗެމްޕިއަނުންނަކީ އަލްސާ އާއި އައިޝަތު މަލަކް ތާސީންގެ ޕެއާ އެވެ. ސަތާރަ އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަނުންނަކީ، މިޝްކާ މުހައްމަދު އިބްރާހިމް އެވެ.

ދެ ވަނަ ޑިވިޝަންގެ އަންހެން ޗެމްޕިއަންކަން ހޯދީ، އަފްނާން އިބްރާހިމް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox