އަހްޔާރު، ގައުމީ ތަށި ހޯދައި ތަފާތު ދައްކައިފި

Sep 6, 2024, 8:06 PM
އަހްޔާރު، ގައުމީ މުބާރާތުގެ ތަށިތައް ހިފައިގެން: މިއީ އޭނާގެ ކެރިއަރުގައި ހާއްސަ މުބާރާތެއް.--- ފޮޓޯ: މިރާން ނާޝިމް/ އަދަދު

އަހްޔާރު، ގައުމީ މުބާރާތުގެ ތަށިތައް ހިފައިގެން: މިއީ އޭނާގެ ކެރިއަރުގައި ހާއްސަ މުބާރާތެއް.--- ފޮޓޯ: މިރާން ނާޝިމް/ އަދަދު

ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދައި، ޒުވާން ކުޅުންތެރިޔާ، އަހްޔާރު އަހުމަދު ހާލިދު ތަފާތު ދައްކައިފި އެވެ.

ގައުމީ ތަށި 11 ފަހަރު ހޯދާފައިވާ މުންސިފްގެ މައްޗަށް އަހްޔާރު ކުރިހޯދީ، ވާދަވެރި ކުޅުމަކަށް ފަހު އެވެ.

މާލޭ ޓީޓީ ހޯލުގައި މިއަދު ކުޅުނު ފައިނަލުގައި، އަހްޔާރު ވަނީ ފުރަތަަމަ ކުޅުނު ތިން ސެޓު ގެންގޮސްފަ އެވެ. އެ ގޮތުން، އަހްޔާރު، މި ސެޓުތައް ގެންދިޔައީ، 12-10، 11-1 އަދި 11-08 އިންނެވެ. ސީދާ ހަތަރު ސެޓުން، އަހްޔާރު މޮޅުވާނެ ކަމަށް ބެލެވުނު ނަމަވެސް މުންސިފް ވަނީ ތަޖުރިބާގެ ބޭނުންކޮށް، ދެން ކުޅުނު ތިން ސެޓު ގެންގޮސްފަ އެވެ. އެއީ، 08-11، 05-11 އަދި 06-11 އިންނެވެ.

ނަތީޖާ ނެރުނު ސެޓެއް ކުޅެން ޖެހުނުއިރު، އަހްޔާރު ފެނުނީ ތަފާތު ރޫހެއްގައި، ޕްރެޝަރަށް ހޭނިގެން ކުޅެލިތަނެވެ. އެ ގޮތުން މި ސެޓު، 11-07 އިން ގެންގޮސް އަހްޔާރު މެޗުން މޮޅުވީ އެވެ. މި ނަތީޖާއާ އެކު މުންސިފް މި ވަނީ ޖެހިޖެހިގެން ތިން ގައުމީ ފައިނަލުގައި ނާކާމިޔާބާ ކުރިމަތިލައިފަ އެވެ. މި މެޗަށް އައިއިރު، މުންސިފް ވަނީ އެސޯސިއޭޝަން ކަޕްގެ ސިންގަލްސް ޗެމްޕިއަންކަމާއި ގައުމީ ރޭންކިންގެ އެއް ވަނަ ހޯދައިފަ އެވެ.

ފައިނަލް މެޗަށް ފަހު އަހްޔާރު އޭނާގެ އާއިލާއާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: މިރާން ނާޝިމް/އަދަދު

މި މަހުގެ 15 ވަނަ ދުވަހު، 17 އަހަރު ފުރޭ އަހްޔާރު ވަނީ، ޒީކް ހަސަން ލަތީފް ބަލިކޮށް، 19 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ތަށި ވެސް ހޯދައިފަ އެވެ. އަދި 19 އަހަރުން ދަށުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ އަހްޔާރު އާއި ފާތިމަތު ދީމާ އަލީގެ ޕެއާ އެވެ. އަހްޔާރު އާއި އިބްރާހިމް އައުޒަމް އަޒީމްގެ ޕެއާ ދިޔައީ، ފިރިހެން ޑަބަލްސްގެ ތިން ވަނަ އެވެ. އަދި އޯޕަންސް ބައިގެ މިކްސް ޑަބަލްސް އިން އަހްޔާރު އާއި ދީމާގެ ޕެއާ ދިޔައީ ދެ ވަނަ އެވެ. އެ ބައިގެ ޗެމްޕިއަންކަން ހޯދީ، މުންސިފް އާއި އައިޝަތު ރަފާ ނާޒިމްގެ ޕެއާ އެވެ.

ތޭރަ އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަނަކީ، މުހައްމަދު ޒާއިމް އަހުމަދު އެވެ. ފަނަރަ އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ތަށި އުމޭރު މުހައްމަދު މުއިއްޒު ހޯދިއިރު، ފަނަރަ އަހަރުން ދަށުގެ ޑަބަލްސް ޗެމްޕިއަަނުންނަކީ މުހައްމަދު ހަލަފް ރާފިއު އާއި ޒާއިމްގެ ޕެއާ އެވެ. ސަތާރަ އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ތަށި ޒީކް ހޯދިއިރު، އެ އުމުރުފުރާގެ ފިރިހެން ޑަބަލްސް ޗެމްޕިއަނުންނަކީ، ޒީކް އާއި އުމޭރު އެވެ. އަދި 17 އަހަރުން ދަށުގެ މިކްސް ޑަބަލްސް ޗެމްޕިއަނުންނަކީ، ޒީކް އާއި މިންހާ މަހްޖޫބު ޝުޖާއު އެވެ.

ޑިވިޝަން ދޭއްގެ ފިރިހެން ސިންގަލްސް ތަށި އަޒީމް ޝިހާމް ހޯދިއިރު، ވެޓެރަންސް ބައިގެ ސިންގަލްސް ޗެމްޕިއަނަކީ އަލީ އާދަމް މަނިކް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox