ބެޑްމިންޓަން އެސޯސިއޭޝަނުން އެދުނު ގޮތަށް ކޯޓުން އަމުރު ނުނެރެދިން

ބެޑްމިންޓަން އެސޯސިއޭޝަނުން އެދުނު ގޮތަށް ކޯޓުން އަމުރު ނުނެރެދިން

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ހިންގުން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހަށް ހަވާލުކުރަން ކޮމިޝަނާ އޮފް ސްޕޯޓްސް އިން ނިންމި ނިންމުމާ ދެކޮޅަށް ބީއޭއެމް އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ނާކާމިޔާބުވެއްޖެ އެވެ.

މިދިޔަ މަހު 15 ވަނަ ދުވަހު، ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ވަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ ކަންކަން ބެލުން ސްޕޯޓްސް ކައުންސިލްގެ ދަށަށް ގެނެސްފަ އެވެ.

Advertisement

ބީއޭއެމް އިން އެ މައްސަލަ ކޯޓަށް ހުށަހެޅިއިރު، ފާހަގަކޮށްފައިވަނީ، ކޮމިޝަނާ އޮފް ސްޕޯޓްސްގެ ނިންމުން ތަންފީޒުކޮށްފިނަމަ، ދުނިޔޭގެ މައި ބެޑްމިންޓަން ޖަމިއްޔާ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރާއްޖެ އަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރުދީފައިވާ ކަމެވެ. އަދި ކޮމިޝަނަރުގެ އެ އެންގުން ބާތިލްކުރުމުގެ އަމުރަކަށް އެދި، ބެޑްމިންޓަން އެސޯސިއޭޝަަނުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ، މިިދިޔަ މަހުގެ 27 ގަ އެވެ. އެ މައްސަލައިގެ ޖުޑީޝިއަލް ރިވިއު އަޑުއެހުމެއް، މިދިޔަ އާދިއްތަ ދުވަހު ސިވިލް ކޯޓުގައި ކުރިއަށްދިޔަ އެވެ.

ސިވިލް ކޯޓުން އިއްޔެ ނިންމާފައިވަނީ، ބެޑްމިންޓަން އެސޯސިއޭޝަނުން އެދުނު ގޮތަށް އަމުރު ނެރެދެވެން ނެތް ކަމަށެވެ. ސަބަބަކީ، ވަގުތީ ހުށަހެޅުން ހުށަހެޅުމުގެ ހައިސިއްޔަތު ބެޑްމިންޓަން އެސޯސިއޭޝަންގެ މުއްދަތު ހަމަވެފައި އޮތް ހިންގާ ކޮމިޓީ އަށް ލިބިގެން ނުވާތީ، ވަގުތީ އަމުރެއް ނެރެދެވޭނެ ގާނޫނީ ހަމައެއް ނެތުމެވެ.

ބެޑްމިންޓްން އެސޯސިއޭޝަންގެ ވަކީލް، އަލީ ސައީދު ބުނީ، ވަގުތީ އަމުރާމެދު ގޮތެއް ނިންމާފައިވަނީ ޤާނޫނާ ހިލާފަށް ކަމުގައިވާތީ އެ މައްސަލަ އިސްތިއުނާފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިއީ މި އަހަރު ތެރޭ، ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ މައްސަލައެއް ކޯޓުގައި ކުރިއަށްދިޔަ ދެ ވަނަ ފަހަރެވެ. ބެޑްމިންޓަން އެސޯސިއޭޝަންގެ އެންމެ ފަހުގެ ރައީސަކަށް ހުންނެވި، މޫސާ ނާޝިދު (މޫސަ)، ހައި ކޯޓުގައި ޕްރޮސެކިއުޓާ ޖެނެރަލްއާ ދެކޮޅަށް ވެސް މައްސަލައެއް ކުރިއަށްގެންދިޔަ އެވެ.

ހައި ކޯޓުގައި ކުރިއަށްގެންދިޔަ މައްސަލައިގައި މޫސަ ވަނީ އޭނާއާ މެދުގައި ސަރުކާރު މުވައްޒަފެއްގެ ގޮތުގައި މުހާތަބު ނުކުރެވޭނެ ކަމަށާއި އޭނާ އަކީ އެއްވެސް އުޖޫރައެއް ސަރުކާރުން ލިބޭ މީހެއް ނޫން ކަމަށް ހާމަކޮށްފަ އެވެ. އެކަމަކު، ހައި ކޯޓުން ވެސް މައްސަލަ ނިންމީ މޫސަ ބޭނުންވި ގޮތަކަށް ނޫނެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައި މޫސަގެ ތިން ވަނަ ދައުރުގެ ރަސްމީ މުއްދަތު ހަަމަވިތާ ހަތަރު މަސް ފަހުން އޭނާ މިދިޔަ މަހު ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ. މޫސަ އާއި ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ބެޑްމިންޓަންގެ އެންމެ ފަހުން އިންތިހާބުކުރި ހިންގާ ކޮމީޓީގެ ދައުރު، މި އަހަރުގެ މާޗް މަހުގެ 11 އަށް އޮތީ ހަމަވެފަ އެވެ. އެކަމަކު، މި ވަގުތު ވެސް ރަސްމީ ހައިސިއްޔަތުން ބެޑްމިންޓަން އެސޯސިއޭޝަނުން، އެންމެ އިސް ފަރާތެއްގެ ގޮތުގައި މުއާމަލާތު ކުރަމުން އަންނަނީ، އެ ހިންގާ ކޮމިޓީގެ ނައިބު ރައީސް އަހުމަދު ޝާކިރު މޫސާ އެވެ.

ބީއޭއެމްގެ ހިންގާ ކޮމީޓީ މަގާމުގައި ދެމިތިބީ، ބީޑަބްލިއުއެފް އަށް ނުރަނގަޅު މައުލޫމާތުތަކެއް ދީގެން ކަމަށް ބެލެވޭ ކަމަށް ކޮމިޝަނާ އޮފް ސްޕޯޓްސް، ތޮލާލް ވަނީ ވިދާޅުވެފަ އެވެ.

"އަދަދު ސްޕޯޓްސް" އަށް ކުރިން އިން އިންޓަވިއުއެއްގައި، ތޮލާލް ވިދާޅުވީ، ބީޑަބްލިއުއެފް އަށް ގޮންޖަހައި އެއްވެސް ކަމެއް ކުރަން ވިސްނާފައި ނުވާނެ ކަމަށެވެ. އަދި ހަގީގަތުގައި، ރާއްޖޭގެ ބެޑްމިންޓަންގެ ކަންކަން ރަނގަޅު ނުކުރެވިގެން އުޅޭ އެންމެ ބޮޑު ސަބަބަކީ ބީއޭއެމް އިން އެކި ފަރާތްތަކަށް މައުލޫމާތު ދިނުމުގައި ކަންކަން އޮޅުވާލާތީ ކަމަށް ވެސް ތޮލާލް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox