ބެޑްމިންޓަން އެސޯސިއޭޝަން ހިންގުން ކުޅިވަރާބެހޭ ގައުމީ މަޖިލީހަށް ހަވާލުކޮށްފި

ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް: އޭނާ ވަނީ ބެޑްމިންޓަން އެސޯސިއޭޝަން ހިންގުން ކުޅިވަރު ގައުމީ މަޖިލީހަށް ހަވާލުކޮށްފައި.--- ފޮޓޯ: އަދަދު

ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް: އޭނާ ވަނީ ބެޑްމިންޓަން އެސޯސިއޭޝަން ހިންގުން ކުޅިވަރު ގައުމީ މަޖިލީހަށް ހަވާލުކޮށްފައި.--- ފޮޓޯ: އަދަދު

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ހިންގުން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހަށް ހަވާލުކޮށްފައިވާ ކަމަށް ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ވިދާޅުވެއްޖެ އެވެ.

ތޮލާލް މި ގޮތަށް ވިދާޅުވެފައިވަނީ، މިރޭ، އެކްސް (ކުރިން ޓްވިޓާ)ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

"ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ހިންގުން ވަގުތީ ގޮތުން އެ އެސޯސިއޭޝަންގެ މުއައްސިސް (ކުޅިވަރާބެހޭ ޤައުމީ މަޖިލިސް) އާއި ޙަވާލު ކުރުމަށް ނިންމާ، އެކަން އެ އެސޯސިއޭޝަނަށް މިއަދު ވާނީ އަންގާފަ. އަދި އެސޯސިއޭޝަންގެ އައު ހިންގާ ކޮމިޓީ އިންތިޚާބު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ މަޝްވަރާއާއެކު ވަނީ ފެށިފައި،" ތޮލާލް ކުރެއްވި ޕޯސްޓުގައިވެ އެވެ.

ތޮލާލް، "އަދަދު ސްޕޯޓްސް" އަށް ވިދާޅުވީ، ގައުމީ ކުޅިވަރު މަޖިލީހާ އެކު މަޝްވަރާ ކުރުމަށް ފަހު، ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބުގެ ކަންކަން ކުރުމަށް ކޮމިޓީއެއް އައްޔަނުކުރެވޭނެ ކަމަށެވެ.

ބީއޭއެމްގެ ހިންގާ ކޮމިޓީގެ މުއްދަތު ހަމަވެފައި އޮންނަތާ މި މަހުގެ 11 އަށް ފަސް މަސް ހަމަވާއިރު، އަދިވެސް އެ ކަމަށް ޖުމްލަ ހައްލެއް ލިބިފައިނުވާތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ އެންމެ ފަހުން އިންތިހާބުކުރި ހިންގާ ބޯޑު އިންތިހާބު ކުރީ 2021 ވަަނަ އަހަރުގެ ފެބްރުއަރީ 24 ގަ އެވެ. އެ ހިންގާ ބޯޑު ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރީ، 2021، މާޗް 11 ގަ އެވެ.

މިދިޔަ މަހުގެ މެދު ތެރޭގައި، ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްގެ މަގާމުން މޫސާ ނާޝިދު (މޫސަ) ވަނީ އިސްތިއުފާ ދީފަ އެވެ. އެކަމަކު، މޫސަ، އިސްތިއުފާދީފައިވަނީ، މަގާމުގެ މުއްދަތު ހަމަވިތާ ހަތަރު މަސް ފަހުންނެވެ.

"އަދަދު ސްޕޯޓްސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއު (ރާއްޕެ) އާއި ކޮމިޝަނާ އޮފް ސްޕޯޓްސް ތޮލާލް އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އަންނަނީ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)އާ ގުޅިގެން، ބެޑްމިންޓަން އެސޯސިއޭޝަން މައްސަލަައިގައި ހައްލެއް ހޯދޭތޯ މަސައްކަތް ކުރަމުންނެވެ.

މީގެ ކުރިން ތޮލާލް ވަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ އަސާސީ ގަވާއިދު އިސްލާހުނުކޮށް، ބެޑްމިންޓަން އިންތިހާބުގެ ކަންކަން ކުރިއަށް ނުގެންދަން ލަފާދީ ކުރިއަށްދާން ގޮތްތަކެއް ވެސް ސާފުކޮށްދީ، މުހުލަތުތަކެއް ވެސް ދީފަ އެވެ. އެކަމަކު، އޭގެއިން އެއް އިރުޝާދަކަށް ވެސް އެސޯސިއޭޝަން އޭރު ހިންގަވަމުން އައި، ހިންގާ ބޯޑުން މަސައްކަތްނުކުރެ އެވެ. އެންމެ ފަހުން، އެސޯސިއޭޝަންގެ ހިންގުން، ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ ގޮތަށް މިއަދު ތޮލާލް މި ވަނީ ނިންމަވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox