ބީއެމްއެލްގެ ބޯޑަށް އައްޔަނުކުރާ ދެ މީހުންގެ ނަން އާންމުކޮށްފި

Sep 5, 2024, 7:42 AM
ބީއެމްއެލްގެ ބޯޑަށް އައްޔަނުކުރަން ނިންމާފައިވާ އަލީ އިރުފާން (ކ) އާއި މުހައްމަދު ޝާހިދު (ވ): މި ދެ މީހުންނަކީ ވެސް ބީއެމްއެލްގެ ބޯޑަށް އައްުޔަނުކުރަން ގާބިލުބައެއް ކަމަށް ކަމާބެހޭ ކޮމިޓީން ވަނީ ފާސްކޮށްފައި -- ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ ބޯޑަށް އައްޔަނުކުރަން ނިންމާފައިވާ އަލީ އިރުފާން (ކ) އާއި މުހައްމަދު ޝާހިދު (ވ): މި ދެ މީހުންނަކީ ވެސް ބީއެމްއެލްގެ ބޯޑަށް އައްުޔަނުކުރަން ގާބިލުބައެއް ކަމަށް ކަމާބެހޭ ކޮމިޓީން ވަނީ ފާސްކޮށްފައި -- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޯޑުގައި މިހާރު ތިބި އެއްވެސް މީހަކު ވަކިނުކޮށް، ބޯޑުގެ ހުސްކޮށް ހުރި މަގާމުތަކަށް އައްޔަނުކުރަން ސަރުކާރުން ފޮނުވި ދެ މީހުންގެ ނަން އާންމުކޮށްފި އެވެ.

ބީއެމްއެލްގެ ބޯޑަށް އައްޔަނުކުރަން ސަރުކާރުން ފޮނުވީ މުހައްމަދު ޝާހިދާއި އަލީ އިރުފާނުގެ ނަމެވެ.

ބޭންކުން ނެރެފައިވާ އިއުލާނުގައިވާ ގޮތުގައި ޝާހިދަކީ މޯލްޑިވްސް ޕެންޝަން އޮފީހުގެ ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރު އަދި މީރާގައި އިސް މަގާމުތަކެއް އަދާކުރައްވާފައިވާ މީހެކެވެ. އިރުފާނަކީ ވެސް މާލީ ދާއިރާގެ ތަޖުރިބާހުރި އަދި މިހާރު ވެސް ފިނޭންސް މިނިސްޓްރީގެ ޑިރެކްޓަރެކެވެ.

ބީއެމްއެލްގެ އެޕޮއިންޓްމަންޓު، ނޮމިނޭޝަން އެންޑް ރެނިއުމަރޭޝަން ކޮމިޓީން ވަނީ މި ދެ މީހުންނަކީ ވެސް ބޭންކުގެ ބޯޑަށް އައްޔަނުކުރަން ގާބިލު ބަޔެއް ކަމަށް ފާސްކޮށްފަ އެވެ. މި ދެ މީހުން ބޯޑަށް އައްޔަނުކުރުމާ މެދު ގޮތެއް ނިންމާނީ މި މަހުގެ 21 ގައި ބާއްވާ އީޖީއެމްގަ އެވެ.

މި އީޖީއެމްއަކީ ބީއެމްއެލްގެ މައި ހިއްސާދާރުގެ ހައިސިއްޔަތުން ސަރުކާރުން ބޭނުންވެގެން ފިނޭންސް މިނިސްޓްރީން އެދިގެން ބާއްވާ ހާއްސަ ޖަލްސާއެކެވެ. އެއީ ބޭންކުގެ ދިވެހި ރުފިޔާ ކާޑުތަކަށް ޑޮލަރު ދިނުން ހުއްޓާލި މައްސަލައިގައި އުފެދުނު ނުތަނަވަސްކަމުގެ ތެރެއިން ހިނގައިދިޔަ ކަމެކެވެ.

މި މައްސަލަގަނޑުގެ ތެރެއިން ބޭންކުގެ އެންމެ ދުވަސްވީ އެއް މުވައްޒަފު އަދި ބޭންކުގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވަކިކުރަން ޕީސީބީން ނިންމުމުން އޭނާ ވަނީ ބޯޑުން އިސްތިއުފާދެއްވާފަ އެވެ.

ބީއެމްއެލްގެ ނިންމުން ސަރުކާރުން ސިފަކުރީ މާލީ ބަގާވާތެއްގެ ގޮތުގަ އެވެ. އަދި ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ވެސް ކުރަމުންނެވެ. އެކަމަކު މިހާތަނަށް މި މައްސަލައިގައި އެއްވެސް މީހަކާ ސުވާލުކޮށް، ހައްޔަރުކުރި ކަމެއް ސާފެއް ނޫނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox