އެމްޕީއެލް އިން އުތުރު މެރިން ސާވިސަސް ފަށާނީ ކުރިން ނުދޭ ގިނަ ހިދުމަތްތަކާއެކު

ޔޫއެމްއެސް ގައި އެމްޕީއެލް އިން ބޭނުންވާ ޕައިލެޓް ބޯޓު؛ އެމްޕީއެލް އިން އުތުރު މެރިން ސާވިސަސް ފަށާނީ ކުރިން ނުދޭ ގިނަ ހިދުމަތްތަކަކާއެކު --- ފޮޓޯ: އެމްޕީއެލް

ޔޫއެމްއެސް ގައި އެމްޕީއެލް އިން ބޭނުންވާ ޕައިލެޓް ބޯޓު؛ އެމްޕީއެލް އިން އުތުރު މެރިން ސާވިސަސް ފަށާނީ ކުރިން ނުދޭ ގިނަ ހިދުމަތްތަކަކާއެކު --- ފޮޓޯ: އެމްޕީއެލް

މި މަހު 12 ގައި އިފުތިތާހު ކުރަން ތައްޔާރުވަމުންދާ އުތުރު މެރިން ސާވިސަސް (ޔޫއެމްއެސް) އާއެކު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުރިން ނުދޭ އާ ހިދުމަތްތަކެއް ދޭން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްޕީއެލްގެ ދަށުން ހިންގާ ޔޫއެމްއެސްގެ ރަސްމީ ވެބްސައިޓު މިހާރު ވަނީ ލޯންޗުކޮށްފަ އެވެ. އެ ވެބްސައިޓުގައި އިހަވަންދިއްޕޮޅު އަތޮޅުގައި މި މަހު ދޭން ފަށާ ހިދުމަތްތައް ތަފުސީލާއެކު ލިސްޓުކޮށްފައިވެ އެވެ.

އޭގެތެރެއިން ތެލުގެ ހިދުމަތް ފިޔަވައި އެހެން ހުރިހާ ހިދުމަތްތަކެއް ފޯރު ކޮށްދޭނީ އެމްޕީއެލް އިން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު ސޯޝަލް މީޑިއާގައި ލިޔުއްވާފައިވެ އެވެ. ބަންކަރިން ހިދުމަތް ދޭނީ އެސްޓީއޯއާ ގުޅިގެން، އެކަމުގައި މުޅި ދުނިޔޭގައި ވެސް އެންމެ ފުންނާބު އުސް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ވިޓޯލްއިންނެވެ.

Advertisement

ޔޫއެމްއެސް އިން ދޭ ހިދުމަތްތައް

  • ބަންކަރިން އަދި އެހެން ހިދުމަތްތައް ހޯދަން އަންނަ އުޅަނދުތަކަށް ޕައިލެޓޭޖް ސާވިސް ދިނުން
  • ފަޅުވެރިން ބަދަލުކުރުމައި ދޭން ޖެހޭ ވިސާގެ ހިދުމަތްތައް
  • އެއް އުޅަނދުން އަނެއް އުޅަނދަށް ކާގޯ ބަދަލުކުރުން
  • ސްޕީޑް ބޯޓުގެ ހިދުމަތް
  • ބޯފެން ފޯރުކޮށްދިނުން
  • ކާބޯތަކެއްޗާއި މެޑިކަލް، ސްޕެއާ ޕާޓްސް އަދި ސޭފްޓީ އާލާތްތައް ފޯރުކޮށްދިނުން
  • މަތީ ފެންވަރުގެ ލުބްރިކޭޝަން ހިދުމަތާއި ހައިޑްރޯލިކް ތެޔޮ ފޯރުކޮށްދިނުން
  • ޔޮޓު ޑޮކިން
  • މެއިންޓަނަންސް
  • ފެނު އަޑީގެ ހިދުމަތްތައް - މީގެ ތެރޭގައި އިންސްޕެކްޓް ކުރުމާއި ގެއްލުން ވަޒަންކުރުމުގެ އިތުރުން އުޅަނދުން ފެހި ކެހުމާއި ބުރަފަތި ސާފުކުރުން ހިމެނޭ
  • ޓަގު ކުރުން
  • މެރިން ސެލްވޭޖު ހިދުމަތް
  • އެކި ބާވަތްތަކުގެ ކުނި ބޭރުކުރުން

މީގެތެރެއިން ބައެއް ހިދުމަތްތަކަކީ ރާއްޖޭގައި އަމިއްލަ ފަރާތްތަކުން ދެމުންދާ ހިދުމަތްތަކެކެވެ. އެގޮތުން ފެނު އަޑީގެ ހިދުމަތް ފްރީލާންސްކޮށް ދޭ ގިނަ ޑައިވަރުންނާއި ޑައިވް ސެންޓަރުތައް އެބަހުއްޓެވެ.

"މިއީ 24 ގަޑި އިރުގެ އޮޕަރޭޝަނަކަށް ވާއިރު، މި ހިދުމަތް ދޭނެ މުވައްޒަފުން މިކަމަށް އަހުލުވެރިކުރުވާ މިކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމު ކުރުމުގެ މަސައްކަތް އަޅުގަޑުމެން މިދަނީ ކުރަމުން،" އަލަށް ފަށާ ހިދުމަތްތަކުގެ ތައާރަފުގައި ވަޖީހުގެ ޕޯސްޓުގައި އިތުރަށް ލިޔުއްވާފައިވެ އެވެ.

އުތުރުގައި ބަންކަރިން ހިދުމަތް ދޭން ވިޓޯލް އިން ގެންނަނީ އެ ކުންފުނިން ސިންގަޕޫރުގައި ބޭނުންކުރަމުންދިޔަ "މެރިން ބެލާ" އަދި "މެރިން އޭންޖެލް" އެވެ. އެ ދެ ބޯޓުވެސް މި މަހު 12 ގެ ކުރިން ރާއްޖެ އަންނާނެ ކަމަށް ކަނޑުއުޅަނދުތައް ޓްރެކް ކުރާ ވަސީލަތްތަކުން ދައްކަ އެވެ.

އޭގެއިތުރުން، ޔޫއެމްއެސް އަށް ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގު ބޯޓު މިހާރު ވަނީ އެ ސަރަހަށްދަށް ގެންގޮސްފަ އެވެ. މި ދެ ބޯޓަކީ ވެސް މީގެ ކުރިން އެމްޕީއެލްގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަމުން އައި ބޯޓުތަކެކެވެ.

ޔޫއެމްއެސް ގެ ހިދުމަތް ފެށުމަށް އެންމެ ގިނަ މަސައްކަތްތައް ކުރަމުން އަންނަނީ ހއ. އުލިގަމުގަ އެވެ. އެރަށުގައި ކުރިއަށްދާ އެންމެ މުހިންމު މަސައްކަތަކީ އެ ތަނުގައި ސިފައިންނާއި އިމިގްރޭޝަނާއި ކަސްޓަމްސްގެ އިތުރުން ޕޯޓު ހެލްތުގެ މުވައްޒަފުން ތިބޭނެ ތަންތަން އިމާރާތްކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox