ބަންކަރިން ހިދުމަތަށް ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގު ބޯޓު ކުޅުދުއްފުއްޓަށް

ބަންކަރިން ހިދުމަތް ފެށުމަށް އެމްޕީއެލްއިން ގެނައި ޕައިލެޓް ބޯޓު: ހިދުމަތް ފެށުމަށް އަންނަނީ ތައްޔާރުވަމުން -- ފޮޓޯ: އެމްޕީއެލް

ބަންކަރިން ހިދުމަތް ފެށުމަށް އެމްޕީއެލްއިން ގެނައި ޕައިލެޓް ބޯޓު: ހިދުމަތް ފެށުމަށް އަންނަނީ ތައްޔާރުވަމުން -- ފޮޓޯ: އެމްޕީއެލް

އުތުރުގައި ފަށާ އިންޓަނޭޝަނަލް ބަންކަރިން ހިދުމަތް ފެށުމަށް ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގް ބޯޓު ކުޅުދުއްފުށި ސިޓީ ޕޯޓަށް އިއްޔެ ގެންގޮސްފި އެވެ.

ކުޅުދުއްފުށި ސިޓީ ޕޯޓަށް އެ ދެ އުޅަނދު ވަނުމާއެކު ވޯޓާ ސެލިއުޓެއް ދީ، ދެ އުޅަނދުގެ ކެޕްޓަނުންނާއި ފަޅުވެރިންނަށް މަރުހަބާ ދެންނެވީ އެމްޕީއެލްގެ ސީއީއޯ މުހައްމަަދު ވަޖީހު އިބްރާހިމްގެ އިތުރުން އެ ކުންފުނީގެ އިސްވެރިންނެވެ.

ވަޖީހު ވިދާޅުވީ ބަންކަރިން ހިދުމަތް ދިނުމަށް އެމްޕީއެލް އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށާއި މިއީ ރާއްޖޭގެ އިގްތިސާދަށް މުހިންމު ހިދުމަތަކަށްވާތީ އެމްޕީއެލްއިން އެކަން ނަގާނީ ގައުމީ ކަމެއް ގޮތުގައި ކަމަށެވެ.

އިންޓަނޭޝަނަލް ބަންކަރިން ހިދުމަތް ފެށުމަށްޓަކައި ގިނަ މަސައްކަތްތައް ކުރަމުންދަނީ އެމްޕީއެލްއިންނެވެ. މި ދެ ބޯޓަކީ ވެސް މީގެ ކުރިން އެމްޕީއެލްގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަމުން އައި ބޯޓުތަކެކެވެ.

އެ ހިދުމަތް ފެށުމަށް ބޭނުންވާ އޮފީސް ޖާގަތައް ހެދުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށާއި އޯގަސްޓް، 15 ގެ ނިޔަލަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށް އެމްޕީއެލްއިން ބުނެ އެވެ.

އޭގެއިތުރުން އެމްޕީއެލްއިން ވަނީ ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ހެދުމަށް އެ ރަށު ކައުންސިލާއެކު އެމްއޯޔޫއެއްގައި ސޮއިކޮށް، އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ އީއޯއައި ހުށަހެޅުމަށް ހުޅުވާލާފަ އެވެ.

ބަންކަރިން ހިދުމަތް ރާއްޖޭގައި ދެނީ އެކަމުގައި އެންމެ މުޅި ދުނިޔޭގައި ވެސް އެންމެ ފުންނާބު އުސް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ވިޓޯލްއިންނެވެ.

އެގޮތުން ބަންކަރު (ތެޔޮ އަޅާ ބޯޓު) އާއި ޓަގު ބޯޓުތައް ފޯރުކޮށްދެނީ އެ ކުންފުނިންނެވެ. އެ ބަންކަރަށް ތެޔޮ ފޯރުކޮށްދެނީ ދައުލަތުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއިންނެވެ. މިކަމުގެ އަހަރެއްގެ ތެރޭގައި އިގުތިސޯދަށް 400 މިލިއަން ޑޮލަރު ވަންނާނެ ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox