ފޮރިން މިނިސްޓަރު ޒަމީރު ޔޫއޭއީގެ ހާރިޖީ ވަޒީރާ ބައްދަލުކުރައްވައި، ރައީސްގެ ސިޓީއެއް ހަވާލު ކުރައްވައިފި

ރައީސްގެ ސިޓީ ޔޫއޭއީގެ ފޮރިން މިނިސްޓަރާ ހަވާލު ކުރައްވަނީ: މެދުއިރުމަތީގެ އެކި ގައުމުތަކަށް ރައީސް ވަނީ ސިޓީ ފޮނުއްވާފައި -- ފޮޓޯ: ޔޫއޭއީ ފޮރިން މިނިސްޓްރީ

ރައީސްގެ ސިޓީ ޔޫއޭއީގެ ފޮރިން މިނިސްޓަރާ ހަވާލު ކުރައްވަނީ: މެދުއިރުމަތީގެ އެކި ގައުމުތަކަށް ރައީސް ވަނީ ސިޓީ ފޮނުއްވާފައި -- ފޮޓޯ: ޔޫއޭއީ ފޮރިން މިނިސްޓްރީ

ރަސްމީ ދަތުރެއްގައި މިހާރު ޔުނައިޓެޑް އަރަބް އެމިރޭޓްސް އަށް ވަޑައިގެން އުޅުއްވާ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެ ގައުމުގެ ފޮރިން މިނިސްޓަރު، ވަލީއަހުދު އަބްދުﷲ ބިން ޒައިދް އަލް ނަހްޔަން އާ ބައްދަލުކުރައްވައިފި އެވެ.

އެ ބައްދަލުވުން އޮތީ މިއަދު އަބޫ ދާބީގަ އެވެ. އަދި މި ބައްދަލުވުމުގެ ތެރެއިން ޔޫއޭއީގެ ވަލީއަހުދު ޝެއިހް މުހައްމަދު ބިން ޒައިދް އަލް ނަހްޔަންއަށް އެޑްރެސްކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވެވި ސިޓީއެއް ވަނީ ހަވާލު ކުރައްވައިފަ އެވެ.

ދެ ގައުމުގެ ހާރިޖިއްޔާގެ ވެރިންގެ ބައްދަލުވުމުގައި މަޝްވަރާކުރީ، ދެ ގައުމުގެ ދޭތެރޭގައި އޮތް އެކުވެރިކަމާއި ގުޅުންތައް ވަރުގަދަކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުންނެވެ. އަދި ޔޫއޭއީ އިން އަބަދުވެސް ރާއްޖެ އާއި މެދު ބާއްވާ ގާތް ގުޅުން ފާހަގަކުރައްވާ ޒަމީރު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

އެ މަޝްވަރާ ބައްދަލުވުން ނިންމާލީ ދެގައުމުގެ ދެމެދުގައި ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރުމަށާއި ބައިނަލްއަގުވާމީ ފޯރަމްތަކުގައި ގާތުން ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމަށްފަހެވެ.

ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރު ޒަމީރު ޔޫއޭއީ އަށް ވަޑައިގަތީ ސެޕްޓެމްބަރު 2، ގަ އެވެ. ޒަމީރު އަރިހުގައި ވަޑައިގަންނެވި ވަފުދުގައި އެމްބެސެޑާ އެޓް ލާޖު އަހުމަދު ނަސީރާއި ބައިލެޓްރަލް ސެކްރެޓަރީ ޑރ. ހާލާ ހަމީދު އަދި ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާ ހިމެނެ އެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި މެދުއިރުމަތީގެ ގައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުތަކުގައި އެކި ގޮތްގޮތުން އެހީ ހޯދުމަށް އެ ގައުމުތަކާއެކު މަޝްވަރާކުރައްވަމުންދާ ކަމަށް ޒަމީރު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ރައީސްގެ ސިޓީތަކެއް ހިއްޕަވައިގެން ޒަމީރު އެކި ގައުމުތަކަށް ވަޑައިގެންނެވި ނަމަވެސް، މިއީ ކޮން ބޭނުމެއްގައި ފޮނުވާ ސިޓީތަކެއް ކަމެއް ނޭނގެ އެވެ. އެ ސިޓީތަކުގައި ހުރި މައުލޫމާތު ހިއްސާކޮށްދޭން އެދުމުން މިއަދާ ހަމައަށް ރައީސް އޮފީހުގެ އެއްވެސް ޖަވާބެއް ނުދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox