ދަރިން ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދުބާއީގެ ޝައިޚް ސައީދުގެ ކުރީގެ އަނބިކަނބަލުން ހައްޔަރުކޮށްފި

Jun 5, 2026, 4:10 AM
ޒައިނަބް ޖަވާދުލީ އާއި ޝެއިޚް ސައީދު ބިން މަކްތޫމް ބިން ރާޝިދު އަލް މަކްތޫމް 2019 ވަނަ އަހަރު ވަނީ ވަރިވެފަ

ޒައިނަބް ޖަވާދުލީ އާއި ޝެއިޚް ސައީދު ބިން މަކްތޫމް ބިން ރާޝިދު އަލް މަކްތޫމް 2019 ވަނަ އަހަރު ވަނީ ވަރިވެފަ

ދުބާއީގެ ވެރިޔާގެ އާއިލީ ބޭފުޅެއް ކަމަށްވާ ޝައިޚް ސައީދު ބިން މަޚްތޫމް ބިން ރާޝިދު އަލް މަޚްތޫމްގެ ކުރީގެ އަނބިކަނބަލުން ޒައިނަބް ޖަވާދްލީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. 

ދުބާއީ ޕަބްލިކް ޕްރޮސެކިއުޝަނުން ބީބީސީއަށް މައުލޫމާތު ދީފައިވާ ގޮތުގައި ޒައިނަބް ހައްޔަރުކުރީ އޭނާގެ ކުރީގެ ފިރިކަލުން އަދި ތިން ދަރިންގެ ބައްޕަ ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ.

ޝައިޚް ސައީދު ތުހުމަތު ކުރައްވާ ގޮތުގައި ޒައިނަބް ވަނީ ކޯޓުން ހުއްދަ ދީފައިވާ ބައްދަލުވުމެއްގެ ތެރެއިން އެ ދެމަފިރިންގެ ތިން ދަރިން ވަގަށް ނަގާފައެވެ.

Advertisement

އަޒަރުބައިޖާނަށް ނިސްބަތްވާ ކުރީގެ މަޝްހޫރު ޖިމްނާސްޓް ޒައިނަބް، ފާއިތުވި މަސްތަކުގައި ދިރިއުޅެމުން ދިޔައީ ގޭބަންދެއް ފަދަ ހާލަތެއްގައެވެ. ސަލާމަތީ ބާރުތަކުން އޭނާގެ ދަރިން އަތުލައިގަނެ، އޭނާ ހައްޔަރުކޮށްފާނެ ކަމުގެ ބިރަށްޓަކައި އޭނާ ގެއިން ބޭރަށް ނުކުމެ އުޅުން އޮތީ މަދުކޮށްފައެވެ.

މި މައްސަލަ ހޫނުވެފައިވަނީ ދަރިންގެ ބެލެނިވެރިކަމާ ގުޅޭގޮތުން އުފެދިފައިވާ ދަބަސްވުމުގެ ތެރެއިންނެވެ. މީގެ ކުރިންވެސް ދަރިން އެކަކު އަނެކަކު އަތުން ބަދަލުވަމުން ދިޔައިރު، ދެ ފަރާތުންވެސް ވަނީ ދަރިން ވަގަށް ނެގި ކަމުގެ ތުހުމަތު އެކަކު އަނެކަކަށް ކޮށްފައެވެ.

މީގެ އިތުރުން، ޔޫއޭއީގެ ސައިބަރ ކްރައިމް ގާނޫނާ ހިލާފުވި ކަމުގެ ތުހުމަތުވެސް ޒައިނަބްގެ މައްޗަށް ވަނީ ކުރެވިފައެވެ. އެއީ މިދިޔަ އަހަރު ދަރިން އަތުލަން އުޅުނު ވަގުތެއްގައި އޭނާ ސޯޝަލް މީޑިއާ މެދުވެރިކޮށް ލައިވްސްޓްރީމް ކުރި މައްސަލައެއްގައެވެ. އެ ވަގުތު އޭނާ ބުނެފައިވަނީ އެއީ ދަރިންނާއެކު ހުރެވޭނެ އެންމެ ފަހު ފުރުސަތު ކަމަށް ގަބޫލުކުރެވޭތީ، އެހީއަށް އެދި ގޮވާލުމުގެ ގޮތުން ކުރި ކަމެއް ކަމަށެވެ.

ޝައިޚް ސައީދުގެ ވަކީލުން ކޯޓުގައި ވިދާޅުވަމުން ގެންދަވަނީ ޒައިނަބަކީ ދަރިން ބެލުމަށް އެކަށީގެންވާ މީހެއް ނޫން ކަމަށެވެ. އޭނާ ދަރިން ސްކޫލަށް ނުފޮނުވާ ކަމަށާއި، ހޮޓަލެއްގައި ދިރިއުޅުނު އިރު އެތަނަކީ ކުދިންނަށް ރައްކާތެރި ތަނެއް ނޫން ކަމަށްވެސް ވަކީލުން ބުނެފައިވެއެވެ. އަދި އެންމެ ހަގު ދަރިފުޅުގެ ސިއްހަތަށް ނުރައްކާވާ ފަދަ ކަންކަން ޒައިނަބްގެ ފަރާތުން ފެނިފައިވާ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.

ދުބާއީ ޕަބްލިކް ޕްރޮސެކިއުޝަނުން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށާއި، ގާނޫނީ ހަމަތަކުގެ މަތިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ. އަދި މިކަމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ކުދިންގެ މަސްލަހަތާއި ރައްކާތެރިކަމަށް ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ޒައިނަބްގެ ދިފާއުގައި މަސައްކަތްކުރާ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ވަކީލު ޑޭވިޑް ހޭގް ވަނީ ޒައިނަބަށް އޭނާގެ ވަކީލުންނާއި، ކޮންސިއުލޭޓާއި އަދި އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތު ވަގުތުން ދިނުމަށް ގޮވާލާފައެވެ. އަދި އޭނާ މިހާރުން މިހާރަށް މިނިވަންކޮށް ދުބާއީގައި ހުންނަ އޭނާގެ ގެއަށް ފޮނުވާލުމަށްވެސް ހޭގް ވަނީ ޔޫއޭއީގެ ސަރުކާރަށް ގޮވާލާފައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox