ކިއޭސާ އެދިގެން ލިވަޕޫލް ޓްރެއިނިން އަށް އިސްކަންދޭން އިޓަލީން ބްރޭކެއް

Sep 4, 2024, 4:15 AM
ކިއޭސާ އެދިގެން ލިވަޕޫލް ޓްރެއިނިން އަށް އިސްކަންދޭން އިޓަލީން ބްރޭކެއް

ޓިއުރިން، އިޓަލީ (ސެޕްޓެމްބަރު 4) - ދާދި ފަހުން ޔުވެންޓަސް ދޫކޮށް ލިވަޕޫލަށް ބަދަލުވި، ފެޑެރީކޯ ކިއޭސާ އެދިގެން އޭނާ އަށް އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމުން ބްރޭކެއް ދީފި އެވެ.

ކިއޭސާ ޖުމްލަ އެކު، 13 މިލިއަން ޑޮލަރަށް ލިވަޕޫލަށް ސޮއިކުރިއިރު، ލިވަޕޫލްގެ ކޯޗު، އާނާ ސްލޮޓް ވަނީ ކިއޭސާ އަށް ފިޓްނަސް ޕްރޮގްރާމެއް ރޭވިފައިވާ ކަމަށް ބުނެފަ އެވެ.

އެއީ، ކިއޭސާ، ޔުވެންޓަސްގެ ޓީމު ޓްރެއިނިންތަކުގައި ބައިވެރިވެފައިނުވާތީވެ، ފިޓްނަސް އަށް އަސަރުކޮށްފައިވާތީ ކަމަށް ސްލޮޓް ވަނީ ފާހަގަކޮށްފަ އެވެ.

އަންނަ މަހު ކުޅޭ ޔުއެފާ ނޭޝަންސް ލީގުގެ މެޗުތަކަށް އިޓަލީގެ ކޯޗު ލޫޝިއާނޯ ސްޕަލެއްޓީ ނެގި ސްކޮޑުގައި ކިއޭސާ ނުހިމެނެ އެވެ.

ފުޓްބޯލް އިޓާލިއާ އަށް ދިން އިންޓަވިއުއެއްގައި ސްޕަލެއްޓީ ބުނީ، ކިއޭސާ އަށް އިޓަލީ ސްކޮޑުން ފުރުސަތު ދޭން އަބަދުވެސް ތައްޔާރު ކަމަށެވެ. އެ ގޮތުން، މެޗުތަކުގައި ބޭނުންނުކޮށް، ޓީމުގައި އިތުރު ކުޅުންތެރިއެއްގެ ގޮތުގައި ވެސް ޓްރެއިނިން އަށް ގެންނަން ބޭނުންވާ ކަމަށް ވެސް ސްޕަލެއްޓީ ވަނީ ބުނެފަ އެވެ.

"އެކަމަކު، އަހަރެން ކިއޭސާއާ އެކު ދެއްކި ވާހަކަތަކުން، އޭނާ ކިޔައިދިން އާ ކްލަބް (ލިވަޕޫލް)ގެ ކަންކަން މި ވަގުތު ހަމަޖައްސައި ޓްރެއިިނިން ޕްރޮގްރާމެއް އޮތުމުން، އެ އަށް ފޯކަސް ކުރަން ބޭނުންވާ ކަމަށް،" ސްޕަލެއްޓީ ބުންޏެވެ.

ސްޕަލެއްޓީ ވަނީ ދާދި ފަހުން، 10 މަސް ދުވަހަށް ފަހު ކުޅުމަށް އެނބުރި އައި ނިއުކާސަލް ޔުނައިޓެޑްގެ މިޑްފީލްޑަރު، ސަންޑްރޯ ޓޮނާލީ އަށް ފުރުސަތު ދީފަ އެވެ. ސްޕަލެއްޓީ ބުނީ، ބެޓިންގައި ބައިވެރިވެފައިވާތީ ޓޮނާލީ އަށް އައި ސަސްޕެންޝަން މުއްދަތުގައި ވެސް އޭނާ އައީ ޓްރެއިނިން ކުރިއަށް ގެންދަމުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox