ދޮޅިޔަދޫ ރަހުނުކޮށް ނެގި ލޯނުތަކަށް 869 މިލިއަން ނުދައްކައިގެން ވިއްކުމުގެ ހުއްދަ އެސްބީއައިއަށް ދީފި

ދޮޅިޔަދޫ ރަހުނުކޮށް ނެގި ލޯނުތަކަށް 869 މިލިއަން ނުދައްކައިގެން ވިއްކުމުގެ ހުއްދަ އެސްބީއައިއަށް ދީފި

ދޮޅިޔަދޫ އިންވެސްޓްމަންޓުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ނަގާފައިވާ ލޯނުތަކަށް އިންޓްރެސްޓާއި ޖޫރިމަނާގެ ގޮތުގައި 869 މިލިއަން ރުފިޔާ ނުދައްކައި އޮތުމުން އެ ލޯނުތައް ނެގިއިރު ރަހުނުކުރި ދޮޅިޔަދޫ އައިލެންޑް ރިސޯޓު ވިއްކުމުގެ ހުއްދަ ތިންވަނަ ފަހަރަށް އެ ބޭންކަށް ސިވިލް ކޯޓުން ދީފި އެވެ.

ސިވިލް ކޯޓަށް އެސްބީއައިގެ ފަރާތުން ދޮޅިޔަދޫ ތަރައްގީ ކުރުމަށް ނެގި ލޯނުތައް ނުދައްކައިގެން އެ ފައިސާ ހޯދުމަށް ހުށަހެޅީ ހަތެއް ޖެނުއަރީ, 2013, ގަ އެވެ. އެ މައްސަލަ އެ ކޯޓުން ބަލައި ނިންމީ 15 މާޗު, 2015, ގަ އެވެ.

އެއީ, ޖުލައި 2, 2006 ގައި ދޮޅިޔަދޫ އިންވެސްޓްމަންޓުގެ ނަމުގައި ނަގާފައި އޮތް 10 މިލިއަން ޑޮލަރުގެ ލޯނަކާއި އޮގަސްޓު 17, 2008 ގައި ނަގާފައި އޮތް ހަތަރު މިލިއަން ޑޮލަރުގެ ލޯނަކާއި 38.4 މިލިއަން ރުފިޔާގެ ލޯނަށްވާ ފައިސާ އެއްބަސްވުމާ އެއްގޮތަށް އަދާކޮށްފައި ނުވާތީ އެސްބީއައިއިން ސިވިލް ކޯޓަށް ވެއްދި މައްސަލައެކެވެ. އެއީ ދޮޅިޔަދޫ ރަހުނު ކުރުމަށް ފަހު ނެގި ލޯނުތަކެކެވެ.

މާޗު 2015, ގައި ހުކުމް ކުރުމާ ހަމައަށް ފުރަތަމަ ލޯނަށް 11.1 މިލިއަން ޑޮލަރު އަދި ދެވަނަ ލޯނަށް 2.9 ޑޮލަރާއި ތިންވަނަ ލޯނަށް 39.7 މިލިއަން ރުފިޔާ ނުދައްކައި އޮތްކަން ޝަރީއަތަށް އޮތީ ސާބިތުވެފަ އެވެ. 10 މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ހުކުމް ކުރި ނަމަވެސް އެ ފައިސާ އެ ކުންފުނިން ދައްކާފައި ނުވެ އެވެ.

އޮގަސްޓު 12, 2024 ގެ ނިޔަލަށް ފުރަތަމަ ލޯނަށް އިންޓްރެސްޓާއި ޖޫރިމަނާ އާއެކު 33 މިލިއަން ޑޮލަރު އޮތީ އަރާފަ އެވެ. ދެވަނަ ލޯނަށް 13.8 މިލިއަން ޑޮލަރު އަދި ތިންވަނަ ލޯނަށް 149 މިލިއަން ރުފިޔާ އަރާފައި އޮތްކަން ރަހުނު ވިއްކާލުމަށް ސިވިލް ކޯޓުން ދިން ހުއްދައިން އެނގެ އެވެ.

އެހެންކަމުން, އެ ލޯނުތަކާއި އިންޓްރެސްޓާއި ޖޫރިމަނާގެ ގޮތުގައި މުޅި ޖުމުލަ ގާތްގަނޑަކަށް 869 މިލިއަން ރުފިޔާ ދޮޅިޔަދޫ އިންވެސްޓްމަންޓުން އެސްބީއައިއަށް ދައްކަން ޖެހެ އެވެ.

ދޮޅިޔަދޫ ރަހުނުކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ބޭންކް އޮފް ސިލޯން (ބީއޯސީ) އޮތީ ލޯނު ނަގާފަ އެވެ. އެހެންވެ އެ މައްސަލައިގައި އެ ދެ ބޭންކުން ވެސް ބައިވެރިވެފައިވެ އެވެ. އެސްބީއައިއިން ރަށް ވިއްކާލުމަށް އެ ބޭންކުތަކުން އިއުތިރާޒު ނުކުރާކަން ސިވިލް ކޯޓަށް ވަނީ އަންގާފަ އެވެ.

ދޮޅިޔަދޫ ވިއްކުމުގެ އެންމެ ކުޑަ އަގަކީ 15 މިލިއަން ޑޮލަރު ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އަދި, 45 ދުވަހުގެ ތެރޭގައި ދޮޅިޔަދޫ ވިއްކާލަން ވަނީ ހުއްދަ ދީފަ އެވެ. އެ މުއްދަތު ވިއްކާލެވިއްޖެނަމަ 10 ދުވަހުގެ ތެރޭގައި އެ ފައިސާ ތިން ބޭންކުގެ މެދުގައި ބަހަން ވެސް ވަނީ އެއްބަސްވެފަ އެވެ.

ދޮޅިޔަދޫ ވިއްކާލަން މަސައްކަތް ކުރާތާ އެތައް އަހަރުތަކެއް ވަނީ ވެފަ އެވެ. 100 އެނދު ހުންނަ ރިސޯޓު ވިއްކުމަށް 2019 ގައި އިއުލާނުކުރީ 42 މިލިއަން ޑޮލަރަށެވެ. ޖެނުއަރީ 2022, ގައި އިއުލާނުކުރީ 33 މިލިއަން ޑޮލަރަށް އެ ރަށް ވިއްކާލުމަށެވެ. ނަމަވެސް, މިއަދާ ހަމައަށް ވެސް އެ ރަށް ގަންނާނެ ބަޔަކު ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox