ސުއަރޭޒް، އުރުގުއޭ ގައުމީ ޓީމުން ރިޓަޔާކުރަަން ނިންމައިފި

Sep 3, 2024, 5:11 AM
ސުއަރޭޒް، އުރުގުއޭ ގައުމީ ޓީމުން ރިޓަޔާކުރަަން ނިންމައިފި

މޮންޓެވީޑޯ، އުރުގުއޭ (ސެޕްޓެމްބަރު 3) - އުރުގުއޭ ގައުމީ ފުޓްބޯޅަ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް ހަދާފައިވާ ފޯވާޑް، ލުއިސް ސުއަރޭޒް ގައުމީ ޓީމުން ރިޓަޔާކޮށްފި އެވެ.

ސުއަރޭޒް، 37، ބުނީ އަންނަ ހުކުރު ދުވަހު ޕެރަގުއޭއާ ދެކޮޅަށް ކުޅޭ ފީފާ ވޯލްޑް ކަޕް ކޮލިފައިން މެޗަކީ ގައުމީ ޖޯޒީގައި އޭނާ ފެންނާނެ ފަހު މެޗު ކަމަށެވެ.

"ކުޅުންތެރިއަކަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ އެއް ކަމަކީ، ގައުމީ ޓީމުން ރިޓަޔާކުރުމުގެ ރަނގަޅު ވަގުތެއްގައި އެ ކަން ނިންމުން. އަހަންނަށް ފަހުރުވެރިކަމާ އެކު، ގައުމީ ޓީމުން އެއްކައިރިވެލެވޭނެ އެންމެ ރަނގަޅު ވަގުތު ކަމަށް ފެންނާތީ، ގައުމީ ޓީީމުން ރިޓަޔާކުރަން ނިންމައިފިން،" އެމެރިކާ ލީގުގެ އިންޓަ މިއާމީ އަށް ކުޅެމުން އަންނަ ސުއަރޭޒް ބުންޏެވެ.

"އަހަރެންގެ އުމުރުން 37 އަހަރު، ދެން އޮތް ވޯލްޑް ކަޕަށް އަހަރެން އެންމެ ރަނގަޅަށް ހުންނާނެ ކަމުގެ ޔަގީންކަމެއް ވެސް ނެތް. އެހެންވީމަ، ގައުމީ ޓީމަށް ނުކުޅެވެނީ އަނިޔާއާ ހެދި ކަމަށް ނޫނީ، ޓީމަށް ނުނަގައިގެންކަން ވިސްނުމަށް ވުރެ، އަމިއްލަ އަށް މި ގޮތަށް ރިޓަޔާކުރުމަކީ ހިތްހަމަޖެހުމަކީ،"

ގައުމީ ޓީމުގައި ހޭދަކުރި 17 އަހަރުގައި ސުއަރޭޒް ވަނީ އެ ޓީމަށް 142 މެޗުން 69 ލަނޑު ޖަހައިފަ އެވެ. އޭނާ އަކީ އުރުގުއޭ އަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް ހޯލްޑަރެވެ.

އުރުގުއޭ ޓީމަށް ސުއަރޭޒް ކުޅުނު ފުރަތަމަ މެޗަކީ، 2007 ވަނަ އަހަރު ފެބްރުއަރީ މަހު ކޮލަމްބިއާއާ ދެކޮޅަށެވެ. ސުއަރޭޒް ވަނީ އުރުގުއޭ ޓީމަށް 2014، 2018 އަދި 2022 ވަަަަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅެފަ އެވެ. އަދި 2011، 2016، 2019، 2021 އަދި 2024 ވަނަ އަހަރުގެ ކޮޕަ އެމެރިކާގައި ކުޅުނެވެ. ސުއަރޭޒް ވަނީ، 2011 ވަނަ އަހަރުގެ ކޮޕަ އެމެރިކާ އުރުގުއޭ އަށް ކާމިޔާބުކޮށްދޭން އިސް ރޯލެއް އަދާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox