ފަސް އަހަރު ކުރިން ފުޓްބޯޅަ ބޫޓު ބޭލި ފޯލާން ރެކެޓްގައި ހިފައި ޕްރޮފެޝަނަލް ޓެނިހަށް

Oct 23, 2024, 4:46 AM
ފަސް އަހަރު ކުރިން ފުޓްބޯޅަ ބޫޓު ބޭލި ފޯލާން ރެކެޓްގައި ހިފައި ޕްރޮފެޝަނަލް ޓެނިހަށް

މޮންޓެވީޑޯ، އުރުގުއޭ (އޮކްޓޫބަރު 23) - މީގެ ފަސް އަހަރު ކުރިން ފުޓްބޯޅައިން ރިޓަޔާކުރި، އުރުގުއޭގެ ލެޖެންޑަރީ ފޯވާޑް، ޑިއޭގޯ ފޯލާން، ޕްރޮފެޝަނަލް ޓެނިސް މުބާރާތެއްގައި ކުޅެން ތައްޔާރުވެއްޖެ އެވެ.

އުމުރުން 45 އަހަރުގެ ފޯލާން، ފުޓްބޯޅަ ކެރިއަރު ނިންމާލީ 2019 ވަނަ އަހަރު އެވެ.

މީގެ ކުރިން، މެންޗެސްޓާ ޔުނައިޓެޑް، އިންޓަ މިލާން ވިޔަރެއާލް އަދި އެތުލެޓިކޯ މެޑްރިޑަށް ކުޅުނު ފޯލާން ޕްރޮފެޝަނަލް ޓެނިހަށް ނުކުންނާނީ އަންނަ މަހު މޮންޓެވީޑޯގައި ކުޅޭ އުރުގުއޭ އޯޕަންގެ ފިރިހެން ޑަބަލްސްގަ އެވެ.

Advertisement

ފޯލާންގެ ޑަބަލްސް ޕެއާ އަކީ، އާޖެންޓީނާގެ ފެޑެރީކޯ ކޯރިއާ އެވެ. އޭނާ އަކީ، ދުނިޔޭގެ ފިރިހެން ސިންގަލްސްގެ 101 ވަނަ އެވެ، މިދިޔަ އަހަރު އޭނާ ވަނީ ދުނިޔޭގެ 49 ވަނަ އަށް ވެސް ޖެހިލައިފަ އެވެ.

ޒުވާން އުމުރުގައި ޓެނިސް ކުޅުނު ފޯލާން އަންނަނީ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަންގެ މާސްޓާސް އިވެންޓްތަކުގައި ކުޅެމުންނެވެ. އެކަމަކު، ރަސްމީ ޕްރޮފެޝަަނަލް މުބާރާތެއްގައި އޭނާ ކުޅޭނީ އަންނަ މަހު އެވެ. އަންނަ މަހުގެ މުބާރާތުގައި ފޯލާން ކުޅެނީ ވައިލްޑް ކާޑް މެދުވެރިކޮށް ފަހިވި ފުރުސަތެއްގަ އެެވެ.

ޔުނައިޓެޑާ 2002 ވަނަ އަހަރު ގުޅުނު ފޯލާން އެ ޓީމަށް 98 މެޗު ކުޅެދިނެވެ. ފޯލާންގެ ކެރިއަރުގައި އެންމެ ބޮޑު ތަފާތެއް ދެއްކީ ވިޔަރެއާލް އާއި އެތުލެޓިކޯ އަށް ކުޅުނުއިރު އެވެ. އޭނާ ވަނީ ޔޫރަޕްގެ ލީގުތަކުގައި އެންމެ ގިނަ ގޯލު ޖަހާ ކުޅުންތެރިޔާ އަށް ދޭ ރަން ބޫޓު ދެ ފަހަރު ހޯދައިފަ އެވެ.

އުރުގުއޭ އިން 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ތިން ވަނަ ހޯދިއިރު، މުބާރާތުގެ މޮޅު ކުޅުންތެރިޔާ، ފޯލާން ވަނީ ޖެހިގެން އައި އަހަރު ބޭއްވި ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް އުރުގުއޭ އަށް ހޯދައިދޭން އެހީތެރިވެދީފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox