މާރާމާރީގެ ސަބަބުން ނޫނޭޒަށް ފަސް މެޗާއި 20،000 ޑޮލަރުގެ ސަސްޕެންޝަނެއް

Aug 28, 2024, 3:48 PM
މާރާމާރީގެ ސަބަބުން ނޫނޭޒަށް ފަސް މެޗާއި 20،000 ޑޮލަރުގެ ސަސްޕެންޝަނެއް

ލޫކޭ، ޕެރަގުއޭ (އޮގަސްޓް 28) - ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ކޮލަމްބިއާ އަތުން އުރުގުއޭ ބަލިވި މެޗަށް ފަހު، ކޮލަމްބިއާގެ ސަޕޯޓަރުންނާއި އުރުގުއޭގެ ކުޅުންތެރިންނާ ދެމެދު ހިނގި މާރާމާރީއާ ގުޅިގެން، އުރުގުއޭގެ ފޯވާޑް، ޑާވިން ނޫނޭޒްގެ ބައިވެރިވުން އޮތް މިންވަރު ބަލައި، އޭނާ ފަސް މެޗަށް ސަސްޕެންޑްކޮށް 20،000 ޑޮލަރުން ޖޫރިމަނާކޮށްފި އެވެ.

ކޮލަމްބިއާ އަތުން 1-0 އިން އުރުގުއޭ ބަލިވި މެޗުގައި، އުރުގުއޭގެ ކުޅުންތެރިންގެ އާއިލާ ތިބި ސަރަހައްދާ ގާތުގައި، ކޮލަމްބިއާގެ ސަޕޯޓަރުން ތިބި އެވެ. މެޗަށް ފަހު، މައްސަލަ ހޫނުވީ، އުރުގުއޭގެ ކުޅުންތެރިންގެ އާއިލާއާ ކޮލަމްބިއާގެ ސަޕޯޓަރުން ދިމާކުރަން ފެށުމުންނެވެ. އެ ހިސާބުން، އުރުގުއޭގެ ކުޅުންތެރިން ވަނީ، ސަޕޯޓަރުންގެ ތެެރެއަށް ގޮސް، އާއިލާގެ ދިފާއުގައި މާރާމާރީ ހިންގައިފަ އެވެ.

ކޮލަމްބިއާގެ ސަޕޯޓަރުންނާއި އުރުގުއޭގެ ކުޅުންތެރިންގެ ދެމެދުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން.--- ފޮޓޯ: އޭއެފްޕީ

މި ކަމާ ގުޅިގެން، އުރުގުއޭ 11 ކުޅުންތެރިންގެ މައްސަލަ ބަލަ އެވެ. އޭގެ ތެރެއިން ފަސް ކުޅުންތެރިއަކަށް އަދަބު ދޭން ދެކުނު އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަން، ކޮންމެބޯލްގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ނިންމައިފަ އެވެ.

އެ ގޮތުން، ނޫނޭޒް، 25، އަށް ފަސް މެޗާއި 20،000 ޑޮލަރުގެ ސަސްޕެންޝަނެއް އައިއިރު، ޓޮޓެންހަމްގެ މިޑްފީލްޑަރު، ރޮޑްރީގޯ ބެންޓަންކޫރު ވަނީ ހަތަރު މެޗަށް ސަސްޕެންޑްކޮށްފަ އެވެ.

ނަޕޯލީގެ ޑިފެންޑަރު، މަތައިސް އޮލިވޭރާ، ބާސެލޯނާގެ ރޮނާލްޑް އަރައުހޯ އަދި އެތުލެޓިކޯ މެޑްރިޑްގެ ހޯސޭ މާރިއާ ޖިމެނޭޒަށް ވަނީ ތިން މެޗުގެ ސަސްޕެންޝަނެއް އަތުވެފަ އެވެ.

މި ވަގުތު ތަހުގީގު ކުރިއަށްދާ އުރުގުއޭގެ ކުޅުންތެރިންނަކީ، ސަންޓިއާގޯ މެލޭ، ސަބެސްޓިއަން ކަސޭރެސް، އެމިލިއާނޯ މާޓިނޭޒް، މަޓިއަން ވީން، ބްރިއަން ރޮޑްރިގޭޒް އަދި ފަކުންޑޯ ޕެލެސްޓްރީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރޭކްތައް އަންނަ ގޮތުން "ލީގުގެ ފީލްއެއް ނީނދޭ": އާތީ

ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލަން ޖެހުމުން ކުޅުންތެރިންގެ ފިޓްނަސް އާއި ޕާފޯމަންސަށް އަސަރުކޮށް، ލީގުގެ އަސްލު ފޯރި ނުލިބޭ ކަމަށް ޓީސީގެ ކޯޗު އާތީ ބުނެފި. އާތީ ފާހަގަކުރި ގޮތުގައި ގިނަ ދުވަސްތަކެއްގެ ބްރޭކްތަކުގެ ސަބަބުން ޓީމުތަކުގެ ކޮންޓިނިއުޓީ ގެއްލި، މެޗުތަކަށް ތައްޔާރުވުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވޭ

ފީފާގެ އިންތިހާބުގައި އަރަބިންގެ ތާއީދު އިންފަންޓީނޯ އަށް

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ތާއީދުކުރުމަށް 22 ގައުމު ހިމެނޭ އަރަބް ފުޓްބޯޅަ ޔޫނިއަން (ޔޫއޭއެފްއޭ) އިން ނިންމައިފިއެވެ. އިންފަންޓީނޯއާ އެކު ޖުމްލަ ތިން ކެންޑިޑޭޓުން ވާދަކުރާ މި އިންތިހާބުގައި، އޭޝިއާ އާއި އެފްރިކާގެ ގައުމުތަކުގެ ބޮޑު ތާއީދަކާއެކު އޭނާއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވެއެވެ. ފީފާގެ އާ ރައީސަކު ހޮވުމަށް ވޯޓުލުން އޮންނާނީ އަންނަ އަހަރުގެ މާޗް މަހު މޮރޮކޯގައި ބާއްވާ ފީފާ ކޮންގްރެސްގައެވެ.

އިންޑިއާގެ ލެޖެންޑުން ފުޓްބޯޅަ ރައީސްގެ ޝަކުވާ ސަރުކާރަށް

އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ކަލްޔާން ޗޯބޭގެ އިތުބާރު ނެތްކަމުގެ މައްސަލަ، ބައިޗުން ބުޓިއާ ހިމެނޭހެން އެ ގައުމުގެ 14 ލެޖެންޑުން ސްޕޯޓްސް މިނިސްޓަރަށް ހުށަހަޅައިފި. މި ސިޓީގައި ފާހަގަކޮށްފައިވަނީ ފެޑެރޭޝަންގެ މާލީ ހާލަތު ގޯސްވެ ބަނގުރޫޓުވަމުންދާ ކަމަށް

ސުޒޭނާއި މޯހަންގެ ދުލުން: ބަދުނަސީބާއި ހައްލެއްގެ ވާހަކަ!

ސަރަހައްދުގެ އެހެން ގައުމުތަކުން ބޭރުގައި އުޅޭ އެ ގައުމުތަކުގެ ދަރިފަސްކޮޅުގެ ކުޅުންތެރިންނަށް ރަށްވެހިކަން ދީގެން ގައުމީ ޓީމުތައް ވަރުގަދަކުރަމުންދާއިރު، ރާއްޖެއަށް އެ ފުރުސަތު ކުޑަކަމަށް ކުރީގެ ކޯޗުން ފާހަގަކުރެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް އެކަށީގެންވާ ނިޒާމެއް ނެތްކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.

ވޭގާގެ ނަމެއް ނެތް، ފީފާ އިންތިހާބުގައި ތިން ކެންޑިޑޭޓުން!

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި ވާދަކުރާ ތިން ކެންޑިޑޭޓުންގެ ނަން އިއުލާނުކުރިއިރު، ކުރީގެ ކުޅުންތެރިޔާ ރަމޮން ވޭގާގެ ނަން ޝަރުތު ހަމަނުވުމުގެ ސަބަބުން ވަނީ ބާކީވެފައި. މި އިންތިހާބުގައި ވާދަކުރައްވަނީ މިހާރުގެ ރައީސް އިންފަންޓީނޯގެ އިތުރުން ފްރާންސްގެ ފިލިޕޭ ޑިއާލޯ އަދި ޖަޕާނުގެ ކޯޒޯ ޓަޝީމާ

އަނިޔާއިން ރަނގަޅުވެ އިލާން އެނބުރި އަންނަން ތައްޔާރު

ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ދެ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު، މާޒިޔާގެ ފޯވާޑް މުހައްމަދު އިލާން އިމްރާން އަލުން ކުޅުމަށް އެނބުރި އަންނަން ތައްޔާރުވެއްޖެ. މި އަނިޔާގެ ސަބަބުން އިލާނަށް ސާފް ޗެމްޕިއަންޝިޕާއި ލީގުގެ މުހިންމު މެޗުތަކެއް ގެއްލުނު ނަމަވެސް، އޭނާ މިހާރު ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައި

ފީފާ އިން ނޭޕާލްގެ ސަސްޕެންޝަން އުވާލަނީ؟

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލް ފުޓްބޯޅަ ފެޑެރޭޝަނަށް ދީފައިވާ ސަސްޕެންޝަން، ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި އުވާލާނެ ކަމަށް ނޭޕާލުން ވަނީ ބުނެފައި. މި ސަސްޕެންޝަން އުވާލުމަށް ނޭޕާލް ސަރުކާރުގެ މަންދޫބުން ފީފާ އާއި އޭއެފްސީއާ އެކު މަޝްވަރާކޮށްފައި

Newsletter

Get the latest news delivered straight to your inbox