ސާވެޓް އަތުން ބަލިވިޔަސް ޗެލްސީ ކޮންފަރެންސް ލީގަށް

Aug 30, 2024, 6:33 AM
ސާވެޓް އަތުން ބަލިވިޔަސް ޗެލްސީ ކޮންފަރެންސް ލީގަށް

ޒިއުރިކް (އޮގަސްޓް 30) - ކޮލިފައިން ޕްލޭއޮފްގެ ދެ ވަނަ ލެގުގައި ސްވިޒަލެންޑްގެ ސާވެޓް އަތުން 2-1 އިން ބަލިވި ނަމަވެސް އެގްރިގޭޓުން ކުރިހޯދައި ޗެލްސީން ޔުއެފާ ކޮންފަރެންސް ލީގަށް ކޮލިފައިވެއްޖެ އެވެ.

މިދިޔަ ހަފްތާގައި ޗެލްސީ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން އެ ޓީމު ވަނީ 2-0 އިން މޮޅުވެފަ އެވެ. އެހެންކަމުން، ރޭގެ ނަތީޖާއާ އެކު، އެ ޓީމަށް ކޮންފަރެންސް ލީގުން ފުރުސަތު ލިބުނީ، އެގްރިގޭޓަށް ބަލާއިރު، 3-2 އިން ކުރިހޯދައިގެންނެވެ.

ޗެލްސީން ރޭގެ މެޗުގައި ލީޑުނެގީ ޕެނަލްޓީ އަކުން ކްރިސްޓޮފާ އެންކުންކޫ ޖެހި ގޯލުންނެވެ. މި ޕެނަލްޓީ ދޭން ނިންމީ ޗެލްސީގެ މިހައިލޯ މުޑްރިކް އަށް ސާވެޓްގެ އޭރިއާތެރެއިން އެ ޓީމުގެ، ކެއިގޯ ސުނެމޭޓޯ ފައުލުކުރުމުންނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ސާވެޓް ވަނީ އެއްވަރުކޮށްފަ އެވެ. މި ލަނޑު ޖެހީ މެޗުގެ 32 ވަނަ މިނިޓްގައި، ޖެރެމީ ގީލެމެނޯ އެވެ. މިއީ، ޑެރެކް ކުޓޭސާ ނެގި ހުރަަހަކަށް އަރައި، ގީލެމެނޯ ޖެހި ލަނޑެކެވެ.

ޗެލްސީ އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން އެންޒޯ ފެނާންޑޭޒް ވަނީ ރަނގަޅު ހަމަލާއެއް ފޮނުވާލައިފަ އެވެ.

މެޗުގައި ސާވެޓް ލީޑުނެގީ، ބަދަލަކަށް ކުޅެން އެރި އެންޒޯ ކްރިވެލީ ޖެހި ގޯލުންނެވެ. މެޗުގެ 72 ވަނަ މިނިޓްގައި ކްރިވެލީ މި ލަނޑު ޖެހީ، ބަދަލަކަށް ކުޅެން އެރި، މިރޮސްލާވް ސްޓެވަނޯވިޗް ދިން ބޯޅައަކުންނެވެ. އިތުރު ގޯލެއް ޖަހައި، ނަތީޖާ އަނބުރާލެވޭތޯ، ސާވެޓުން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

ޗެލްސީގެ ނިކޮލަސް ޖެކްސަން ޖެހި ގޯލެއް އޮފްސައިޑްވިއިރު، ކޯލް ޕާމާ ފޮނުވާލި ހަމަލާއެއް ވަނީ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ.

ކޮންފަރެންސް ލީގުގެ ގުރުއަތުލުން މިއަދު ކުރިއަށްދާއިރު، އެ މުބާރާތް ވެސް ކުރިއަށްދާނީ 36 ޓީމު ހިމެނޭ ގޮތަށް ލީގު ފޭސްއެއް ކުޅޭ ގޮތަށެވެ. އަދި ކޮންމެ ޓީމެއް ތަފާތު އަށް ޓީމަކާ ކުޅުމަށް ފަހު، ރޭންކިން ރަނގަޅު އަށް ޓީމަކަށް ގަދަ 16ގެ ޖާގަ ލިބޭއިރު، ނުވަ ވަނައިިން ފެށިގެން 24 ވަނައާ ދެމެދު ރޭންކް ކުރެވޭ ޓީމުތައް ޕްލޭއޮފެއް ކުޅުމަށް ފަހު، ގަދަ 16 ގެ ބާކީ އަށް ޖާގަ އަށް ޓީމުތައް ދަތުރުކުރާ ގޮތަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox