ވިޔަފާރިއެއްގެ ފައިސާ ބިދޭސީއެއްގެ އެކައުންޓަށް ޖަމާކުރުމަކީ ކުށެއް: އިހުސާން

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން: ވިޔަފާރިއެއްގެ ފައިސާ ބިދޭސީއެއްގެ އެކައުންޓަށް ޖަމާކުރުމަކީ ކުށެއް ކަމަށް ވިދާޅުވި -- ފޮޓޯ: ހޯމް ލޭންޑް

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން: ވިޔަފާރިއެއްގެ ފައިސާ ބިދޭސީއެއްގެ އެކައުންޓަށް ޖަމާކުރުމަކީ ކުށެއް ކަމަށް ވިދާޅުވި -- ފޮޓޯ: ހޯމް ލޭންޑް

ރާއްޖޭގައި ކުރާ އެއްވެސް ވިޔަފާރިއެއްގެ ފައިސާ ބިދޭސީއެއްގެ އެކައުންޓަށް ޖަމާ ކުރުމަކީ ގާނޫނީ ކުށެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެެއްޖެ އެވެ.

ހޯމްމިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާން ވިދާޅުވީ ވިޔަފާރީގެ ފައިސާ އެއްވެސް ހާލެއްގައި ބިދޭސީއެއްގެ އެކައުންޓަށް ޖަމާ ކުރުމަކީ ރާއްޖޭގައި ހުއްދަ ކަމަކަށް ނުވާތީ، އެކަން ޓޮލަރޭޓް ނުކުރާނެ ކަމަށެވެ.

"އެކްސެޕްޝަން ޓު ޕޮލިސީއެއް އޮތް ކަމެއް ނޫން އެއީކީ. އެއީ ފަހުން ތިމަންނަ އޯނަރު މީހާގެ އެކައުންޓަށް ޖަމާ ކުރާނަމޭ މިއީކީ އޮތް ގޮތެއް ނޫން ރާއްޖޭގައި. އެއީ އަޅުގަނޑުމެން ޓޮލެރޭޓް ކުރާނެ ކަމެއް ނޫން. އެގޮތަށް އެއްވެސް މީހަކު އަމަލު ކުރާނަމަ އެ ކުރެވެނީ ގާނޫނީ ކުށެއް،" އިހުސާން ވިދާޅުވި އެވެ.

ވިޔަފާރިއަށް ލިބޭ ފައިސާ ޖަމާކުރަން ޖެހޭނީ އެ ކުންފުންޏަކަށް ނުވަތަ އެ ކުންފުނި ރަޖިސްޓްރީ ކޮށްފައިވާ މީހާގެ އެކައުންޓަށްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެ ވިޔަފާރިއެއްގައި އުޅޭ މުވައްޒަފެއްގެ އެކައުްނޓަށް ޖަމާ ކުރުމަކީ ގޯހެއް ކަމަށެވެ.

ފައިސާ ޖަމާވާ ބިދޭސީ މީހާއަކީ އެ ވިޔަފާރި ހިންގާ މީހާ ކަމަށް ބެލުމުގެ ފުރުސަތު ވެސް އޭނާ ވިދާޅުވި ގޮތުގައި އޮންނާނެ އެވެ. އެހާލަތުގައި އެ ބިދޭސީ މީހާ ޑިޕޯޓް ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

"ވިސާ ވަޔަލޭޝަނެއް ވިއްޔާ އަޅުގަނޑުމެން ނުބަލަން ކިހާ ވަރެއްގެ ވަޔަލޭޝަނެއްތޯ އެއީކީ. ވިސާގައި އިންނާނެ ވަރަށް ކްލިއާކޮށް އެމީހާއަށް ދީފައި އިންނާނެ އޭނައަށް ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަނަކްން. މީނެ ކަމެއް އެބަ ކުރެއޭ ބުނާ ހިސާބުން ނިންމޭނެ،" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް ސެލޫންގެ ވިޔަފާރި ކުރަމުންދިޔަ ރަޖަނީ ޝްރެސްތާ (ރިޒް) ޑީޕޯޓްކުރީ އޭނާ ހިންގި ސެލޫންގެ ފައިސާ އޭނާއާ ގާތް ގުޅުމެއް އޮތް އެހެން ބިދޭސީއެއްގެ އެކައުންޓަށް ޖަމާކުރުމުން ކަމަށެވެ.

އެއާއެކު އޭނާ ވިޔަފާރިކުރާކަން ސާބިތުވެ، އެ ވިޔަފާރި ކުރަނީ އެ ކުންފުނިން ނޫންކަން އެނގިފައިވާކަން އިހުސާން ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox