ނިބާލްގެ ސްކޮލަޝިޕް ފައިސާ އާއި ބެޑްމިންޓަން ކޯޗުގެ މުސާރަ މައްސަލަ އޭސީސީ އަށް

ގައުމީ ބެޑްމިންޓަން ޓީމުގެ ތަރި ނިބާލް.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ގައުމީ ބެޑްމިންޓަން ޓީމުގެ ތަރި ނިބާލް.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ގައުމީ ބެޑްމިންޓަން ޓީމުގެ ނިބާލް އަހުމަދަށް ޕެރިސް އޮލިމްޕިކްސް ސްކޮލަޝިޕުން ލިބުނު ފައިސާ އަށާއި ގައުމީ ބެޑްމިންޓަން ޓީމުގެ ދެކުނު ކޮރެއާގެ ކޯޗު، ޖަންގް ކީ ޔޫން އަށް ދިން މުސާރައިގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

ރިވައިވަލް ސްޕޯޓްސް ކްލަބުން ހުށަހެޅީ ނިބާލް އާއި ކޯޗު ކީ ޔޫންގެ މުސާރަ އަށް ބެޑްމިންޓަން އެސޯސިއޭޝަނުން އިހުމާލުވެފައިވާތީ، އެ މައްސަލަ ބަލައިދިނުމަށެެވެ. އޭސީސީން ވަނީ އެ މައްސަލަ ރަޖިސްޓްރީކޮށްދީފަ އެވެ.

މައްސަލަތަކަށް ބަލާއިރު ފާހަގަކޮށްފައިވަނީ، ނިބާލް އަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ފަރާތުން ޕެރިސް އޮލިމްޕިކްސް ސްކޮލަޝިޕް ހަމަޖެހިފައިވާ ފަރާތެއް ކަމަށްވާއިރު، މިސްކޮލަޝިޕުގެ އެއްބަސްވުމުގައި ވާ ގޮތުން އޮލިމްޕިކް ކޮމިޓީން އިން ސްކޮލަރޝިޕްގެ ފައިސާ ކޮންމެ މަހަކަށް 1500 ޑޮލަރުގެ މަގުން ކޮންމެ ހަތަރު މަހަކުން 6000 ޑޮލަރު ބެޑްމިންޓަން އެސޯސިއޭޝަނަށް ޖަމާކުރަމުންދާ ކަމަށެވެ.

އެ ގޮތުން، އެންމެ ފަހުން، މި މަހު ޖަމާކޮށްދިން 6000 ޑޮލަރުގެ ތެރެއިން އެސޯސިއޭޝަނުން ނިބާލް އަށް ދީފައިވަނީ 1700 ޑޮލަރު ކަމަށާއި، ބާކީ 4300 ޑޮލަރު ރީއިމްބާސް ކޮށްފައިވަނީ ނިބާލަށް ކުރި ހަރަދުގެ ގޮތުގައި ބެޑްމިންޓަން އެސޯސިއޭޝަންގެ ބަޖެޓަށް ކަމަށެވެ. އެކަމަކު، މިދިޔަ އަހަރު މޮރިޝަސްގައި ބޭއްވުނު މުބާރާތެއްގައި ގައުމީ ޓީމުގެ އެކޮމަޑޭޝަން، އެންޓްރީ ފީ، ކެއުން، އަދި 14 އިވެންޓަށް 3270 ޑޮލަރު ހަރަދުކޮށްފައިވަނީ ނިބާލްގެ ސްކޮލަޝިޕް ފައިސާއިން ކަމަށްވާއިރު، މި މައްސަލަ ބަލައިދިނުމަށެވެ.

މީގެ އިތުރުން، ރިވައިވަލް ސްޕޯޓްސް ކްލަބުން ހުށަހެޅި މައްސަލައިގައި ދެން ފާހަގަކޮށްފައިވަނީ، ސްޕޯޓްސް މިނިސްޓްރީން މުސާރަ ހަމަޖައްސައިދޭ ގޮތަށް ގައުމީ ބެޑްމިންޓަން ޓީމަށް ގެނައި ކޯޗު، ކީ ޔޫންގެ މުސާރަ ދިނުމަށް ވެސް ނިބާލްގެ ސްކޮލަޝިޕް ފައިސާ އުސޫލުން ބޭރުން ހަރަދުކޮށްފައިވާ ކަމަށެެވެ. އެ ގޮތަށް ބެލެވޭ ސަބަބުތައް ވެސް ރިވައިވަލް އިން ފާހަގަކޮށްފައިވެ އެވެ. އެެއީ ކޯޗު ކީ ޔޫންގެ 10 މަހުގެ މުސާރަ އަށް ނުވަ ލައްކަ ތިރީސް އަށް ހާސް ފަންސާސް ރުފިޔާ ސްޕޯޓްސް މިނިސްޓްރީ އިން ބެޑްމިންޓަން އެސޯސިއޭޝަނަށް ދޫކޮށްފައިވާއިރު، ކޯޗަށް އެ އަދަދަށް މިހާތަނަށް މުސާރަ ލިބިފައިނުވާ މައްސަލަ އެވެ.

އޭސީސީ އަށް މައްސަލަ ހުށަހެޅިއިރު، ރިވައިވަލް އިން ފާހަގަކޮށްފައިވާ ކަމަކީ، ކޯޗު ކީ ޔޫންގެ މުސާރަ އަށް ދޫކޮށްފައިވާ ފައިސާ އަށް ބަލާއިރު، 938،050 ރުފިޔާ، އަކީ ޑޮލަރުން ބަލާނަމަ 15.42 ގެ ރޭޓުން، 60،833 ޑޮލަރެވެ. އަދި 10 މަހަށް ބަހާލާނަމަ މަހަކަށް، 6083 ޑޮލަރެވެ. އެކަމަކު، މިދިޔަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ކޯޗަށް ކޮންމެ މަހަކު ދީފައިވަނީ 2000 ޑޮލަރު ކަމަށާއި އަދި ޑިސެމްބަރު މަހުން ފެށިގެން 4000 ޑޮލަރު ލިބޭނެ ކަމަށް ބުނި ނަމަވެސް ދީފައިވަނީ 3000 ޑޮލަރު ކަމަށާއި މި އަހަރުގެ ޖޫން މަހުގެ ފަހުން 4000 ޑޮލަރު ލިބެމުން އަންނަ ކަމަށެވެ.

ގައުމީ ބެޑްމިންޓަން ޓީމަށް 2018 ވަނަ އަހަރު ކޯޗުކޮށްދިން، ނިޝާންތު ކައުތޭކަރު ވެސް ސޯޝަލް މީޑިއާގައި ބުނެފައިވަނީ، ބެޑްމިންޓަން އެސޯސިއޭޝަނުން އޭނާއާ މެދު ވެސް ކަންކަން ކޮށްފައިވަނީ އެއްބަސްވި ގޮތާ ހިލާފަށް ކަމަށެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މުއްދަތު ހަމަވިތާ، ފަސް މަސްވީއިރު ވެސް ސްޕޯޓްސް ކޮމިޝަނަރުގެ އެންގުންތަކަށް ބޯލަނބާފައިނުވާތީ، އެ އެސޯސިއޭޝަން ހިންގުން، ސްޕޯޓްސް ކައުންސިލްގެ ދަށަށް ވަނީ ގެނެސްފަ އެވެ.

ނިބާލް ވަނީ، އޭނާގެ ސްކޮލަޝިޕް ފައިސާއާ ގުޅޭ މައްސަލައިގައި ހައްލެއް ހޯދަން ސްޕޯޓްސް ކައުންސިލަށް ވެސް ސިޓީ ފޮނުވައިފަ އެވެ.

އޭސީސީން އަންނަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ އެންމެ ފަހުން އޮތް ލީޑަޝިޕާ ގުޅޭ ކޮރަޕްޝަންގެ އެހެން މައްސަލައެއް ވެސް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox