އަންޗެލޮޓީ ބުނީ ރެއާލަށް އެމްބާޕޭ ގިނަ ގޯލުތަކެއް ޖަހާނެ ކަމަށް

Aug 29, 2024, 2:40 AM
އަންޗެލޮޓީ ބުނީ ރެއާލަށް އެމްބާޕޭ ގިނަ ގޯލުތަކެއް ޖަހާނެ ކަމަށް

މެޑްރިޑް (އޮގަސްޓް 29) - މި ސީޒަނުގައި ރެއާލް މެޑްރިޑާއި ގުޅުން ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭގެ ފަރާތުން ކުރިއަށް އޮތް ތަނުގައި ގިނަ ގޯލުތަކެއް ފެނިގެންދާނެ ކަމަށް ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ޕީއެސްޖީ ދޫކޮށް ރެއާލަށް ކުޅުނު ފުރަތަމަ ރަސްމީ މެޗުގައި އެމްބާޕޭ ވަނީ ލަނޑު ޖަހައިފަ އެވެ. އެއީ، ޔުއެފާ ސުޕަ ކަޕް މެޗުގައި އެޓަލަންޓާ ކޮޅަށެވެ.

އެކަމަކު، މި ސީޒަނުގެ ސްޕެނިޝް ލީގުގައި މިހާތަނަށް ރެއާލުން ދެ މެޗެއް ކުޅެފައިވާއިރު، މި ދެ މެޗުގައި ވެސް އެމްބާޕޭގެ ފަރާތުން ގޯލެއް ފެނިފައެއް ނުވެ އެވެ.

އަންޗެލޮޓީ ބުނީ، އެމްބާޕޭގެ ފަރާތުން ލީގުގެ މެޗުތަކުގައި ލަނޑެއް ނުފެނުނަސް ކުޅުމާ މެދު ހިތްހަަމަޖެހޭ ކަމަށެވެ.

"އެމްބާޕޭގެ ކުރިއެރުމާ މެދު ހިތްހަމަ އަހަރެން ޖެހޭ. އަހަރެން އަށް ހީވަނީ އެމްބާޕޭ ސްޕެނިޝް ލީގަށް ހޭނޭލެއް ރަނގަޅުހެން. އޭނާގެ ފަރާތުން މި ޓީމަށް ގިނަ ގޯލުތަކެއް ފެންނާނެ،" އަންޗެލޮޓީ ބުންޏެވެ.

އެމްބާޕޭ ދެ މެޗު ގޯލު ނުޖަހައި، ނިންމާލުން އެއީ މާބޮޑު މައްސަލަ އެއް ނޫން ކަމަށާއި، ދެން އަންނަ މެޗުގައި އެމްބާޕޭގެ ގޯލެއް ފެނުމުގެ ފުރުސަތު ބޮޑު ކަމަށް އަންޗެލޮޓީ ވަނީ ބުނެފަ އެވެ.

އަންޗެލޮޓީ ބުނީ، ރެއާލްގެ ކުޅުންތެރިންގެ ކުރިއެރުމާ މެދު ހިތްހަމަ ޖެހޭ ކަމަށާއި, ކުރިއަށް ހުރި މެޗުތަކުގައި އެ ޓީމުގެ ފަރާތުން ކުޅުން ރަނގަޅުކޮށް ގިނަ ގޯލުތަކެއް ފެންނާނެ ކަމާމެދު ޝައްކުނުކުރާ ކަމަށެވެ.

ސްޕެނިޝް ލީގުގައި މިރޭ ރެއާލުން ރަށުންބޭރުގައި ލަސް ޕަލްމާސްއާ ބައްދަލުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox