ޓޭބަލް ޓެނިސް ގައުމީ ރޭންކިން އެއް ވަނަ ދީމާ އާއި މުންސިފަށް

Aug 26, 2024, 8:13 AM
ޓޭބަލް ޓެނިސް ގައުމީ ރޭންކިން އެއް ވަނަ ދީމާ އާއި މުންސިފަށް

ޓޭނަލް ޓެނިހުގެ ގައުމީ ރޭންކިން މެޗުތައް ނިންމާލިއިރު، އަންހެން އެއް ވަަނަ ފާތުމަތު ދީމާ އަލީ ދިފާއުކުރިއިރު، ފިރިހެން ރޭންކިން އެއް ވަނަ ތަޖުރިބާކާރު ކުޅުންތެރިޔާ، މޫސާ މުންސިފް އަހުމަދު ހޯދައިފި އެވެ.

ރޭންކިންގައި ގަދަ ނުވައެއް ވާދަކުރާއިރު، ފިރިހެން ރޭންކިންގައި ދެ ކުޅުންތެރިއަކު ވާދަނުކުރެ އެވެ.

ދީމާ، 16، އަންނަނީ މީގެ ހަ ވަރަކަށް އަހަރު ކުރިން ރޭންކިން އެއް ވަނަ އަށް އެރި ގޮތަށް، އެ މަގާމު ދިފާއުކުރަމުންނެވެ. ދީމާ، އެންމެ ފުރަތަމަ ރޭންކިން ކުރިއަށް ޖެހިލީ 2018 ވަނަ އަހަރު އެވެ.

ދީމާ، މި ފަހަރު ރޭންކިން އެއް ވަނަ ހޯދީ ތިން ބުރު ކުޅުނުއިރު، 24 މެޗުން ވެސް މޮޅުވެގެންނެވެ. ދީމާ އަށް ޖުމްލަ އެކު، 48 ޕޮއިންޓް ލިބިފައިވެ އެވެ.

ރޭންކިންގައި، ދެ ވަނަ ހޯދީ އިނގިރޭސިވިލާތުގައި ޑޮކްޓަރުކަން ކިޔެވަމުން ވެސް ޓީޓީ އަށް ވަގުތު ހުސްކުރަމުން އަންނަ، އައިޝަތު ރަފާ ނާޒިމް އެވެ. ރަފާ ވަނީ ރޭންކިންގައި ކުޅުނު 24 މެޗުގެ ތެރެއިން، 21 މެޗުން މޮޅުވެފަ އެވެ. ބަލިވީ ދީމާއާ ދެކޮޅަށް ކުޅުނު މެޗުތަކުންނެވެ. ރަފާ، ވަނީ ދާދި ފަހުން، ނިމުނު އިންޓަ ސްކޫލް ޓީޓީ މުބާރާތުގައި އިސްކަންދަރު ސްކޫލްގެ ކޯޗަކަށް ވެސް މަސައްކަތްކޮށްފަ އެވެ.

ޓީޓީ އަންހެން ރޭންކިން:

1. ފާތިމަތު ދީމާ އަލީ - 48 ޕޮއިންޓް

2. އައިޝަތު ރަފާ ނާޒިމް - 48 ޕޮއިންޓް

3. މިޝްކާ މުހައްމަދު އިބްރާހިމް - 41 ޕޮއިންޓް

4. ލައިސާ ފަތުހުﷲ - 39 ޕޮއިންޓް

5. ފާތިމަތު ޖުމާނާ ނިމާލް - 35 ޕޮއިންޓް

6. މަލާކް ބިންތި މުއިއްޒު - 33 ޕޮއިންޓް

7. މިންހާ މަހްޖޫބް ސުޖާއު - 30 ޕޮއިންޓް

8. އައިޝަތު އަލްސާ ނާފިޒު - 28 ޕޮއިންޓް

9. އައިޝަތު މަލަކް ތާސީން - 25 ޕޮއިންޓް

ފިރިހެން ރޭންކިންގެ އެއް ވަނަ އަށް މުންސިފް ޖެހިލީ ފޯރިގަދަކޮށް ދިޔަ މެޗުތަކުން ވެސް މޮޅުވެގެންނެވެ. ގައުމީ ޓީޓީ ޓީމުގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ، މުންސިފް ވަނީ ރޭންކިންގައި ކުޅުނު 24 މެޗުތަކުގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފަ އެވެ. ހުރިހާ މެޗަކުން މޮޅުވެ، 48 ޕޮއިންޓް ހޯދާފައިވެ އެވެ.

ރޭންކިން ދެ ވަނައިގައި ކުރިން އޮތް ގައުމީ ޗެމްޕިއަންކަން ހޯދާފައިވާ މުހައްމަދު ޝައްފާން އިސްމާއިލް އާއި މުހައްމަދު ތާބިން ސުޖާއު މުބާރާތުގައި ނުފެނުނީ ގައުމުގައި ނެތުމުންނެވެ.

ރޭންކިން ދެ ވަނައިގައި މި ފަހަރު އޮތީ އަހުޔާރު އަހުމަދު ހާލިދު އެވެ. އޭނާ ވަނީ 24 މެޗުގެ ތެރެއިން 21 މެޗުން މޮޅުވެފަ އެވެ. ބަލިވީ މުންސިފާ ދެކޮޅަށް ކުޅުނު މެޗުތަކުންނެވެ. އަހުޔާރު ވަނީ، 45 ޕޮއިންޓް ހޯދައިފަ އެވެ.

ގައުމީ ރޭންކިންގައި ހިމެނޭ ފަސް ކުުޅުންތެރިންނަށް ގައުމީ އެތުލީޓުންނަށް ދޭ މުސާރަ ލިބޭނެ އެވެ.

ޓީޓީ ފިރިހެން ރޭންކިން:

1. މޫސާ މުންސިފް އަހުމަދު - 48 ޕޮއިންޓް

2. އަހުޔާރު އަހުމަދު ހާލިދު - 45 ޕޮއިންޓް

3. ޒީކް ހަސަން ލަތީފް - 42 ޕޮއިންޓް

4. އިބްރާހިމް އައުޒަމް އަޒީމް - 37 ޕޮއިންޓް

5. އުމީރު މުހައްމަދު މުއިއްޒު - 35 ޕޮއިންޓް

6. ހުސެއިން އާދު އާސިމް - 35 ޕޮއިންޓް

7. އަހުމަދު ރައްޔާން މުހައްމަދު އަނީސް - 31 ޕޮއިންޓް

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox