ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖޭގެ ދެ ރެފްރީ

Aug 26, 2024, 4:47 AM
ނޭޕާލާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: ސާފް

ނޭޕާލާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: ސާފް

ނޭޕާލުގައި މިހާރު ކުރިއަށްދާ ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖޭގެ ދެ ރެފްރީން ކަމަށްވާ އަފްޝީން ނަސީރު އާއި ރައީފް ރައޫފް އަށް ދެ މެޗެއްގައި އިންސާފުކުރުމުގެ ފުރުސަތު ލިބިއްޖެ އެެވެ.

އެ ގޮތުން، އަފްޝީން އާއި ފީފާ އެސިސްޓަންޓް ރެފްރީ ބެޖް މި ފަހުން ހާސިލްކުރި ރައީފް އަށް ފުރުސަތު ލިބިފައިވަނީ، ސްރީ ލަންކާ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗާއި މުބާރާތް ބާއްވާ ގައުުމު ކަމަށްވާ ނޭޕާލާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގަ އެވެ.

ބަންގްލަދޭޝް އާއި ނޭޕާލް މެޗުގެ ރެފްރީ އަކަށް އަފްޝީން ހުރިއިރު، ލަންކާ އާއި ބަންގްލަދޭޝް މެޗުގެ ބަދަލު ރެފްރީ އަކަށް ވެސް ފެނިގެންދިޔަ އެވެ. އަދި ދެ މެޗުގެ އެސިސްޓަންޓް ރެފްރީ އަކީ ރައީފް އެވެ.

ސާފްގެ މުބާރާތްތަކަށް ރެފްރީން ފޮނުވުމުގެ ފުރުސަތު ކޮންމެ މެމްބަރު އެސޯސިއޭޝަނަކަށް ވެސް ލިބެ އެެެވެ. އެ ގޮތުން ސާފް އިން ކަނޑައަޅާ މިންގަނޑަކީ ފީފާ ބެޖް ހާސިލްކޮށްފައިވާ ރެފްރީއެއް ނޫނީ އެ ގައުމުގެ ލެވަލް ވަން ރެފްރީއެއް ފޮނުވުމަށެވެ.

އެ ގޮތުން، ރާއްޖޭން މި ފަހަރު، ފޮނުވި ރެފްރީ އަކީ، ފުރަތަމަ ޑިވިޝަނުގައި މި ފަހުން ގިނަ މެޗުތަކެއްގައި އިންސާފުކުރި، އަފްޝީން އެވެ. މި އަހަރު އެފްއޭއެމް އިން ބޭއްވި ހަމައެކަނި މުބާރާތް، 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ މެޗުތަކުގައި ވެސް އަފްޝީން ވަނީ ރެފްރީކަން ކޮށްފަ އެވެ.

ނޭޕާލް އާއި ބަންގްލަދޭޝް ކުޅުނު މެޗު ފެށުމުގެ ގޮތުން އަފްޝީން ޓޮސް ކުރިއަށްގެންދަނީ.--- ފޮޓޯ: އޯލް ނޭޕާލް ފުޓްބޯލް އެސޯސިއޭޝަން (އަންފާ)

މި ފަހަރުގެ ސާފް މުބާރާތުގައި ފީފާ ބެޖް ހާސިލްކޮށްފައިވާ 12 ރެފްރީން ތިބިއިރު، އަފްޝީން މި ވަނީ، ގައުމީ ލެވަލްގެ ސްލޮޓެއްގައި ގޮސް ދެ މެޗެއްގައި އިންސާފުކޮށްފަ އެވެ. މިއީ، ރެފްރީއެއްގެ ގޮތުގައި އަފްޝީންގެ ފުރަތަމަ އިންޓަނޭޝަނަލް މުބާރާތެވެ.

އޭނާ އުންމީދުކޮށްގެން ހުރީ، މުބާރާތުގެ ފައިނަލުގައި ރެފްރީކަން ކުރުމުގެ ފުރުސަތަކަށެވެ.

"ފުރަތަމަ މެޗުގައި އިންޖަރީއެއް އައީމަ، އެސެސަރު ދިން ރެސްޓެއްގައި ދެން މި ހުރީ، ހީވޭ ފައިނަލް ލިބޭނެހެން،" އަފްޝީން ބުންޏެވެ.

ބޫޓާން އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެ، ނޭޕާލް ވަނީ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފަ އެވެ. ދެ ވަނަ ޖާގަ ލިބޭނީ، ދެ ވަނަ ސެމީގައި މިިއަދު ބަންގްލަދޭޝް އާއި އިންޑިއާ ކުޅެގެން މޮޅުވާ ޓީމަކަށެވެ. މިއަދުގެ މެޗުގެ އެސިސްޓަންޓް ރެފްރީ އަކަށް ރައީފް ހަރަކާތްތެރިވާނެ އެވެ.

ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި މެޗު ކޮމިޝަނަރެއްގެ ގޮތުގައި، އަބްދުލްހަމީދު އަބްދުލްގަފޫރު (އައްޑޯ) އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މިދިޔަ އަހަރުގެ ހަތަރު މަސްތެރޭގައި ކުރިއަށްދިޔަ ސަރަހައްދީ ފުޓްބޯޅަ މުބާރާތްތަކުގެ ތިން ފައިނަލުން ވެސް ރާއްޖޭގެ ރެފްރީން ވަނީ ފުރުސަތު ހޯދައިފަ އެވެ. މިދިޔަ އަހަރު ޖުލައި މަހު އިންޑިއާގައި ނިމުނު ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕާއި، ސެޕްޓެމްބަރު މަހު ނިމުނު 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕާއި 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގައި ވެސް ދިވެހި ރެފްރީން ފެނުނެވެ.

އިންޑިއާ އާއި ކުވެއިތު ވާދަކުރި ސާފް ޗެމްޕިއަންޝިޕްގެ ފަސްޓް އެސިސްޓަންޓް ރެފްރީކަންކުރީ ރާއްޖޭގެ އޭއެފްސީ އެލީޓް ރެފްރީ އަހުމަދު ހަސަން އެވެ. ބަންގްލަދޭޝް އާއި އިންޑިއާ ވާދަކުރި 16 އަހަރުން ދަށުގެ ފައިނަލުގައި ރާއްޖޭގެ ދެ ރެފްރީން ކަމަށްވާ ޒަހީރު ހުސެއިން އާއި ރައީފް ރައުފް ހަރަކާތްތެރިވި އެވެ. ޕާކިސްތާނާއި އިންޑިއާ ވާދަކުރާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގެ ރެފްރީ އަކީ ރާއްޖޭގެ އަލީ ނަދީމް އެވެ. އަދި އެސިސްޓަންޓް ރެފްރީ އަކީ ހުސައިން ޝަހީމް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox