އެންމެ ފަހުން ލުކާކޫ ވިއްކާލެވޭނެ ގޮތެއް ޗެލްސީން ހޯދައިފި

Aug 24, 2024, 8:32 AM
އެންމެ ފަހުން ލުކާކޫ ވިއްކާލެވޭނެ ގޮތެއް ޗެލްސީން ހޯދައިފި

ލަންޑަން (އޮގަސްޓް 24) - ޗެލްސީ އަށް ކުޅެމުން އަންނަ ބެލްޖިއަމް ފޯވާޑް، ރޮމެލޫ ލުކާކޫ، އިޓަލީގެ ނަޕޯލީ އަށް ވިއްކާލުމަށް ޗެލްސީން އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޗެލްސީން 2021 ވަނަ އަހަރު ލުކާކޫގެ ސޮއިހޯދީ 98 މިލިއަން ޕައުންޑް (135 މިލިއަން ޑޮލަރު)ގެ ފީ އަކަށެވެ. މިއީ އެހާތަނަށް އެ ކްލަބްގެ ތާރީހުގައި އެންމެ އަގުބޮޑު ޓްރާންސްފާ އެވެ. ޗެލްސީގެ ޖޯޒީގައި ކުޅުނު ފުރަތަމަ މެޗުތަކުގައި ލުކާކޫގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ނަމަވެސް، ސީޒަންގެ މެދުތެރެއިން އޭނާ ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގެ މައްސަލަ ހޫނުވެ، ޗެލްސީ ސަޕޯޓަރުންގެ ނުރުހުން އަމާޒުވި އެވެ. އެހެންވެ، އަލުން އޭނާ އިންޓަ އަށް ލޯން އެއްބަސްވުމެއްގެ ދަށުން ބަދަލުވި އެވެ.

އިންޓަ އިން ލުކާކޫގެ ޑީލް ދާއިމީ ކުރަން ކުރި މަސައްކަތުގައި ޗެލްސީއާ އެކު، އެއްބަސްވުމަކަށް ނާދެވުނެވެ. އެހެންވެ، މިދިޔަ ސީޒަނުގައި، ލުކާކޫ ވަނީ ލޯނަކަށް ރޯމާ އަށް ކުޅެފަ އެވެ. ރޯމާ އިން ވަނީ ލުކާކޫގެ އެއްބަސްވުން ދާއިމީ ކުރަން ޗެލްސީން ކީ އަގުބޮޑުވުމުން އެ ފުރުސަތު ދޫކޮށްލައިފަ އެވެ.

ލުކާކޫ އަށް ޗެލްސީގައި މުސްތަގުބަލެއް ނެތް ކަމަށް އެ ކްލަބްގެ މެނޭޖްމަންޓުން އަންގާފައިވީ ނަމަވެސް، މިހާތަނަށް އޭނާ ގަންނަން އެއްވެސް ކްލަބަކަށް ޗެލްސީން ރުހޭ އޮފާއެއް ހުށަހެޅުންވެފައި އޮތީ އުނދަގޫ ކަމަކަށެވެ. އެކަމަކު، ޗެލްސީގެ ކުރީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ހަވާލުވި ނަޕޯލީން މިހާރު ވަނީ ލުކާކޫ ގަންނަން ޗެލްސީ އަށް ފަރުޖައްސާލެވޭނެ ބިޑެއް ހުށަހަޅައިފަ އެވެ. އެއީ، ޖުމްލަ އެކު، 45 މިލިއަން ޑޮލަރު ދޭ ގޮތަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ފަހަރުގެ ޓްރާންސްފާގައި ޗެލްސީން ގަތް 11 ކުޅުންތެރިންނަށް ފަހު، އެ ކްލަބްގެ ސްކޮޑުގެ ކުޅުންތެރިންގެ އަދަދު ވަނީ 40 އަށް ވުރެ މަތިވެފަ އެވެ. ޗެލްސީން އަންނަނީ ކުޅުންތެރިން ވިއްކައިގެން ސްކޮޑު ކުޑަކުރަން މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox