ކާބޯތަކެތީގެ ރައްކާތެރިކަން ބަލަން، އާ ގާނޫނުގައި ކައުންސިލްތަކަށް ބޮޑު ޒިންމާއެއް

Aug 24, 2024, 7:43 AM
ހެލްތު މިނިސްޓްރީ، އާ ގާނޫނުގައިވާ ގޮތުން އެމްއެފްޑީއޭ ހިންގާނީ މިމިނިސްޓްރީގެ ދަށުން. ފޮޓޯ: ހުސައިން ވަހީދު/އަދަދު

ހެލްތު މިނިސްޓްރީ، އާ ގާނޫނުގައިވާ ގޮތުން އެމްއެފްޑީއޭ ހިންގާނީ މިމިނިސްޓްރީގެ ދަށުން. ފޮޓޯ: ހުސައިން ވަހީދު/އަދަދު

މިދިޔަ މެއި މަހު ރައީސް ތަސްދީގުކުރައްވައި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރައްވާފައިވާ ކާބޯތަކެތީގެ ގާނޫނަށް އިއްޔެ އަމަލުކުރަން ފެށުމާ އެކު ލޯކަލް ކައުންސިލްތަކަށް ބޮޑު ޒިންމާއެއް ހަވާލުވެއްޖެ އެވެ.

އެ ގާނޫނުގައިވާ ގޮތުން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަކީ އެ ގާނޫނުގެ ދަށުން އަލުން އުފެދޭ އިދާރާއަކަށް ވާއިރު، ރަށްތަކަކާއި ސިޓީތަކުގައި އެ އިދާރާގެ ބައެއް މަސައްކަތްތައް ހިންގަން ޖެހޭނީ ކައުންސިލްތަކުންނެވެ. އެހެން ނަމަވެސް އެ މަސައްކަތްތައް ކުރާ މުވައްޒަފުންނަކީ އެ އިދާރާއިން ހުއްދަދޭ ބައެކެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުން ކައުންސިލްތަކާ ހަވާލުވި އެއް ޒިންމާއަކީ އެމްއެފްޑީއޭއިން ހަދާ ގަވާއިދުތަކާއި އުސޫލުތައް އަދި މިންގަނޑުތައް ތަންފީޒުކުރުމެވެ. ކައުންސިލްތަކުގެ މަސްއޫލިއްޔަތުތައް ބަޔާންކޮށްފައި އޮތީ އެ ގާނޫނުގެ ހަތް ވަނަ މާއްދާގަ އެވެ.

އެ މާއްދާގެ ހ. ގެ ދެވަނަ ނަންބަރުގައިވާ ގޮތުން އެމްއެފްޑީއޭގެ ގަވާއިދުތަކާއި އުސޫލުތައް ތަންފީޒުކުރުމަށް ރަށު ފެންވަރުގައި ހޭލުންތެރިކަން އުފެއްދުމަކީ ވެސް ކައުންސިލްގެ ޒިންމާއެކެވެ. އެކަމަށް ޓަކައި ޕްރޮފްރާމްތައް ހިންގުމަކީ ވެސް ކައުންސިލްތަކަށް އެ މާއްދާއިން ލާޒިމުކުރާ ކަމެކެވެ.

އެމްއެފްޑީއޭގެ ހުއްދަ ދޭ މުވައްޒަފުން ލައްވައި ކައުންސިލްތަކުން ކުރަން ޖެހޭ އަނެއް ކަމަކީ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ބަލައި ފާސްކުރުމާއި ގަވާއިދާ ހިލާފުވާ ތަންތަނަށް ފިޔަވަޅު އެޅުމެވެ. ކާބޯތަކެތީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް ރަށު އަދި ސިޓީ ފެންވަރުގައި ކޮންޓްރޯލްކުރުމަކީ ވެސްް އެ ގާނޫނުގައިވާ ގޮތުން ކައުންސިލްތަކުން ކުރަން ޖެހޭނެ ކަމެކެވެ.

ރައްކާތެރި ނޫން ކާބޯތަކެތި ބާޒާރުން ނެގުމުގައި އެމްއެފްޑީއޭއަށް އެހީތެރިވުމަކީ ވެސް ކައުންސިލްތަކުން ކުރަން ޖެހޭ ކަމެކެވެ.

ގާނޫނު ތަންފީޒުކުރުމަށް ޓަކައި އެމްއެފްޑީއޭއަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަކީ ވެސް ކައުންސިލްތަކުން ކުރަން ޖެހޭ ކަމެކެވެ.

އެހެން ނަމަވެސް އެ ގާނޫނުގައިވާ ގޮތުން އެމްއެފްޑީއޭގެ އެފަދަ މަސްއޫލިއްޔަތުތައް ކައުންސިލާ ހަވާލުކުރާނީ ކައުންސިލްތަކާ އެކު ހެލްތު މިނިސްޓްރީން ހަދާ އެއްބަސްވުމެއްގެ ދަށުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox