މެރީނޯ އާސެނަލަށް ވިއްކާލަން ސޮސިއެޑާޑުން އެއްބަސްވެއްޖެ

Aug 23, 2024, 5:22 AM
މެރީނޯ އާސެނަލަށް ވިއްކާލަން ސޮސިއެޑާޑުން އެއްބަސްވެއްޖެ

މެޑްރިޑް (އޮގަސްޓް 23) - ސްޕެއިންގެ މިޑްފީލްޑަރު، މިކޭލް މެރީނޯ، އާސެނަލަށް ވިއްކާލަން އޭނާ މިހާރު ކުޅެމުން އަންނަ ރެއާލް ސޮސިއެޑާޑުން އެއްބަސްވެއްޖެ އެެވެ.

ސްޕެއިނުން މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރިއިރު، ކުއާޓާ ފައިނަލުގައި ޖަރުމަނު އަތުން ސްޕެއިން މޮޅުކޮށްދިން ގޯލު ޖަހައިދިން މެރީނޯ، އާސެނަލަށް ވިއްކާލަން ވިޔަރެއާލުން އެއްބަސްވި އަގަކީ 35 މިލިއަން ޑޮލަރު ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މެރީނޯ، 28، އާ އެކު ސޮސިއެޑާޑުން ހަދާފައި އޮތް ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮއްވައި، އޭނާ ވިއްކާލަން އެ ކްލަބުން ނިންމީ، އާ އެއްބަސްވުމެއް ހަދަން ކުރި މަސައްކަތުގައި ކުރިއެރުމެއް ނުލިބުމުންނެވެ. ސޮސިއެޑާޑުން އާސެނަލާ އެކު، ގިނަ ދުވަސްތަކެއް މަޝްވަރާ ކުރުމަށް ފަހު، އެންމެ ފަހުން، ފީ އަކާ މެދު އެއްބަސްވެވި ޑީލް ކުރިއަށްގެންދަން ނިންމީ އެވެ.

ނިއުކާސަލް ޔުނައިޓެޑަށް އެއް ސީޒަނުގައި ކުުޅުނު މެރީނޯ ވެގެންދާނީ މި ޓްރާންސްފާގައި އާސެނަލަށް ބަދަލުވާ ތިން ވަަނަ ކުޅުންތެރިޔާ އަށެވެ. އެ ގޮތުން، އާސެނަލުން ވަނީ އެ ޓީމަށް ލޯނަކަށް ކުޅެމުން އައި ގޯލްކީޕަރު، ޑޭވިޑް ރާޔާގެ އެއްބަސްވުން ދާއިމީ ކުރުމުގެ އިތުރުން، ބޮލޯނިއާ އަށް ކުޅެމުން އައި އިޓަލީ ގައުމީ ޓީމުގެ ޑިފެންޑަރު، ރިކާޑޯ ކަލަފިއޯރީ ސޮއިކޮށްފަ އެވެ.

މެރީނޯ ސޮއިިކުރުމާ އެކު، މި ފަހަރުގެ ޓްރާންސްފާގައި އާސެނަލުން ކުރި ހަރަދު 100 މިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ އެވެ.

މީގެ ކުރިން، މެރީނޯ ވަނީ، އާސެނަލްގެ ކެޕްޓަން، މާޓިން އޮޑެގާޑާ އެކު އެއް ސީޒަނުގައި ސޮސިއެޑާޑްގެ މެދުތެރޭގައި ކުޅެފަ އެވެ. އެއީ، ރެއާލް މެޑްރިޑުން، އޮޑެގާޑް ލޯނަކަށް ސޮސިއެޑާޑަށް ކުޅުނު އަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox