މުއްސަނދި ގުއްބުޑިޔާ އާއި ރަށްވެރިންގެ ކޯޅުމާއި، ރަށު އަންހެން ކުދިންގެ ރީތިކަމުން ހުޅުވާރުލު ފަޅުވުން

މުއްސަނދި ގުއްބުޑިޔާ އާއި ރަށްވެރިންގެ ކޯޅުމާއި، ރަށު އަންހެން ކުދިންގެ ރީތިކަމުން ހުޅުވާރުލު ފަޅުވުން

ތުންތުން މަތީން ދެކެވި، އެއް ޖީލުން އަނެއް ޖީލަށް ވާރުތަވަމުން އަންނަ ވާހަކަތަކަކީ ހުރިހާ މުޖުތަމައުއެއްގައި މަގުބޫލު ވާހަކަތަކެކެވެ. އެފަދަ ވާހަކަތަކަށް ފޯކްލޯރޭ ކިޔަ އެވެ. ދިވެހި ބަހުގައި އާންމުކޮށް މި ކިޔާ އުޅޭ ފުލޯކު ވާހަކައާއި ފޯކްލޯރާއި ތަފާތެވެ. 'ފުލޯކު ވާހަކަ' ކަމަށް ދިވެހި ބަހުގައި ކިޔައި އުޅެނީ އިހުއްސުރެ ކިޔެމުން އަންނަ އަސްލެއްނެތް ވާހަކައަށް ކަމަށް ދިވެހިބަހުގެ ރަދީފުގައި އޮވެ އެވެ. އެހެންނަމަވެސް އިނގިރޭސިބަހުގައި ފޯކްލޯރޭކިޔަނީ އެ ވާހަކައަކުން މުޖުތަމައުއެއްގެ ސަގާފަތާއި އާންމު އަގީދާތަކާއި އާދަކާދަތައް ދައްކުވައިދޭ ގޮތަށް ޖީލުތަކަށް ވާރުތަވަމުން އަންނަ ވާހަކަތަކަށެވެ.

މިފަދަ ވާހަކަތަކަކީ ތެދުކަން ސާބިތުނުވިޔަސް ކޮންމެވެސް މިންވަރެއްގެ ތެދެއްގެ މައްޗަށް ބިނާވެ، ޒަމާނުގެ އަތުން އެ ވާހަކައެއްގެ އަސްލު ފޮރުވާފައިވާ ވާހަކަތަކެވެ. ދިވެހިންގެ ތެރޭގައި ކިޔާ ރަންނަމާރި ވާހަކައަކީ މިފަދަ ފޯކްލޯރެކެވެ.

ނ.ތ.ހަސަން ދީދީ އަކީ 1950 ގެ އަހަރުތަކުގައި ހުވަދުއަތޮޅުގެ އަތޮޅުވެރިޔާ އެވެ. އޭގެ އިތުރުންވެސް ދައުލަތުގެ ގިނަ މަގާމުތަކެއް ފުރުއްވި އެވެ. އޭގެތެރޭގައި ރައީސް އިބްރާހިމް ނާސިރުގެ ޕްރައިވެޓް ސެކްރެޓަރީ ކަމާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ވަކީލު ކަމާއި އެ މިނިސްޓްރީގެ ސީނިއާ އަންޑަ ސެކްރެޓަރީ ކަމާއި، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގެ ޑިރެކްޓަރު ކަމާއި، ޑިރެކްޓަ އޮފް އެކްސްޓެންޝަން ސާވިސަސް ކަމުގެ މަގާމު ހިމެނެ އެވެ.

ހުވަދު އަތޮޅުގެ އަތޮޅުވެރިޔާގެ ހައިސިއްޔަތުންނާއި، ދައުލަތުގެ ރަސްމީ މަސައްކަތްޕުޅުތަކުގެ ތެރެއިންވެސް ނ.ތ.ހަސަންދީދީ އެތައް ފަހަރަކު ހުވަދުއަތޮޅަށް ދަތުރުކުރެއްވި އެވެ. މިދަތުރުފުޅުތަކުގައި ހުވަދުއަތޮޅާބެހޭ ގޮތުން ލިބިވަޑައިގެންނެވި މައުލޫމާތުތައް އެއްކުރައްވައި ތާރީހަށް ކޮށްދެއްވާ ހިދުމަތެއްގެ ގޮތުގައި 'ކުރީގެ ހުވަދުއަތޮޅު' ގެ ނަމުގައި ފޮތެއް ލިޔުއްވި އެވެ. މިފޮތުގައި ހުވަދުއަތޮޅުގައި ކިޔައިއުޅޭ ބައެއް ފޯކްލޯރުތައްވެސް ގެނެސްދެއްވާފައި ވެއެވެ. މީގެ ތެރެއިން އެއް ވާހަކައަކީ ހުވަދުއަތޮޅު ހުޅުވާރުލު ފަޅުވި ގޮތުގެ ވާހަކަ އެވެ.

ގދ. ހުޅުވާރުލަކީ ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައިރީގައި އޮންނަ ރަށެކެވެ. މިރަށަށް ހުޅުވާރުލާ ވެސް ކިޔަ އެވެ. މިއީ މާއިހު ޒަމާނެއްގައި މީހުން ދިރިއުޅުނު ރަށެއް ކަމުގައިވި އެވެ. މިރަށުގެ ނަމުގެ މާނައަކީ 'ވާރުނެގޭ ކުޑަރަށް' އެވެ. ރާއްޖޭގެ ރަށްރަށަށް ނަންކިޔުމުގައި 'ހުޅު' ކިޔާފައި ހުންނަނީ ކުދި ރަށްރަށަށެވެ. އެއީ ވާރު ނެގޭ ކުޑަ ރަށެއް ކަމަށްވާތީ ހުޅު+ވާރު+ލާ އަށް ވީ އެވެ. ފަހުން ހުޅުވާރުލުއަށް ބަދަލުވީކަމުގައި ބެލެވެ އެވެ.

މިރަށާ ބެހޭ ގޮތުން ކިޔައި އުޅޭ ފޯކުލޯރުގައި ކިޔާ ގޮތުންނަމަ މިރަށުގެ އަންހެންކުދިންނަކީ އާދަޔާ ހިލާފަށް ރީތި ބައެކެވެ. އެކަމުގެ ސަބަބުން މުޅި އަތޮޅުގެ ހުރިހާ ރަށެއްގެ ފިރިހެނުން އެރަށަށް ކަޅިއަޅަ އެވެ. އެންމެންވެސް އެރަށް ދަންނަނީ ރީތި އަންހެން ކުދިންގެ ރަށުގެ ގޮތުގަ އެވެ. ރަށު އަންހެން ކުދިންގެ ރީތިކަމަކީ ރަށުގެ ފަހުރެއް ކަމަށްވީނަމަވެސް، ރަށަށް ލައްވާލި މުސީބާތަކަށްވީވެސް ހަމަ އެ 'ނިއުމަތެވެ'.

މިދުވަސްވަރު އެރަށުގެ ރަށްވެރިއެއް ކަމުގައިވީ ހުޅުވާރުލުކަލޭފާނެވެ. ދެން އެރަށުގައި ނަގާ ކިޔާ މީހަކަށް އުޅެނީ ގުއްބުޑިއާއޭ ކިޔުނު މަހުޖަނެކެވެ. މި ގުއްބުޑިޔާއާއި ހުޅުވާރުލުކަލޭފާނު ގުޅިގެން އެރަށުގައި ކުރަމުން ގެންދިޔައީ ވަރަށް ވަރުގަދަ ވެރިކަމެކެވެ. ސުލްހަވެރިކަމުގައި އެތައް އަހަރުތަކެއް ވެއަތުވެދިޔަ ފަހުން މި ދެ ބޮޑުންގެ ދެމެދުގައި ކޮންމެވެސް ކަހަލަ އަޑިނޭނގޭ މައްސަލަތަކެއްޖެހި އެކަކު އަނެކަކަށް ހަސަދަލައި ހިތްނުބައިކޮށްފި އެވެ. ދެންވީ އެހެންވީމާ ވާނޭ ގޮތެވެ. ބޮޑު ދެގެރި ތޮޅެންހެދީމާ ބާރުކުރާނީ ކައްގަލަށެވެ. އެކަކީ ބޮޑު މަހުޖަނެކެވެ. އަނެކަކީ ތަނަވަސްކަންވެސް ލިބިފައި ހުރުމުގެ އިތުރުން ރަށުގެ ވެރިޔާ އެވެ. މި އަޑި ނޭނގޭ ކޯޅުމުގައި އެކަކު އަނެކަކަށް ދުއްޕާންކުރަން ކުރާ ކަންކަމުން ރައްޔިތުންގެ މެދުގައިވެސް ފިތުނަ އުފެދޭން ފަށައިފި އެވެ.

މި ދެމީހުންގެ ދެމެދުގައި މައްސަލަ ޖެހުނުފަހުން ރަށު ތެރެއިން އެހެން މައްސަލައެއްވެސް ފެންމަތިވާން ފަށައިފި އެވެ. ރޭ ދެބައިވެ ފައިހިލަވަޅު އޮބޭފަހުން ރަށަށް 'ފުރޭތަ' އެއް އަރަނީ އެވެ. ރަށަށް އަރާ ފުރޭތަ ކޮންމެ ރެޔަކުވެސް ފައިބައިގެން ދަނީ އަންހެން ފިރިހެން ބެލުމެއްނެތި ކޮންމެވެސް މީހަކު ގަތުލުކޮށްފަ އެވެ. މި ފުރޭތައެއް އަރަން ފެށިފަހުން މީހުން ރޭގަނޑު ގެއިން ބޭރަށްވެސް ނުނުކުމެ އެވެ. ގޭތެރޭގައި ތިއްބަސް ހަމަނިދިވެސް ނުލިބެ އެވެ.

ހަމަ މިތަންވަޅު އެހެން ތުރާލެއް ޖެހެން ފަށައިފި އެވެ. ހުޅުވާރުލު އަންހެން ކުދިން އާދަޔާ ހިލާފަށް ރީތި ވާހަކަ ދަންނަވާލެވިއްޖެ އެވެ. އެހެންނަމަވެސް އެރަށު ފިރިހެނުންނަކީ ރީތިކަމުގެ ގޮތުން ބަލާއިރު، އެފަތްމިނިންނާ އަރާއަރަފޯދިގެންވާ ބައެއް ނޫނެވެ. އެރަށު ފިރިހެނުންނަކީ ފިރިހެންވަންތަކަމުގެ އެއްވެސް ރޮނގަކުން މާ ހާއްސަ ގޮތެއްގައި ފާހަގަކޮށްލެވޭ ބަޔަކަށްނުވެ އެވެ. މި ސަބަބާހެދި ޖެހެން ފެށި ތުރާލަކީ ބީރަށްޓެހި ފިރިހެނުން އެރަށަށް ދަތުރުކޮށް އެރަށުގެ ރީތި އަންހެންކުދިންނާ ކައިވެނިކޮށްގެން ގެންދިއުމެވެ. އެއް އަންހެން ކުއްޖަކު ގެންދެވޭ ރަށުން އެތައް އިތުރު ފިރިހެނުންނެއް އެރަށަށް ދެ އެވެ. އެރަށަށް ދަތުރުކުރާ ކޮންމެ ފިރިހެނެއްގެވެސް އޮންނަނީ ހަމަ އެންމެ ބޭނުމެކެވެ. އެއީ އެރަށު ފަންމިންޏަކާ ކައިވެނީގެ ގޮތުން ގުޅުމެވެ.

އެއްކޮޅުން ގުއްބުޑިޔާއާއި ރަށްވެރިޔާގެ ކޯޅުމުގެ ފިތުނައިގެ އަސަރާއި، އަނެއްކޮޅުން ރަށަށް އަރާ 'ފުރޭތަ'އިގެ ވަބާއިން ސަލާމަތްވުމުގެވެސް ނިޔަތް އޮތުމާއެކު، ކޮންމެ ކުއްޖަކުވެސް ބީރަށްޓެހިންނާމެދު ދެކެނީ އޭނާ އެރަށުން ސަލާމަތްކުރަން ހުދުއަހެއްގައި އަންނަ އަމީރެއް ކަމަށެވެ. މިގޮތަށް ކުއްޖަކަށް ފަހު ކުއްޖަކު ރަށުން ބޭރަށްގޮސް، ރަށުން އަންހެނުން ހުސްވާ ހިސާބަށް ހިނގައްޖެ އެވެ. އަންހެން ޖިންސުން މިހާރު ރަށުގައި ތިބީ އަޖޫޒު އަންހެނުންނާއި މީހުންގެ އަނބިންނާއި ފިރިފުރާވަރުނުވާ ޅަކުދިންނެވެ.

ރަށުގެ ފިރިހެނުންތައް މޮޅިންމޮޅިސާލުލައި އެއްވެތިބެ ކުރި ސައްލާގައި ނިންމުނީ މިހާރު އިތުރަށް ރަށުގައި ތިބުމުގެ ބޭނުމެއް ނެތްކަމުގަ އެވެ. އުޅެވޭނޭ ގޮތެއްވެސް އުޅޭންޖެހޭ ސަބަބެއްވެސް ނެތްކަމުގަ އެވެ. މިގޮތަށް އެއްބަސްވުމާއެކު ރަށުގައި ތިބި ހުރިހާ ފިރިހެނުންނާއި މަދު އަންހެންތަކުން އަތޮޅުގެ އެކިރަށްރަށަށް ދިރިއުޅުން ބަދަލުކުރީ އެވެ. ގުއްބުޑިޔާގެ މުއްސަނދިކަމާއި އަންހެންކުދިންގެ ރީތިކަން ހުޅުވާރުލަށް ވިހައަކަށްވެ ރަށް ފަޅުވީ އެވެ.

މައުލޫމާތު

  • ނ.ތ. ހަސަންދީދީ، ކުރީގެ ހުވަދުއަތޮޅު
  • ނަސީމާ މުހައްމަދު ކަލޭފާނު، އޭން އެޓިމަލޮޖިކަލްޑިކްޝަނަރީ އޮފް މޯލްޑިވިއަން އައިލޭންޑް ނޭމްސް

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox