ސްޓާލިން އާއި ޗިލްވެލް ޗެލްސީ ޓީމުން ބާކީވެއްޖެ

Aug 22, 2024, 6:51 AM
ސްޓާލިން އާއި ޗިލްވެލް ޗެލްސީ ޓީމުން ބާކީވެއްޖެ

ލަންޑަން (އޮގަސްޓް 22) - ޗެލްސީ އަށް ކުޅެމުން އަންނަ އިނގިރޭސި ދެ ކުޅުންތެރިން ކަމަށްވާ ރަހީމް ސްޓާލިން އާއި ބެން ޗިލްވެލް އަށް ޗެލްސީގެ ޕްލޭނުން ފުރުސަތެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު އެންޒޯ މަރެސްކާ ބުނެފި އެވެ.

ޗެލްސީން ޖޮއާއޯ ފެލިކްސް އާއި ޕެޑްރޯ ނެޓޯގެ ޑީލް ނިންމުމަށް ފަހު، އެ ކުޅުންތެރިންނަށް ޖޯޒީ ނަމްބަރު ދިންއިރު، ޗެލްސީގެ ބައެއް ކުޅުންތެރިން ބޭނުންކުރަމުން އައި ނަމްބަރު ހިމެނެ އެވެ. އެ ގޮތުން، ނެޓޯ އަށް ދިން ހަތް ނަމްބަރު ޖޯޒީ ބޭނުންކުރަމުން އައީ ސްޓާލިން އެވެ. އަދި ފެލިސް އަށް 14 ނަމްބަރު ދިންއިރު، މިއީ، ޓްރެވޯ ޗަލޯބާ ބޭނުންކުރަމުން އައި ނަމްބަރެކެވެ.

މި ސީޒަނުގައި ޗެލްސީއާ ގުޅުނު ކުޅުންތެރިންގެ އަދަދު އިތުރުއިރު، މުޅި ޗެލްސީގެ ސްކޮޑުގެ އަދަދުތައް 40 އަށް ވުރެ މައްޗެވެ. އެކަަމަކު، މަރެސްކާ ބުނީ އޭނާ މަސައްކަތް ކުރަމުން އަންނަނީ ސީނިއާ ޓީމުގެ 21 ކުޅުންތެރިންނާ އެކު ކަމަށެވެ.

"ދެން ތިބުނާ 15-20 ކުޅުންތެރިން ޕްރެކްޓިސް ކުރަނީ ޓީމާ ވަކިން، ބޭރުން ބޮޑު މައްސަލައެއްގެ ގޮތުގައި މި ކަންކަން ފެނިދާނެ، އަހަރެން އެކަމަކާ ނުވިސްނަން،" މަރެސްކާ ބުންޏެެވެ.

"އަހަންނަށް ހެޔޮ ތި ކުޅުންތެރިންގެ ކޮންޓްރެކްޓް 20 އަހަރަށް މި ކްލަބްގައި އޮތް ކަމުގައި ވިޔަސް އަހަރެން މި އައީ ޓީމާ ގުޅޭ ރަނގަޅު ނިންމުންތަކެއް ނިންމައި މަސައްކަތްކުރަން،"

ސްޓާލިން އާއި ޗިލްވެލާ ބެހޭގޮތުން ކުރި ސުވާލުގެ ޖަވާބުގައި، މަރެސްކާ ބުނީ، އެ ދެ ކުޅުންތެރިން ޕްލޭނުގައި ނުހިމެނޭކަން އެ ކުޅުންތެރިންނަށް ވެސް އަންގާފައިވާނެ ކަމަށެެވެ. އެ ގޮތުން، ސްޓާލިން އަކީ އޭނާ ބޭނުންވާ ސްޓައިލްގެ ވިންގް ކުޅުންތެރިއެއް ނޫން ކަމަށާއި ޗިލްވެލް އަށް ގިނަ ވަގުތެއް ޗެލްސީން ދެވޭނެ ގޮތެއް ނެތް ކަމަށް މަރެސްކާ ވަނީ ބުނެފަ އެވެ.

މީގެ ދެ އަހަރު ކުރިން، ސިޓީން 60 މިލިއަން ޑޮލަރުގެ ޑީލެއްގައި ޗެލްސީއާ ގުޅުނު ސްޓާލިން އެ ޓީމަށް ކުޅުނު ދެ ސީޒަނުގައި ޖުމްލަ އެކު ޖެހުނީ، 19 ގޯލެވެ. ސްޓާލިން އަށް އެއް ފެންވަރެއްގައި ކުޅުން ދެމެހެއްޓުން އުނދަގޫ ކަމަކަށްވެފައިވާއިރު، ޗެލްސީގެ ސަޕޯޓަރުންގެ ނުރުހުން ވެސް އޭނާ އަށް ވަނީ އަމާޒުވެފަ އެެވެ. ޗެލްސީން ސްޓާލިން ކޮންޓްރެކްޓް އުވާލާނަމަ އޭނާ އަށް 60 މިލިއަން ޑޮލަރު ދޭން ޖެހޭނެ އެވެ.

ޗެލްސީން ޗިލްވެލް ގަތީ މީގެ ހަތަރު އަހަރު ކުރިން ލެސްޓާ ސިޓީ އަށް 50 މިިލިއަން ޑޮލަރު ދީފަ އެވެ. ޗިލްވެލް މި ވަގުތު ޗެލްސީގެ ކޮންޓްރެކްޓްގައި ހުރީ، 2027 ވަނަ އަހަރު ޖޫން މަހުގެ ނިޔަލަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox