ވަކި ކުރަނީ ނުފޫޒުން އެއްކިބާވެފައިވާ މުއައްސަސާއެއް އުފެއްދީތީ: ޕީޖީ ޝަމީމް

ޕީޖީގެ މަގާމުން ޝަމީމު ވަކި ކުރަން މަޖިލީހަށް ހުށަހެޅީ ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝާހިދު -- ފޮޓޯ: އަދަދު

ޕީޖީގެ މަގާމުން ޝަމީމު ވަކި ކުރަން މަޖިލީހަށް ހުށަހެޅީ ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝާހިދު -- ފޮޓޯ: އަދަދު

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު އެ މަގާމުން ވަކިކުރަން ނިންމީ ކޮރަޕްޝަނުގެ ތެރެއިންނާއި ނުފޫޒުގެ ބޭނުންކޮށްގެން ކަންކަން ނުކުރެވޭނެ މުއައްސަސާއެއް އުފެއްދީތީ، ނުރަނގަޅު ނިޔަތެއްގައި ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޖީގެ މަގާމުން ޝަމީމު ވަކި ކުރަން ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު، މުހައްމަދު ޝާހިދު މަޖިލީހަށް ހުށަހެޅި މައްސަލައިގައި ޖަވާބުދާރީވުމަށް މިއަދު ޖުޑީޝަރީ ކޮމެޓީއަށް ވަޑައިގެން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އިތުބާރު ނެތްކަމަށް ބުނެ އެ ކޮމެޓީން ބަލަމުންދާ މައްސަލައަކީ އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް، ބަލަމުންދާ މައްސަލައެއް ކަމަށެވެ.

މަގާމުން ވަކި ކުރަނީ ގާނޫނާ ހިލާފު ކަމެއް ކޮށްގެން ނުވަތަ ހަވާލުކުރި މަސައްކަތް ނުކޮށްގެން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި، އޭނާ ލައްވައި ގާނޫނާ ގަވާއިދާ ހިލާފު އެއްވެސް ކަމެއް ނުވެސް ކުރުވޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"އަޅުގަނޑު މަގާމުން ވަކި ކުރަނީ އަޅުގަނޑުގެ މަސައްކަތް އެ މަގަށް ބައްޓަންކުރީތީ، ދުނިޔޭގެ ފެންވަރުގެ ހިދުމަތެއް ގާއިމު ކުރީތީ، ކޮރަޕްޝަނުގެ ތެރެއިންނާއި ނުފޫޒު ބޭނުން ކޮށްގެން ކަންކަން ނުކުރެވޭނެ މުއައްސަސާއެއް އުފެއްދީތީ، ނުފޫޒަށް ނުލެނބި މަސައްކަތް ކުރާނެ ގާބިލު މީހުންތަކެއް އުފެއްދީތީ، އަޅުގަނޑުމެން އުފެއްދި ނިޒާމުގެ ތެރެއިން ކުށްވެރިންނަށް ދެމިގަނެވޭނެ ތަފާތު ލޯވަޅުތައް ބަންދު ކުރީތީ،" ޝަމީމް ވިދާޅުވި އެވެ.

މަގާމުން ވަކި ކުރުމުގެ މައްސަލައިގައި މަޖިލީހުން އަމަލު ކުރަމުންދާ ގޮތާއި، ވާހަކަތައް ހުރިގޮތުން މަގާމުން ވަކި ކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ ކުރިން ޕީޖީ އޮފީހުގެ ވެބްސައިޓާއި އަހަރީ ރިޕޯޓުތަކާއި މަޖިލީހުގެ ޖަލްސާތަކުގެ ޔައުމިއްޔާއެއް ވެސް ދިރާސާ ކުރައްވާފައި ނެތްކަން އެނގޭ ކަމަށް ޝަމީމު ތުހުމަތު ކުރެއްވި އެވެ.

"[މި މައްސަލައަކީ] އެ މައްސަލަތަކާ ބެހޭގޮތުން ސުވާލު ކުރުމުގެ ފުރުސަތު ލިބިމެ، ސަރުކާރުން ވެސް މި އިއްޒަތްތެރި މަޖިލީހުން ވެސް ސުވާލެއް ވެސް އޭރު ކުރެއްވުމަކައި ނުލައި، އަޅުގަނޑު ކުރެން ހެއި ވެސް އަހައި ނުލައި، އަޅުގަނޑު މަގާމުން ވަކި ކުރުމަށް ނުރަނގަޅު ނިޔަތެއްގައި ހުށަހަޅައިފައިވާ މައްސަލައެއް،" ޝަމީމު ވިދާޅުވި އެވެ.

ޕީޖީ ކަމުގެ މަގާމުން ޝަމީމު ވަކި ކުރުމަށް އެދޭ ކަމަށް ބުނެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުވި ސިޓީގައި ވަނީ މަގާމުން ވަކި ކުރަން ފެންނަ ސަބަބުތައް ހިމަނައިފަ އެވެ.

ޝާހިދު ފާހަގަކުރެއްވި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:

  • ރޭޕުގެ ތުހުމަތުކުރެވުނު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ ފައިލްކުރުން
  • ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްސަލަ ފައިލްކުރުން
  • ސަފާރީ ރޭޕް ކޭސް މައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރަން ނިންމުން
  • މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ރިޒާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ހިއުމަން ޓްރެފިކިން ދައުވާ އަނބުރާ ގެނައުން
  • ބަނގުރާ ބުއިމުގެ ގިނަ މައްސަލަތަކެއް އަނބުރާ ގެނައުން
  • ޕީޖީ އޮފީހުގެ ޕްރޮސިކިއުޓަރު އަދި ތަރުޖަމާނު އަހުމަދު ޝަފީއު އެއް ޖިންސުން ގުޅުން ހިންގައި، މަސްތުވާތަކެތި ބޭނުންކޮށް، ރަސޫލާއަށް ފުރައްސާރަ ކުރި ކަމަށް ތުހުމަތުތަކެއް އަމާޒުވުމުން ވެސް އެ މައްސަލަ ބަލަން ދެކޮޅު ހެދުން
  • ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ނިންމުން
  • ޕީޖީ އޮފީހުގެ މުވައްޒަފުންގެ މެދުގައި ތަފާތު ކުރުން ގެންގުޅުން

ޕީޖީ ކަމުން ޝަމީމް ވަކިކުރަން މަޖިލީހަށް މައްސަލަ ހުށަހެޅީ އޭނާ ވަކިކުރަން ޖެހޭ ކަމަށް ބުނެ މަޖިލީހުގެ ތަޅުމުގައި ސަރުކާރަށް ތާއީދުކުރާ އެތައް މެންބަރުންނެއް ވާހަކަ ދެއްކި ފަހުންނެވެ. އޭނާ ވަކިކުރަން ހުށަހެޅި މައްސަލައިގައި ވެސް ޝާހިދު ފާހަގަކޮށްފައި ހުރީ އެ މައްސަލަތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox