އާރަށް މައްސަލަ އަލުން ބަލާއިރު ޝަރީއަތް ލައިވް ކުރަން ކްރިމިނަލް ކޯޓުން ނިންމައިފި

އާރަށް މައްސަލަ އަލުން ބަލާއިރު ޝަރީއަތް ލައިވް ކުރަން ކްރިމިނަލް ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ދައުވާތަކުގެ ޝަރީއަތް ލައިވް ކުރަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

އެ މައްސަލައިގައި މީގެ ކުރިން ޔާމީން 11 އަހަރަށް ޖަލަށްލާން ދަށު ކޯޓުން ހުކުމް ކުރި އެވެ. ނަމަވެސް ފަހުން ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށް މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް އަންގައިފަ އެވެ. އެ މައްސަލައިގެ ޝަރީއަތް ލައިވް ކުރަން ނިންމީ މައްސަލަ އަލުން ބަލަން ފަށައި މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގަ އެވެ.

ޔާމީނަށް އިއްވި ޖަލު ހުކުމް ބާތިލްކޮށް ކްރިމިނަލް ކޯޓަށް ތަހުވީލުކޮށްފައިވާ މައްސަލާގައި މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި އޮތީ ޝަރީއަތް ކުރިއަށް ގެންދިއުމަށް ދައުލަތާއި ޔާމީންގެ ފަރާތުން ފެންނަ ކަންކަން ހުށަހަޅައި އެ ކަންކަމާ މަޝްވަރާކޮށް ގޮތެއް ނިންމުމެވެ.

Advertisement

އިދާރީ އަޑުއެހުމެއްގެ ގޮތުގައި ބޭއްވި އެ އަޑުއެހުމުގައި ޔާމީންގެ ވަކީލު ހަމްޒާ ލަތީފު ވިދާޅުވީ މީގެ ކުރިން ވެސް ޔާމީންގެ މައްޗަށް ހިންގި ޝަރީއަތެއް ވަގުތުން ދުރަށް ދައްކާފައިވާތީ މި ޝަރީއަތް ވެސް ލައިވްކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޔާމީންގެ ފަރާތުން ހުށަހެޅުއްވި އެ ކަން ބަލައިގަނެ، މައްސަލައާ ހަވާލުވެވަޑައިގެންނެވި ގާޒީ އަލީ ނަދީމް ނިންމެވީ ދެން އޮންނަ އަޑުއެހުމުން ފެށިގެން އެ ޝަރީއަތުގެ އަޑުއެހުންތައް ލައިވްކުރުމަށެވެ. އަދި ޝަރީއަތް ބޭއްވުމަށް ދެ ފަރާތަށް ފަސޭހަ ވަގުތެއް ސާފުކޮށް، ސެޕްޓެމްބަރު 16، ވަނަ ދުވަހު ހެނދުނު އަޑުއެހުމެއް ބޭއްވުމަށް ނިންމެވި އެވެ.

މިއަދުގެ ޝަރީއަތް ފެށުނު އިރު ހައި ކޯޓު ހުކުމުގެ ބައެއް ދައުލަތުން ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ. އެއީ ކުރީގެ ޝަރީއަތުގައި ދައުލަތުން ދިފާއީ ހެކިތަކުން ދެއްކި ވާހަކަތައް ނަފީ ކުރުމަށް ހުށަހެޅި އާ ހެކިތަކެއް އެއްފަރާތް ކުރަން ޖެހޭ ކަމަށް ހައި ކޯޓުން ކަނޑައެޅި ބައެވެ.

އެހެންވެ ޝަރީއަތުން މިއަދު ނިންމީ ޝަރީއަތުގެ ކުރިން އޮންނަ މަރުހަލާ މި ވަގުތަށް ގެންގޮސް ދެން ހުރި ބައިތައް މަޑުޖައްސައިލުމަށެވެ. އެއީ މުއްދަތު ހަމަވި ފަހުން ކަމަށް ނިންމައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ބަލައިނުގަންނަން ކުރީގެ ޝަރީއަތުގައި ނިންމާފައިވާ ނިންމުން ވެސް ބާތިލުކޮށް އެ ފުރުސަތު ދިނުމަށް ހައި ކޯޓުގެ ހުކުމުން އަންގާފައިވާތީ އެވެ.

ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ގާޒީ ނަދީމް ފުރަތަމަ ދެއްވީ ދެ ދުވަހުގެ މުއްދަތެކެވެ. ނަމަވެސް މައްސަލަ ރައްދުވާ ޔާމީން އެދިވަޑައިގަތީ އެމަނިކުފާނުގެ ވަކީލުންގެ ޓީމު ބަދަލުވެފައިވާ ހަފުތާއެއްހާ ދުވަހުގެ ފުރުސަތު ދިނުމަށެވެ. އެހެންވެ ގާޒީ ނިންމެވީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފުރުސަތު ދެއްވުމަށެވެ.

އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ބުނާ މައްސަލައިގައި ޔާމީނުގެ މައްޗަށް އުފުލީ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ އެވެ.

ޔާމީނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ ކަމަށް ބުނާ އެ މުއާމަލާތުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކަނޑައަޅައި 11 އަހަރުގެ ޖަލު ހުކުމެއް އެމަނިކުފާނުގެ މައްޗަށް އިއްވީ ޑިސެމްބަރު، 25، 2022 ގަ އެވެ.

ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ޓިކެޓު އޭރު އަރުވާފައިވާ ޔާމީނަށް މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެވުނީ އެ ހުކުމް އެ ވަގުތާ ހަމައަށް ވެސް ދެމިއޮތުމުންނެވެ.

އެ ހުކުމް އިސްތިއުނާފަށް މިދިޔަ އަހަރު މާޗު މަހު ހުށަހެޅި އެވެ. ޝަރީއަތް ފެށުނީ ޖޫން، 2023، ގަ އެވެ. އަދި އަޑުއެހުންތައް ނިންމާލީ ނޮވެމްބަރު 21، 2023، ގަ އެވެ. ޔާމީން މިނިވަންވީ މިދިޔަ އޭޕްރީލް މަހުގަ އެވެ.

މީގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ބުނެ، އެ މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާ ކޮށްފައިވެ އެވެ. އެ މައްސަލަތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށައި އަޑުއެހުންތަކެއް ބޭއްވި އެވެ. އެ މައްސަލަ އަދިވެސް ކްރިމިނަލް ކޯޓުގައި އެބަ އޮތެވެ. އެ މައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި މީގެ ކުރިން ވެސް ޔާމީނަށް ޖަލު ހުކުމެއް އިއްވި އެވެ. ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި ހިނގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި އެމަނިކުފާނަށް ފަސް އަހަރުގެ ހުކުމެއް ދަށު ކޯޓުން އިއްވައި ހައި ކޯޓުން އެ ހުކުމް ދެމެހެއްޓި އެވެ.

އެކަމަކު ސުޕްރީމް ކޯޓުން ނޮވެމްބަރު 2021، ގައި ހުކުމްކުރީ ޔާމީނަށް ޖަމާވީ ދައުލަތުގެ ފައިސާ ކަން ޔަގީން ނުވާތީ، އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ. ފުއްގިރިއާއި އާރަށް މައްސަލައިގެ ތަހުގީގު އޭރު ވެސް ދިޔައީ ހިނގަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

ހިދުމަތުގެ އެންމެ މަތީ ޝަރަފު މުހައްމަދު ރަޝީދާއި އައްބާސަށް

ދައުލަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، މުހައްމަދު ރަޝީދު އިބްރާހީމާއި އައްބާސް އިބްރާހީމަށް ވަނީ އަރުވާފައި. މުހައްމަދު ރަޝީދަށް މި ޝަރަފު އެރުވީ ދީނީ ރޮނގުން ކުރެއްވި ހިދުމަތްތަކަށް ކަމަށްވާއިރު، އައްބާސް އިބްރާހީމަށް މި ޝަރަފު އެރުވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން.

އާންމުންގެ ތަނަވަސްކަން ހުއްޓުވަނީ ރާއްޖެ ނިކަމެތިކުރުން: ނަޝީދު

ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތަކީ އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވައި ރާއްޖެ ނިކަމެތިކުރުމަށް ޖަހާ މަޅިއެއް ކަމަށް ނަޝީދު ވިދާޅުވި.

ޖޭޕީ، އަދާލަތު، އެމްޑީއޭ އަދި އެމްއެންޕީން މެންބަރުން ވަކިވަނީ

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި ޖޭޕީ، އެމްޑީއޭ، އަދާލަތު އަދި އެމްއެންޕީން ގިނަ އަދަދެއްގެ މެންބަރުން ވަނީ ވަކިވެފައި. މީގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު ބޮޑުތަނުން އިތުރުވި. އެންމެ ގިނަ މެންބަރުން ވަކިވީ ޖޭޕީން ކަމަށްވާއިރު، އެންމެ ގިނަ މެންބަރުން އަލަށް ގުޅުނީ ޕީއެންސީއާ

އިސްތިއުނާފު ލަސްވާ މައްސަލައިގައި ޖޭއެސްސީ ހާޒިރުކުރަނީ

ޖަލު ހުކުމް ތަންފީޒުކޮށް ނިމޭއިރުވެސް އިސްތިއުނާފު މަރުހަލާ ނުނިމޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ޖޭއެސްސީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފަ. އިސްތިއުނާފު މައްސަލަތައް ނިންމަންޖެހޭ ވަކި މުއްދަތެއް ގާނޫނުގައި ނެތުމުގެ ސަބަބުން ކުށްވެރިންގެ އަސާސީ ހައްގުތައް ގެއްލެމުންދާކަން މެންބަރުން ފާހަގަކުރެއްވި.

"ބިން ދީ ދީނާއި މިނިވަންކަން ގެއްލުވާ ވެރިޔަކު އަދި މި ނޫނީ ނާދޭ"

ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ ދީނީ ވަހުދަތާއި މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ބިންތަކުގެ މިލްކުވެރިކަން އެހެން ދީންތަކުގެ މީހުންނަށް ލިބިދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، ގައުމު ދިފާއުކުރުމަށް ނުކުތުމަށް ޖަމީލު ގޮވާލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮނަރަބަލް ކިޔަން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބުކުރާއިރު "އޮނަރަބަލް" ކިޔުމަށް ޖޭއެސްސީން ރަސްމީކޮށް އަންގައި ސާކިއުލާއެއް ވަނީ ނެރެފައި. މި ބަދަލާއެކު ފަނޑިޔާރުންގެ ނަމުގެ ކުރިއަށް "އަލްއުސްތާޒް" ބޭނުންކުރުން ހުއްޓާލަން ޖެހޭއިރު، މިއީ މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަށް ގެނައި ރަސްމީ ބަދަލެއް.

Newsletter

Get the latest news delivered straight to your inbox