އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސް ކެންސަލްކޮށްފި

Aug 19, 2024, 2:07 PM
ރާއްޖޭން ވަނީ މީގެ ކުރިން، އައިމެގްގެ ފުޓްސަލްގައި ވާދަކޮށްފައި.--- ފޮޓޯ: އޭއެފްސީ

ރާއްޖޭން ވަނީ މީގެ ކުރިން، އައިމެގްގެ ފުޓްސަލްގައި ވާދަކޮށްފައި.--- ފޮޓޯ: އޭއެފްސީ

ތައިލެންޑްގައި މި އަހަރުގެ ނޮވެމްބަރު މަހު ބާއްވަން ނިންމާފައި އޮތް އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސް (އައިމެގް) ކެންސަލްކުރަން އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ) އިން ނިންމާފައިވާ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އިއުލާނުކޮށްފި އެވެ.

ގޭމްސް ބާއްވަން ތާވަލުކޮށްފައި އޮތީ ނޮވެމްބަރު 21-30 އަށް ތައިލެންޑްގެ ބެންކޮކް އާއި ޗޮންބުރީގަ އެވެ. އެކަމަކު، ގޭމްސް ކެންސަލްކުރަން ނިންމި އެންމެ ބޮޑު ސަބަބަކީ، ގޭމްސް ބާއްވަން ކަންކަން ފުރިހަމަ ކުރަން ދިން މުއްދަތުގައި އެކަން ކުރެވިފައި ނުވާތީ އެވެ.

އެ ގޮތަށް ނިންމާފައިވަނީ، އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ)ގެ އެގްޒެކްޓިވް ކޮމިޓީން ބޭއްވި ކުއްލި ބައްދަލުވުމަކަށް ފަހު އެެވެ.

އޮލިމްޕިކް ކޮމިޓީން ބުނީ، ގޭމްސް ފެށެން މިހާ ކައިރިވެފައި އޮތް މުއްދަތެއްގައި އޯސީއޭގެ މި ނިންމުން އައުމާ އެކު، އެތުލީޓުންނާއި ސަޕޯޓަރުންނަށް މި ކަމުގެ ސަބަބުން މާޔޫސްކަމެއް އަތުވެދާނެކަން ގަބޫލުކުރެވޭ ކަމަށެވެ. އެކަމަކު، މި ލެވަލްގެ މުބާރާތެއްގެ ހައިބަތާއި ފެންވަރު ހިފެހެއްޓުމަށްޓަކައި، އޯސީއޭ އިން މި ފަދަ ނިންމުމެއް ނިންމުމުން، އޮލިމްޕިކް ކޮމިޓީން ވަނީ އެ ކަމަށް މަރުހަބާ ކިޔައިފަ އެވެ.

ދެން، އައިމެގް ބޭއްވުމުގެ ފުރުސަތު ދީފައިވަނީ، ސައުދީ އަރަބިއްޔާ އަށެވެ. އެ ގޮތުން، ސައުދީގެ ރިޔާދުގައި ބާއްވަން ނިންމި އައިމެގް އޮންނާނެ ތާރީހެއް ކުރިއަށް އޮތް ދުވަސްތަކުގައި އިއުލާނުކުރެވިގެންދާނެ ކަމަށް އޮލިމްޕިކް ކޮމިޓީން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވެ އެެވެ.

އަންނަ އަހަރު އިސްލާމިކް ސޮލިޑާރިޓީ ގޭމްސް (އައިއެސްޖީ) ވެސް ބާއްވަން ނިންމާފައި އޮތީ ރިޔާދުގަ އެވެ.

އެންމެ ފަހުން، އައިމެގް ބޭއްވީ 2017 ވަނަ އަހަރު ތުރުކުމެނިސްތާންގެ އަޝްގަބަތުގަ އެވެ. ތައިލެންޑްގައި 2021 ވަނަ އަހަރު ބާއްވަން ފުރުސަތު ދިން ގޭމްސް އެކި ސަބަބުތަކާ ހުރެ ލަސްކުރަމުން އައިސް އެންމެ ފަހުންމ ި ވަނީ ކެންސަލްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox